Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާ ތަކުގައި އިނގިރޭސިވިލާތް ބައިވެރި ނުވާނެ: ބޮޑު ވަޒީރު ސްޓާމާ

ޑައުނިން ސްޓްރީޓުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، އިނގިރޭސިވިލާތަކީ އެހެން ގޮތަކަށް ބާރު ލިބިގެންވާ ޤައުމަކަށް ވީ ނަމަވެސް، އަމިއްލަ އުސޫލު ތަކާއި އަގު ތަކަށް އެ ޤައުމުން ބަރޯސާވެ ތިބޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މާރިޗު 2026 | ހުކުރު 10:48
ޑައުނިން ސްޓްރީޓްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ބައިވެރިވެ ވަޑައިގަންނަވަނީ

ޑައުނިން ސްޓްރީޓްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ބައިވެރިވެ ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ދެމުން އަންނަ ހަމަލާ ތަކުގައި އިނގިރޭސިވިލާތުން ބައިވެރި ނުވާނެ ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ. 

ޑައުނިން ސްޓްރީޓުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، އިނގިރޭސިވިލާތަކީ އެހެން ގޮތަކަށް ބާރު ލިބިގެންވާ ޤައުމަކަށް ވީ ނަމަވެސް، އަމިއްލަ އުސޫލު ތަކާއި އަގު ތަކަށް އެ ޤައުމުން ބަރޯސާވެ ތިބޭނެ ކަމަށެވެ. އަދި އީރާންއާ ގުޅޭ ގޮތުން އެ ޤައުމުގެ ދިގު މުއްދަތުގެ ސިޔާސަތަކީ، އީރާން އިން ނިއުކްލިއާ އުންމީދުތައް ދޫކޮށްލުމަށް މަޝްވަރާ ކުރުން ކަމަށާއި، މަޝްވަރާ އިން ޙައްލެއް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމަ އެއާ އެކު، ހަނގުރާމައިގެ އަމަލުތައް ވީހާ ވެސް ބޮޑަށް ކުޑަ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ސްޓާމާ ވިދާޅުވި އެވެ. އަދި އެންމެ ރަނގަޅު މަގަކީ މަޝްވަރާގެ މަގު ކަމަށާއި، މަޝްވަރާގެ މަގުން ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށް ސްޓާމާ ވިދާޅުވެފައިވެ އެވެ. ހަނގުރާމަ އަށް އިޝާރާތް ކުރައްވައި ސްޓާމާ ވިދާޅުވީ، އެ ހަނގުރާމަ އިތުރަށް ދިގު ދެމިގެން ދާނެ ކަމަށެވެ. އެއާ އެކު، އިތުރު ހަތަރު ޓައިފޫން ހަނގުރާމަ ޖެޓު ޤަތަރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ބޮޑު ވަޒީރު ވަނީ އިއުލާން ކުރައްވައިފަ އެވެ. 

އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރިއަށްް ގެންދާ އޮޕަރޭޝަންގައި، އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުން ދީފައި ނުވާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ. އަދި ޓްރަމްޕް ވަނީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ. 

އެކަމާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، އެމެރިކާ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަނީ ވަރަށް ޚާއްސަ ގުޅުމެއް ކަމަށެވެ. އެ ޚާއްސަ ގުޅުން މިހާރު ވެސް ދެމި އޮތް ކަމަށާއި، އެ ގުޅުން ދަމަހައްޓަމުން އަންނަނީ ވަރަށް ގިނަ ކަންތައް ތަކެއްގެ މައްޗަށް ކަމަށް ފާހަގަ ކުރައްވައި ސްޓާމާ ވިދާޅުވީ، އެއީ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުން ފަދަ މުހިންމު ގުޅުމެއް ކަމަށެވެ. 

މީގެ އިތުރުން ސްޓާމާ ވިދާޅުވެފައި ވަނީ، އިނގިރޭސިވިލާތުގެ ރައްކާތެރި ކަމުގެ ބާރުތައް މިއަހަރުގެ ކުރީ ކޮޅު ޤަތަރުގެ އިތުރުން، ސައިޕްރަސް އަށް ފޮނުވާފައިވާ ކަމަށެވެ. ދިފާއީ މަސްދަރު ތަކުން ބުނެފައިވާ ގޮތުގައި، ސައިޕްރަސްގައި ދިފާއީ ޙަރަކާތް ތަކަށް ތާއީދު ކުރުމަށް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ އިތުރު 400 އިނގިރޭސިވިލާތުގެ ސިފައިން ފޮނުވައިފަ އެވެ. 

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑު ވަޒީރު ސްޓާމާ ވަނީ، މެދު އިރުމަތީގެ ޤައުމު ތަކުގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

މަސްދަރު: ބީބީސީ

އީރާން-އިޒްރޭލްއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

06 މާރިޗު 2026

އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

06 މާރިޗު 2026
އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި
06 މާރިޗު 2026

އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި

06 މާރިޗު 2026
އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި
06 މާރިޗު 2026

ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

06 މާރިޗު 2026
ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ
05 މާރިޗު 2026

ހަނގުރާމައިގެ 6 ވަނަ ދުވަސް - އިޒްރޭލުން ފާއިތުވި ފަސް ދުވަހު އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިިފި

05 މާރިޗު 2026
ހަނގުރާމައިގެ 6 ވަނަ ދުވަސް - އިޒްރޭލުން ފާއިތުވި ފަސް ދުވަހު އީރާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،045 އަށް އަރައިިފި
05 މާރިޗު 2026

އީރާނުން އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް މިސައިލް ހަމަލާދީފި

05 މާރިޗު 2026
އީރާނުން އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް މިސައިލް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު