Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ބެން-ގުރިއަން އެއާޕޯޓަށް އަމާޒުކޮށް، އެއް ޓަނުގެ ގޮވާތަކެތި އުފުލޭ ބަރު ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކަކީ އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު ދިން ހަމަލާތަކެއް ކަމަށާއި، މީގެ އިތުރުން ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އައިއާރްޖީސީން ބުނޭ.

ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 01:12
އިޒްރޭލަށް އަމާޒުކޮށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ތެރެއިން، އީރާނުން އުފައްދާފައިވާ "ޚުއްރަމްޝަހަރު-4" މަރުކާގެ މިސައިލްތަކުން ތަލް އަވީވް އާއި، ބެން ގުރިއަން އެއާޕޯޓުގެ އިތުރުން އިޒްރޭލުގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނޭ.

އިޒްރޭލަށް އަމާޒުކޮށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ތެރެއިން، އީރާނުން އުފައްދާފައިވާ "ޚުއްރަމްޝަހަރު-4" މަރުކާގެ މިސައިލްތަކުން ތަލް އަވީވް އާއި، ބެން ގުރިއަން އެއާޕޯޓުގެ އިތުރުން އިޒްރޭލުގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނޭ. | ޕްރެސްޓީވީ

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުދަ ދުވަހު ބުނެފައިވަނީ، "ޓްރޫ ޕްރޮމިސް 4" އޮޕަރޭޝަނުގެ 19 ވަނަ ބުރުގެ ދަށުން، އިޒްރޭލުގެ އަސްކަރިއްޔާގެ މުހިންމު މަރުކަޒުތަކަކަށް އަމާޒުކޮށް "ޚުއްރަމްޝަހަރު-4" މަރުކާގެ ބަރު ބެލިސްޓިކް މިސައިލްތަކުން ހަމަލާދީފައިވާ ކަމަށެވެ.

އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮންމެ މިސައިލެއްގައި އެއް ޓަނުގެ ގޮވާތަކެތި ހަރުކޮށްފައިވާ މި ސުޕަ-ހެވީ މިސައިލްތައް ފޮނުވާލާފައިވަނީ ފަތިހުގެ ހަމޭހިމޭން ވަގުތެއްގައި ކަމަށެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލުގެ ވެރިރަށް ތެލް އަވީވްގެ މެދުތެރެއަށާއި، ބެން-ގުރިއަން އެއާޕޯޓުގެ އިތުރުން އެ އެއާޕޯޓުގައި އޮންނަ އިޒްރޭލް އެއާފޯސްގެ ސްކޮޑްރަން 27 އަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އައިއާރްޖީސީން އިތުރަށް ހާމަކުރި ގޮތުގައި، މި ސްޓްރެޓެޖިކް ހަމަލާތައް ފެށުމުގެ ކުރިން ޑްރޯންތައް ބޭނުންކޮށްގެން ހަމަލާދީފައިވެއެވެ. އަދި މި ހަމަލާތައް އަމާޒަށް ވާސިލުވީ ސަރަހައްދީ އަދި އިޒްރޭލުގެ އެތެރޭގެ ވައިގެ ދިފާއީ ނިޒާމުގެ "ހަތް ފަށަލަ" ފޫއަޅުވާލުމަށްފަހު ކަމަށްވެސް ބުނެފައިވެއެވެ.

"ޚުއްރަމްޝަހަރު-4" އަކީ އީރާނުގެ އެންމެ ޒަމާނީ ހަތިޔާރުތަކުގެ ތެރެއިން ހަތިޔާރެކެވެ. ދިގުމިނުގައި ގާތްގަނޑަކަށް 13 މީޓަރު ހުންނަ މި މިސައިލަކީ ގާތްގަނޑަކަށް 30 ޓަނުގެ ބަރުދަން ހުންނަ، އަދި 1،000 ކިލޯއަށްވުރެ ގިނަ ގޮވާތަކެތި އުފުލުމުގެ ގާބިލުކަން ލިބިފައިވާ، މިސްރާބު ބަދަލުކުރެވޭ "މެނޫވަރަބަލް ރީ-އެންޓްރީ ވޯހެޑް" (އެމް.އޭ.އާރް.ވީ) ހަރުކޮށްފައިވާ މިސައިލެކެވެ.

އައިއާރްޖީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މީގެ ކުރިން ކުރިއަށް ގެންދިޔަ ހަމަލާތަކުގެ ބުރުގައި ބަހްރޭން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ 20 މަރުކަޒަކަށް ކާމިޔާބުކަމާއެކު ހަމަލާދީފައިވެއެވެ.

މި ހަމަލާތަކަކީ އީރާނުގެ ސިފައިން ގުޅިގެން އެކި ދިމާތަކުން ދިން ހަމަލާތަކެއް ކަމަށާއި، މިއީ އެމެރިކާއާއި އިޒްރޭލުން އުންމީދުކުރި ވަރަށްވުރެ ވަރުގަދަ ހަމަލާތަކެއް ކަމަށް ބަޔާނުގައިވެއެވެ. އަދި މިއީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އޮޕަރޭޝަނަލް ހިސާބުތައް ބަދަލުކޮށްލި ހަމަލާތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

އައިއާރްޖީސީން އިތުރަށް ބުނެފައިވަނީ، އެމެރިކާގެ ސިފައިން ސަރަހައްދީ ބޭސްތައް ދޫކޮށް ފިލައިގެން ގޮސް، އެ ގައުމުތަކުގެ ހޮޓާތަކުގައި ހިމާޔަތް ހޯދަމުންދާ ކަމަށެވެ. އަދި ފާރިސީ ކަނޑުއޮޅީގެ ގައުމުތަކުގެ އާންމު ވަސީލަތްތައް އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ބޭނުންކުރާތީ އެކަން އައިއާރްޖީސީން ވަނީ ކުށްވެރިކޮށްފައެވެ.

އެމެރިކާ ސިފައިންގެ މިފަދަ ހުރިހާ ހަރަކާތްތަކެއް އީރާނުގެ އިންޓެލިޖެންސްގެ ބެލުމުގެ ދަށުގައިވާ ކަމަށާއި، ހަމަލާދޭ ސިފައިންނަށް އަމާޒުކޮށް ހަމަލާދިނުމަށް އީރާނުގެ ސިފައިން ތިބީ ތައްޔާރަށް ކަމަށްވެސް އެ ބަޔާނުގައި އިންޒާރު ދީފައިވެއެވެ.

އައިއާރްޖީސީން ހާމަކުރި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކުގައި އެމެރިކާގެ މަދުވެގެން 560 ސިފައިން މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މަސްދަރު: ޕްރެސްޓީވީ

އީރާން-އިޒްރޭލްއައިއާރުޖީސީޓްރޫ ޕްރޮމިސް 4ޚައްރަމްޝަހަރު-4ތެލްއަވީވްއީރާން-އެމެރިކާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އެމެރިކާގެ އެފް-15 ހަނގުރާމަމަތީ ޖެޓެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ އެފް-15 ހަނގުރާމަމަތީ ޖެޓެއް ވައްޓާލައިފި

06 މާރިޗު 2026
އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި

އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި

06 މާރިޗު 2026
ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

06 މާރިޗު 2026
ހަނގުރާމަ  ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

ހަނގުރާމަ ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

05 މާރިޗު 2026
އީރާން ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ދެއްވައިފި

އީރާން ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ދެއްވައިފި

05 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު