Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކްސިޑެންޓްތައް

ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 60 އަހަރުގެ މީހެއް ހައްޔަރުކޮށްފި

6 މާރިޗު 2026 | ހުކުރު 11:03

ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި 60 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ޖަހާފައި. މި ހާދިސާގެ ސީސީޓީވީ ފުޓޭޖާއި ފުލުހުންގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، ޕިކަޕް ކުއްލިއަކަށް ސައިކަލް ލޭނަށް އަޅައި ގަސްތުގައި ޖެއްސުމުގެ ސަބަބުން ސައިކަލް ދުއްވަން އިން މީހާއަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައިވޭ. މިފަދަ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ.

އަމްނާ އިމާދު
އަމްނާ އިމާދު | 6 މާރިޗު 2026 | ހުކުރު 11:03
މާލެ މަގުމަތީގައި ފުލުހުންގެ ކާރެއް މަޑު ކޮށްލައިގެން.

މާލެ މަގުމަތީގައި ފުލުހުންގެ ކާރެއް މަޑު ކޮށްލައިގެން.

މާލެސިޓީގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ގަސްތުގައި ޕިކަޕަކުން ޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދުވަސްވީ މީހަކު ހައްޔަރު ކޮށްފި އެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން އެއްގަމު އުޅަނދު އެކްސިޑެންޓްވުމުގެ ތުހުމަތު  މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ޒަރީރު ހަސަން އެވެ. 5 މާރޗް 2026 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފަ އެވެ. 

Advertisement - newsAdvertisement

ކޯޓު އަމުރުން އެނގޭ ގޮތުގައި، ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ގަރީނާ ހުށަހަޅާފައިވެ އެވެ. އަދި ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި، ސީން ހިނގި ސަރަޙައްދުގައި ސީސީޓީވް ފުޓޭޖްގެ ސްނެޕް ޝޓްތައް (ފޮޓޯ ރިޕޯޓު) ހުށަހެޅިފައިވެ އެވެ. 

 މީގެ އިތުރުން މި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ އޮފިސަރު ކޯޓުގައި ބުނެފައިވަނީ ޒަރީރު ހަސަން ދުއްވަމުން ދިޔަ ޕިކަޕް ކުއްލިއަކަށް ސައިކަލް ލޭންއާ ދިމާލަށް ދުއްވާފައިވާ ކަމަށާއި، އަނިޔާ ލިބުނު ފަރާތް ދުއްވަމުން ދިޔަ ސައިކަލްގައި ގަސްދުގައި  ޖެއްސުމުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. 

މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު، މީހެއްގެ ފުރާނައަށް ނުވަތަ މުދަލަކަށް ނުރައްކާވެދާނެ ފަދަ ގޮތަކަށް އުޅަނދު ދުއްވުމަކީ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރަނީ އެއްވެސް މީހަކު އެއްގަމު އުޅަނދެއް ދުއްވަން ވާނީ މަގުމަތީގެ ސަލާމަތަށް ބަލައިގެން އެހެން މީހުންނަށް ނުރައްކާ ނުވާނެ ގޮތެއްގެ މަތިން ކަމަށެވެ.

ޒަރީރު ހަސަންކްރިމިނަލް ކޯޓްއެއްގަމު ދަތުރުފަތުރުގެ ގާނޫނުއެކްސިޑެންޓްތައް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

05 މާރިޗު 2026

ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!

05 މާރިޗު 2026
ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!
02 މާރިޗު 2026

މާލެސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ގިނަ، މިދިޔަ މަހުގެ 23 ގައި އެކަނި ވެސް 9 އެކްސިޑެންޓް ހިނގާފައިވޭ

02 މާރިޗު 2026
މާލެސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ގިނަ، މިދިޔަ މަހުގެ 23 ގައި އެކަނި ވެސް 9 އެކްސިޑެންޓް ހިނގާފައިވޭ
02 މާރިޗު 2026

އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި

02 މާރިޗު 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި
28 ފެބުރުއަރީ 2026

މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

28 ފެބުރުއަރީ 2026
މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
27 ފެބުރުއަރީ 2026

16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި

27 ފެބުރުއަރީ 2026
16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި
26 ފެބުރުއަރީ 2026

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ

26 ފެބުރުއަރީ 2026
މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ
26 ފެބުރުއަރީ 2026

މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

26 ފެބުރުއަރީ 2026
މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
22 ފެބުރުއަރީ 2026

ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

22 ފެބުރުއަރީ 2026
ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''
21 ފެބުރުއަރީ 2026

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

21 ފެބުރުއަރީ 2026
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި
21 ފެބުރުއަރީ 2026

މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި

21 ފެބުރުއަރީ 2026
މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް