Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުގެ މައްސަލަ

ބިދޭސީއަކު މަރާލުން: ޤިސާސް ހިފަން ބޭނުންނުވާކަމަށް 5 އަހަރުކުރިން ވާރިސުން ބުނެފައިވީނަމަވެސް، ދިފާއުން އެދެނީ އަލުން ވާރިސުންގެ ބަސް ނަގަން!

5 މާރިޗު 2026 | ބުރާސްފަތި 08:56

ދިފާއީ ވަކީލު ވިދާޅުވީ، ދިފާއުން އެދެނީ މިހާރު ވާރިސުން އެދޭ ގޮތް އިތުރަށް ޔަޤީން ކުރުމަށް ކޯޓުން އެ ފަރާތްތަކުގެ ބަސް ނެގުމަށް ކަމަށް. އަދި އެގޮތަށް އެދޭ ސަބަބަކީ މިއީ ފަހުގެ މަރުޙަލާތަކަށް ވެސް ދާނެ މައްސަލައަކަށްވާތީ ހުރިހާ އިޖުރާއަތު އެންމެ ފުރިހަމައަށް ގެންދިއުމަށްކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މާރިޗު 2026 | ބުރާސްފަތި 08:56
ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ އެހެން ރައްޔިތެއް ކަމުގައިވާ މުހައްމަދު މަސްއޫދުގެ މައްޗަށް

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ އެހެން ރައްޔިތެއް ކަމުގައިވާ މުހައްމަދު މަސްއޫދުގެ މައްޗަށް | ރާއްޖެ އެމްވީ

މަސް ދޯންޏެއްގައި މާރާމާރީ ހިންގާ ބިދޭސީއަކު މަރާލި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެ މި އަޑުއެހުމަކީ މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މި މައްސަލައިގަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ އެހެން ރައްޔިތެއް ކަމުގައިވާ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. އެގޮތުން މައްސަލައާ ގުޅިގެން އޭނާ ގެ މައްޗަށް އުފުލީ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

އެ ދައުވާ ސާބިތުވެފައިވާކަމަށް މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ކަނޑައަޅާފައެވެ. އޭނާގެ މައްޗަށް ޤަސްދުގައި މީހެއްގެ މަރު ސާބިތުވިނަމަވެސް މި މައްސަލައިގައި ވާރިސުން އެދިފައިވަނީ ހަމައެކަނި މަރުގެ ދިޔަ ނަގައިދިނުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އެ ދުވަހު ވިދާޅުވީ، ނިޔާވި މީހާގެ ދެ ވާރިސަކު އެބަ ތިބި ކަމަށާއި، ބަންގްލަދޭޝްގެ ހައިކޮމިޝަން މެދުވެރިކޮށް މިހާރު ވާރިސުން ފޮނުވާފައިވާ ލިއުމުގައި ވަނީ އެމީހުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށެވެ. އަދި މަސްއޫދަށް ޖަލުގެ އަދަބު ދޭން އެމީހުން ބޭނުން ނުވާކަމަށްވެސް ބުނެފައިވެއެވެ. އޭނާ ގެ ވާރިސުންނަކީ އޭނާ ގެ މަންމައާއި ބައްޕައެވެ. 

އެ ލިއުމަކީ ވަކީލަކު މެދުވެރިކޮށް "ނޮޓޮރައިޒް" ވެސް ކޮށްފައިވާ ލިއުމެއްކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހުގެ މި އަޑުއެހުމަކީ މައްސަލައިގެ އަދަބު ކަނޑައެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ދިފާއީ ވަކީލު ވިދާޅުވީ، ދިފާއުން އެދެނީ މިހާރު ވާރިސުން އެދޭ ގޮތް އިތުރަށް ޔަޤީން ކުރުމަށް ކޯޓުން އެ ފަރާތްތަކުގެ ބަސް ނެގުމަށް ކަމަށެވެ. އަދި އެގޮތަށް އެދޭ ސަބަބަކީ މިއީ ފަހުގެ މަރުޙަލާތަކަށްވެސް ދާނެ މައްސަލައަކަށްވާތީ ހުރިހާ އިޖުރާއަތު އެންމެ ފުރިހަމައަށް ގެންދިއުމަށްކަމަށްވެސް ވަކީލު ވިދާޅުވިއެވެ. މިހާރު އޮތް ލިއުމަކީ 2021 ގެ ލިއުމެއްކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، މަރުގެ ދިޔަ މިހާރު އެމީހުން ބޭނުން ނުވުމުގެ ފުރުސަތުވެސް އެބައޮތްކަމަށް ވަކީލު ވިދާޅުވިއެވެ.

އެހިސާބުން ގާޒީ ވިދާޅުވީ، މިހާރު ވާރިސުންގެ ބަސް އޮތީ ދައުވާލިބޭ މީހާގެ މަސްލަހަތާ އެއްކޮށް ކަމަށާއި، އަލުން ވާރިސުންގެ ބަސް ނަގާއިރު އެމީހުން މަރަށް މަރު ހިފަން އަލުން ބޭނުންވުމަކީ ވެސް ވެދާނެ ގޮތެއް ކަމަށެވެ. ދައުލަތުގެ ވަކީލުވެސް އެ ވާހަކަ ތަކުރާރު ކުރެއްވިއެވެ.

އެހެންނަމަވެސް ދިފާއީ ވަކީލު ވިދާޅުވީ، މިހާރު އޮތް ގޮތުން ފަހުންވެސް ވާރިސުންނަށް މަރަށް މަރު ހިފަން ބޭނުންވާކަމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެންކަމުން ނިހާއީ ޙުކުމަކަށްދާއިރު، ވާރިސުންގެ ބަސް ސާފުކޮށް ނެގުމަކީ ތުހުމަތު ކުރެވޭ މީހާއަށް އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.

އެ ހުރިހާ ވާހަކަތައް ތަރުޖަމާ ކޮށްދިނުމުން ދައުވާލިބޭ މަސްއޫދުވެސް ބުނީ އޭނާވެސް ބޭނުންވަނީ ވާރިސުންގެ މިހާރުގެ ބަސް ނެގުމަށް ކަމަށެވެ. އަދި 5 އަހަރުވެގެންދާއިރު މައްސަލަ  ނިންމުން މިހާ ލަސްވެފައިވާތީ އޭނާ ވަނީ މި އަޑުއެހުމުގައި ނުރުހުން ފާޅުކޮށްފައެވެ. އަދި އެ މައްސަލަ މިހާރު ބައްލަވާ ގާޒީ ވަނީ އެކަމަށް މާފަށް ވެސް އެދިފައިވެއެވެ.

އެހެންކަމުން ގާޒީ ވަނީ ވާރިސުންގެ ކިބައިން ދިފާއުން ސާފުކުރަން ބޭނުންވާ ކަންކަން ލިއުމުން ކޯޓަށް ހުށަހެޅުމަށް އަންގަވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

  

މަރުގެ މައްސަލަކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

އިތުރަށް ކިޔާލަން

02 މާރިޗު 2026

އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި

02 މާރިޗު 2026
އެފް.އޭ.އެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި ހިމެނޭ އަމީން ކޮންސްޓްރަކްޝަންގެ ބައި އިސްތިއުނާފު ކޮށްފި
01 މާރިޗު 2026

ލިޓަންގެ މަރު: ނިޒާމަށް ކުރާ މަސްތުވާތަކެތީގެ ދައުވާގައި 15 އަހަރުގެ ޖަލު ޙުކުމެއް!

01 މާރިޗު 2026
ލިޓަންގެ މަރު: ނިޒާމަށް ކުރާ މަސްތުވާތަކެތީގެ ދައުވާގައި 15 އަހަރުގެ ޖަލު ޙުކުމެއް!
01 މާރިޗު 2026

މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!

01 މާރިޗު 2026
މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: ކުށް ސާބިތުވެއްޖެ، ވާރިސުން އެދެނީ ހަމައެކަނި މަރުގެ ދިޔަ!
28 ފެބުރުއަރީ 2026

މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

28 ފެބުރުއަރީ 2026
މީގެ 4 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިއަ ބަންގްލަދޭޝް މީހަކު މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
27 ފެބުރުއަރީ 2026

16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި

27 ފެބުރުއަރީ 2026
16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި
26 ފެބުރުއަރީ 2026

މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ

26 ފެބުރުއަރީ 2026
މޭރީގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން ޖަލުގައި އިސްލާމް ވެއްޖެ
26 ފެބުރުއަރީ 2026

މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

26 ފެބުރުއަރީ 2026
މާލޭގައި ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި
22 ފެބުރުއަރީ 2026

ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''

22 ފެބުރުއަރީ 2026
ބަންދުގެ މުއްދަތު އިންތިހާއަށް ގިނަ މީހަކަށް ޝަރީއަތުން ނަސޭހަތްތެރިވުން: ''ކުށްތަކަށް ތަކުރާރުކޮށް އަރައިގަނެވެނީ ވަޒީފާއެއް ނެތި، މަގުމަތީގައި ދިރިއުޅެން ޖެހުމުން''
21 ފެބުރުއަރީ 2026

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި

21 ފެބުރުއަރީ 2026
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް: ބަންގްލަދޭޝް ދެ މީހަކު ހައްޔަރު ކުރިއިރު، ދެމީހަކު ވަނީ ފިލާފައި
21 ފެބުރުއަރީ 2026

މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި

21 ފެބުރުއަރީ 2026
މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭސް މީހަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް