Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްއޭއެމް ހިޔާނަތް

އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި

2 މާރިޗު 2026 | ހޯމަ 10:14

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަނަށް ކުރި ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި. ދައުލަތުން އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމް ބާޠިލުކޮށް އެ މައްސަލަ އަލުން ބެލުމަށާއި، މައްސަލައާ ގުޅުންހުރި އަމީން އެވެނިއުގެ ދެ އެޕާޓްމަންޓަކުން މުޢާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް. އެ އޮފީހުން ފާހަގަކުރި ގޮތުގައި ކްރިމިނަލް ކޯޓުން މައްސަލަ ނިންމާފައި ވަނީ މުހިންމު ހެކިތަކެއް ބަލައިނުގަނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މާރިޗު 2026 | ހޯމަ 10:14
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް

ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް | ރާއްޖެއެމްވީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް ނިންމި ނިންމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލީ މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުނުވާކަމަށް ޖަނަވަރީ 2025 ގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން އެ އޮފީހުން ދިރާސާކޮށް ބެލިއިރު، މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިންގެ ހެކިބަސް ނުނެގުމަށް ކޯޓުން ނިންމާފައިވަނީ ވެސް އަދި މައްސަލައިގެ ހެއްކާއި، ޤަރީނާ ވަޒަންކޮށްފައި ވަނީ ވެސް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ފެންނަ ކަމަށެވެ. 

އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް 2 މާރިޗު 2026 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ވަނީ ހުށަހަޅާފައެވެ. 

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށްޓަކައި އެކޯޓަށް ތަޙްވީލުކޮށްދެއްވުމަށް ކަމަށެވެ. 

މި އިސްތިއުނާފީ މައްސަލައާއެކު، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 އިން މުޢާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވެއެވެ. އެގޮތަށް އެދިފައިވަނީ ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުންނެވެ.

އެފްއޭއެމްކްރިމިނަލް ކޯޓްޝަރީއަތް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 މާރިޗު 2026

އައިއީޑީ މައްސަލައިގައި އިއުތިސާމަށް ކުރި ދައުވާ: 7 އަހަރުވީއިރު މައްސަލަ ލަސްވާތީ ކަންބޮޑުވުން

01 މާރިޗު 2026
އައިއީޑީ މައްސަލައިގައި އިއުތިސާމަށް ކުރި ދައުވާ: 7 އަހަރުވީއިރު މައްސަލަ ލަސްވާތީ ކަންބޮޑުވުން
01 މާރިޗު 2026

މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!

01 މާރިޗު 2026
މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!
28 ފެބުރުއަރީ 2026

މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

28 ފެބުރުއަރީ 2026
މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
27 ފެބުރުއަރީ 2026

16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި

27 ފެބުރުއަރީ 2026
16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި
26 ފެބުރުއަރީ 2026

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ

26 ފެބުރުއަރީ 2026
މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ
26 ފެބުރުއަރީ 2026

މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

26 ފެބުރުއަރީ 2026
މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
22 ފެބުރުއަރީ 2026

ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

22 ފެބުރުއަރީ 2026
ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''
21 ފެބުރުއަރީ 2026

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

21 ފެބުރުއަރީ 2026
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި
21 ފެބުރުއަރީ 2026

މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި

21 ފެބުރުއަރީ 2026
މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި
20 ފެބުރުއަރީ 2026

ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ފެބުރުއަރީ 2026
ތޫނު ހަތިޔާރަކުން ފުލުހަަކަށް ހަމަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް