Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެކްސިޑެންޓުގައި ކުއްޖަކު ނިޔާވުން

16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި

ސިނަމާލެ ބްރިޖު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 16 އަހަރުގެ ކުއްޖަކު މަރުވި މައްސަލާގައި، ލައިސަންސް ނެތި ސައިކަލު ދުއްވި 19 އަހަރުގެ ޒުވާނާ ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ. ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ އޭނާއަށް ލިބިފައިވާ އަނިޔާތަކަށާއި، ތަހުގީގަށް އެއްބާރުލުން ދޭނަމަ އޭނާ ދޫކޮށްލުމަށް ފުލުހުން އިއުތިރާޒު ނުކުރުމާ ގުޅިގެންނެވެ. މި ހާދިސާއަކީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި، އެކަމާ ހިތާމަކުރާ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2026 | ހުކުރު 09:01
ބުދަ ދުވަހުގެރޭ ދަންވަރު ސިނަމާލެ ބްރިޖު ކައިރި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ފުރަތަމަ އެހީ ދެނީ.

ބުދަ ދުވަހުގެރޭ ދަންވަރު ސިނަމާލެ ބްރިޖު ކައިރި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ފުރަތަމަ އެހީ ދެނީ. | ރާއްޖެ އެމްވީ

ބުދަ ދުވަހުގެ ރޭ ދަންވަރު ސިނަމާލެ ބްރިޖުގެ ލައިޓު ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ 16 އަހަރުގެ ކުއްޖަކު މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި އެވެ. 

މި ހާދިސާ ހިނގީ ބުދަ ދުވަހުގެ ރޭ ދަންވަރު 1.39 ހާއިރު މާލެ ކޮޅުގައި ސިނަމާލެ ބްރިޖު ލައިޓް ކައިރިންނެވެ. އަދި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވި ސައިކަލު ކޮންޓްރޯލް ނުވެވި އެވެ. ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ޒުވާނެކެވެ. އޭނާގެ އަތުގައި ލައިސަންސް ވެސް ނެތެވެ. މި ހާދިސާގައި މަރުވީ ސައިކަލު ފަހަތުގައި އިން 16 އަހަރު ކުއްޖާ އެވެ. 

Advertisement - newsAdvertisement

ރ. އިނގުރައިދޫ އަށް ނިސްބަތްވާ މުހައްމަދު އާދިން އާރިފް ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އެދިފަ އެވެ. އެގޮތުން ކޯޓު އަމުރުގައި ބުނެފައިވަނީ މި މައްސަލާގައި މީނާ ޝަރުތުކޮށް ބަންދުން ދޫކޮށް ދިނުމަށް އެދޭކަމަށާއި، މިކަން ހިނގާފައިވާކަމަށާއި، ނަމަވެސް މިކަން ހިނގާފައިވަނީ ގަސްދުގައި ނޫންކަމަށް ބުނެފަ އެވެ. އަދި ދެ ރައްޓެހިން ސައިކަލުގައި ދަނިކޮށް މިހާދިސާ މިހެން ހިނގީކަމަށާއި، މިކަން މިހެން ހިނގީތީ ހިތާމަކުރާކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ހަރުކަށި ޝަރުޠު ތަކާއިއެކު ބަންދުން ދޫކޮށްލުމަށް އެދޭކަމަށް ދިފާއުން ފާހަގަކުރުމުން، ތުހުމަތުކުރެވޭ ފަރާތަށް ލިބިފައިވާ އަނިޔާތަކަށްވެސް ރިޢާޔަތްކޮށް، ހަރުކަށި ޝަރުޠު ތަކާއެކު ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނަމަ ބަންދުން ދޫކުރުމަށް ފުލުހުންގެ ފަރާތުން އިއުތިރާޒް ނުކުރާކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ. މިކަންކަމަށް ރިޢާޔަތްކޮށް، އަދިން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ނިންމާފައިވެ އެވެ. 

އަދި ޝަރުތު ކުރެވިފައިވާ މުއްދަތުގައި ޝަރުތާ ހިލާފުވެއްޖެނަމަ، އަލުން ބަންދު ކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ އަންގާފަ އެވެ. 

ސިނަމާލެ ބުރިޖުމުހައްމަދު އާދިން އާރިފްކްރިމިނަލް ކޯޓްޕޮލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ

26 ފެބުރުއަރީ 2026
މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

26 ފެބުރުއަރީ 2026
ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

22 ފެބުރުއަރީ 2026
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

21 ފެބުރުއަރީ 2026
މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި

މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި

21 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު