Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮރެންޖު

އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު

ސަރުކާރުން އަސާސީ ކާބޯތަކެތީގެ ގޮތުގައި 23 ބާވަތެއް ކަނޑައަޅައި، އެ ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވި. އޮރެންޖުގެ އަގު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކޮށްފައިވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 10:22
މާލޭގެ ލޯކަލް މާރުކޭޓުގައި ހުރި އޮރެންޖްތަކެއް

މާލޭގެ ލޯކަލް މާރުކޭޓުގައި ހުރި އޮރެންޖްތަކެއް | ރާއްޖެއެމްވީ

އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

Advertisement - newsAdvertisement

މި ހިނގާ ރަމަޟާން މަސް ފެށުނު އިރު އޮރެންޖު ލިބުން އިންތިހާ އަށް ދަތިވި އެވެ. އޮރެންޖް ހިމެނޭހެން އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރަމަޟާންމަހު ހެޔޮއަގުގައި ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ. އެހެންކަމުން އަސާސީ ކާބޯތަކެތި ކަނޑައަޅަނީ ކިހިނެތްތޯ އާއި އެ ތަކެތީގެ އަގު މަތި ވެގެންދާ ސަބަބާއި މެދު ރާއްޖެ އެމްވީ އިން ވަނީ ސުވާލުކޮށްފަ އެވެ. 

ސައީދު ވިދާޅުވީ ހަމައެކަނި ހަނޑޫ، ހަކުރު، ފުށް ލިބުމުން ސަރުކާރުގެ ޒިންމާ ނިމުނީ ކަމަށް އޮތް އޮތުން ބަދަލުކުރުމަށް މަސައްކަތް ކުރައްވާފައިވާނެ ކަަމަށެވެ. އެގޮތުން 10 ބާވާތެއްގެ މޭވާ އާއި ތަރުކާރީ އަދި އެންމެ ބޮޑަށް ބޭނުން ކުރާ 3 ބާވަތުގެ ކާނާ އަސާސީ ކާބޯތަކެތީގެ ގޮތުގައި ހިމަނަން ނިންމީ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަސާސީ ކާބޯތަކެތީގެ ގޮތުގައި 23 ބާވަތެއް ވަނީ ހިމަނާފަ އެވެ.

މި 23 ބާވަތް ރާއްޖެ އަށް އެއިރެއްގައި ބާޒާރުގައި ލިބޭ އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސާ ކަމަށާއި އޮރެންޖުގެ އަގު އުފުލުމުން އެކަމަށް ހައްލު ގެނައުމަށް ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ދިމާވި މައްސަލަ އަކީ ސަރަހައްދުގައި އޮރެންޖް ސަޕްލައި ކުރާ ބައެއް ޕޯޓުތަކަށް އުފެދިފައި ހުރި ޑިމާންޑްގައި މި މުދާ ފޯރުކޮށްދިނުމަށް ހުރި ކްލޮގްތަކެއް. ސޯސް ކުރާ މާކެޓުގައި ވެސް ހުރި ބައެއް ޗެލެންޖުތައް. މި ފަހަރު އޮރެންޖަށް އެކަން ދިމާވީ ޕްރައިވެޓް ސެލަރސްގައި ތަފާތު އަގުތަކެއް ހުރެދާނެ." ސައީދު ވިދާޅުވި އެވެ.

އާއްމު ގޮތެއްގައި އޮރެންޖެއްގެ އަގު އުޅެނީ، 3 ރުފިޔާ ނުވަތަ 6 ރުފިޔާ ދޭތެރޭގަ އެވެ. އެހެންނަމަވެސް ރަމަޟާން މަސް އައުމުގެ 3 ހަފްތާ ކުރިން އޮރެންޖްގެ އަގު ވަނީ މައްޗަށް ދާން ފަށާފަ އެވެ. އަދި ރަމަޟާން މަަސް ފެށުނު އިރު އޮރެންޖެއް ވިއްކަމުންދަނީ 12 ރުފިޔާ އާއި 16 ރުފިއާ ދެމެދުގެ އަގެއްގަ އެވެ.

މިނިސްޓަރ މުޙައްމަދު ސަޢީދުއެސްޓީއޯއިކޮނޮމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޮލަރު ރޭޓު މައްޗަށް ދާތީ ސުވާލު ކުރުމުން ސައީދު ދެއްކެވީ ދެ އިންތިޚާބު އެއްކޮށްލުން މުހިއްމު ވާ ސަބަބުގެ ވާހަކަ

ޑޮލަރު ރޭޓު މައްޗަށް ދާތީ ސުވާލު ކުރުމުން ސައީދު ދެއްކެވީ ދެ އިންތިޚާބު އެއްކޮށްލުން މުހިއްމު ވާ ސަބަބުގެ ވާހަކަ

03 މާރިޗު 2026
މި ސަރުކާރުން ގެނެސްފައިވާ ޑޮލަރު މާރު ކުރުމުގެ ސިޔާސަތާއެކު ޑޮލަރުގެ އަގާއި، ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް: އަމްރު

މި ސަރުކާރުން ގެނެސްފައިވާ ޑޮލަރު މާރު ކުރުމުގެ ސިޔާސަތާއެކު ޑޮލަރުގެ އަގާއި، ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް: އަމްރު

28 ފެބުރުއަރީ 2026
މި ވެރިކަން އައި 15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފަދަ އެއް ނެތް ނަމަ ތިޔަ ކުރެއްވިހާ ޚަރަދުތައް ކުރެވޭނެތޯ؟

މި ވެރިކަން އައި 15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފަދަ އެއް ނެތް ނަމަ ތިޔަ ކުރެއްވިހާ ޚަރަދުތައް ކުރެވޭނެތޯ؟

21 ފެބުރުއަރީ 2026
ހޯލްސޭލްކޮށް އޮރެންޖް ލިބުން ދަތިވެ، އޮރެންޖެއްގެ އަގު 12 ރުފިޔާއަށް ވުރެ މައްޗަށް

ހޯލްސޭލްކޮށް އޮރެންޖް ލިބުން ދަތިވެ، އޮރެންޖެއްގެ އަގު 12 ރުފިޔާއަށް ވުރެ މައްޗަށް

21 ފެބުރުއަރީ 2026
މޯލްޑިވް ގޭހުން ކައްކާ ގޭސް މިހާރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި

މޯލްޑިވް ގޭހުން ކައްކާ ގޭސް މިހާރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި

17 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު