Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮލަރު ލިމިޓު

ޑޮލަރު ލިމިޓާ ގުޅޭގޮތުން ރައީސްގެ ވައުދުފުޅެއްވާނަމަ އެކަމެއް ކަނޑައެޅިފައިވާ ވަގުތަށް ފުއްދަވައިދެއްވާނެ: ސައީދު

މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންނަށް ދޭނެ ޑޮލަރު 500ން 1000 ޑޮލަރަށް ބަދަލު ކުރާނެކަމަށް ސަރުކާރުން ވައުދުވެފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މާރިޗު 2026 | އަންގާރަ 07:39
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު | ރައީސް އޮފީސް

ޑޮލަރު ލިމިޓާ ގުޅޭގޮތުން ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއްވާނަމަ އެކަމެއް ކަނޑައެޅިފައިވާ ވަގުތަށް ފުއްދަވައިދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންނަށް ދޭނެ ޑޮލަރު 500ން 1000 ޑޮލަރަށް ބަދަލު ކުރާނެކަމަށް ސަރުކާރުން ވައުދުވެފައިވާއިރު، އެކަމާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރައިސް ޑރ މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވާނެ ކަމަށެވެ.  

މިނިސްޓަރ ވިދާޅުވީ، އެކަމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއިން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށާއި، ވައުދުގައިވާ ތާރީޚަށް އެ ކަންކަން ފުއްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅެއްވިއްޔާ އެގޮތަށް ކުރިއަށްދާނެ، ރައީސް ވިދާޅުވި ގޮތަށް އެ އެރޭންޖްމަންޓުތައް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިދޭނެ، އަދި ހަމަނުޖެހޭކަމެއް އަދި މުސްތަޤުބަލުގައި ހަމަޖެހެން އޮތްކަމެއް އެ ވިދާޅުވިގޮތަށް ހަމަޖެހެމުންދާނެ އެ ޑެޑްލައިންތަކަށް، އޭގައި ނެތް އެއްވެސް ކަހަލަ އިތުރު ކަންބޮޑުވުމެއް،
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު

މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، އެކަންކަން ކުރިއަށްދާ ގޮތުގެ ތަފްސީލަށް އެދުމުން މިނިސްޓަރ ވިދާޅުވީ، ބޭންކުން ބައެއް މައުލޫމާތު ސާފުކޮށްލެއްވުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ، މިހާރުވެސް ބައެއް ދާއިރާތަކުން ޑޮލަރުގެ ލުއިފަސޭހަކަން ސަރުކާރުން ގެނެސްފައިވާނެ ކަމަށެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކް ކާޑުގެ ޑޮލަރު ލިމިޓް 1400އަށް އަދި ރާއްޖެއަށް ބޭރަށް ފުރަންދާ މީހުންނަށް 1000 ޑޮލަރު ބޭންކް ރޭޓްގައި ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ އެކު ރިސޯޓްތަކުން ބޭންކްތަކަށް ޑޮލަރު މާރުކުރުމުން ރައްޔިތުން ނަށް ވާނެ ފައިދާ އަކީ ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް އެއާޕޯޓުން ޑޮލަރު މާރުކުރުމުގެ ލިމިޓް އިތުރު ވުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، ބޭރުފައިސާ މާރު ކުރުމުގެ ޤަވާއިދަށް ބަދަލު ގެނައި ފަހުންވެސް ޑޮލަރުގެ ދަތިކަން ޙައްލުނުވާތީ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޑޮލަރުޑޮލަރު މާރުކުރުންއީކޮނޮމިކް މިނިސްޓަރ ސައީދު

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2026

މި ސަރުކާރުން ގެނެސްފައިވާ ޑޮލަރު މާރު ކުރުމުގެ ސިޔާސަތާއެކު ޑޮލަރުގެ އަގާއި، ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް: އަމްރު

28 ފެބުރުއަރީ 2026
މި ސަރުކާރުން ގެނެސްފައިވާ ޑޮލަރު މާރު ކުރުމުގެ ސިޔާސަތާއެކު ޑޮލަރުގެ އަގާއި، ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް: އަމްރު
18 ފެބުރުއަރީ 2026

ރޯދަ މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު %32 އަށް އެމްއެމްއޭއިން އިތުރުކޮށްފި

18 ފެބުރުއަރީ 2026
ރޯދަ މަހާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރު %32 އަށް އެމްއެމްއޭއިން އިތުރުކޮށްފި
01 ފެބުރުއަރީ 2026

ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!

01 ފެބުރުއަރީ 2026
ހުވާ ކުރުމުގެ ކުރިން ލިބުނު ފެހި ސިގްނަލްތައް ރަތްވެއްޖެ!
09 ޖެނުއަރީ 2026

އިގްތިސާދީ މަސައްކަތެއް ހިނގާނަމަ ޑޮލަރު ލިބެން ހުންނާނީ 25 ރުފިޔާގައި: ރައީސް ޔާމީން

09 ޖެނުއަރީ 2026
އިގްތިސާދީ މަސައްކަތެއް ހިނގާނަމަ ޑޮލަރު ލިބެން ހުންނާނީ 25 ރުފިޔާގައި: ރައީސް ޔާމީން
16 ޑިސެމްބަރު 2025

ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ

16 ޑިސެމްބަރު 2025
ޑޮލަރު ގެ މައްސަލަ ހައްލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާހެން ހިއެއް ނުވޭ: ސައުދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު