Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް މިސައިލް ހަމަލާދީފި

އީރާނުގެ އައި.އާރު.ޖީ.ސީ އިން ބުރާސްފަތި ދުވަހުގެ ފަތިހު "ޚައްރަމްޝަހަރު-4" މަރުކާގެ ވަރުގަދަ މިސައިލްތަކެއް ބޭނުންކޮށްގެން ތަލް އަވީވުގެ މެދުތެރެއަށާއި ބެން ގުރިއަން އެއާޕޯޓުގެ އަސްކަރީ ބޭހަށް ހަމަލާތަކެއް ދީފި. މި ހަމަލާތަކުގެ އިތުރުން، އިޒްރޭލުގެ އުތުރުގައި ހުންނަ މޭރޮން ރާޑަރު ބޭހަށާއި އެކި ސަރަހައްދުތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށްވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައި. އީރާނުން ބުނާގޮތުގައި މި ހަމަލާތަކުގައި ބޭނުންކުރި ކޮންމެ މިސައިލަކީ އެއް ޓަނުގެ ގޮވާތަކެތި އުފުލުމުގެ ގާބިލުކަން ލިބިފައިވާ ވަރުގަދަ ހަތިޔާރު.

ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 12:47
އިޒްރޭލުން 2025 ޖޫން 13 ވާ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، ތަލް އަވީވްގައި ހުންނަ ބެން ގުރިއަން އެއާޕޯޓުގެ ފްލައިޓްތައް ކެންސަލްކުރުމާ ގުޅިގެން ފަޅުވެފައިވާ އެއާޕޯޓުގައި ފުލުހުން ފޯރިމަރަނީ.

އިޒްރޭލުން 2025 ޖޫން 13 ވާ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، ތަލް އަވީވްގައި ހުންނަ ބެން ގުރިއަން އެއާޕޯޓުގެ ފްލައިޓްތައް ކެންސަލްކުރުމާ ގުޅިގެން ފަޅުވެފައިވާ އެއާޕޯޓުގައި ފުލުހުން ފޯރިމަރަނީ. | ގެޓީ އިމޭޖަސް

އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށާއި އެ ސަރަހައްދުގައި ހުންނަ އެއާފޯސް ބޭހަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުރާސްފަތި ދުވަހު ބުނެފިއެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން އާންމުކޮށްފައިވާ އައި.އާރު.ޖީ.ސީގެ ބަޔާނެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެއް ޓަނުގެ ގޮވާތަކެތި އުފުލުމުގެ ގާބިލުކަން ލިބިފައިވާ "ޚައްރަމްޝަހަރު-4" މަރުކާގެ ވަރުގަދަ މިސައިލްތަކެއް އިޒްރޭލަށް ފޮނުވާލާފައިވާ ކަމަށެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ތެލް އަވީވުގެ މެދުތެރެއަށާއި، ބެން ގުރިއަން އެއާޕޯޓުގެ އިތުރުން އެ އެއާޕޯޓުގައި ގާއިމުކޮށްފައިވާ އިޒްރޭލް އެއާފޯސްގެ 27 ވަނަ ސްކޮޑްރަންގެ ބޭހަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ބުރާސްފަތި ދުވަހު އިޒްރޭލުގެ ރާޑަރު ސައިޓެއް ހިމެނޭހެން އެކި ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ އަސްކަރިއްޔާއިން ދިން މި ހަމަލާތައް އަމާޒުވެފައިވަނީ ތެލް އަވީވުގެ ސަރަހައްދުތަކަށާއި އިޒްރޭލުގެ އުތުރުގައި ހުންނަ މޭރޮން ރާޑަރު ބޭހަށެވެ.

އީރާން-އިޒްރޭލްބެން ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓުއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްޚައްރަމްޝަހަރު-4އީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެންގެ ބަސް ނޯޓު ކުރޭ، އެމެރިކާ އިން ހިތި ހިތާމައާ ކުރިމަތިލާން ޖެހޭނެ: އީރާންގެ ފޮރިން މިނިސްޓަރު

އަހަރެންގެ ބަސް ނޯޓު ކުރޭ، އެމެރިކާ އިން ހިތި ހިތާމައާ ކުރިމަތިލާން ޖެހޭނެ: އީރާންގެ ފޮރިން މިނިސްޓަރު

05 މާރިޗު 2026
"ނިމުމަކަށް" އަންނަންދެން ހަނގުރާމަ ކުރިއަށް ގެންދަން، އެމެރިކާ އިން އިޒްރޭލް އަށް އަންގައިފި

"ނިމުމަކަށް" އަންނަންދެން ހަނގުރާމަ ކުރިއަށް ގެންދަން، އެމެރިކާ އިން އިޒްރޭލް އަށް އަންގައިފި

05 މާރިޗު 2026
އިޓަލީ އިން، ގަލްފުގެ ޤައުމު ތަކަށް ވައިގެ ދިފާއީ އެހީތެރިކަން ދެނީ

އިޓަލީ އިން، ގަލްފުގެ ޤައުމު ތަކަށް ވައިގެ ދިފާއީ އެހީތެރިކަން ދެނީ

05 މާރިޗު 2026
ޤަތަރާއި ބަހްރެއިން ގައި ބާރު ގަދަ ގޮވުން ތަކެއްގެ އަޑު އިވިއްޖެ

ޤަތަރާއި ބަހްރެއިން ގައި ބާރު ގަދަ ގޮވުން ތަކެއްގެ އަޑު އިވިއްޖެ

05 މާރިޗު 2026
ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ

ސްޕެއިން އަށް ޓްރަމްޕް ދެއްވި އިންޒާރުތަކާ ދެކޮޅަށް މެކްރޮން ތެދުވެއްޖެ

05 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު