Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް

އެންމެ ގިނައިން ނުދައްކާ ހުރީ ރީބްރޯޑްކާސްޓިންގ ލައިސަންސް ފީ އާއި ފްރީކުއެންސީ ލައިސަންސް ފީ ގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއާއި ޖުރިމަނާތައް. ލިބެންޖެހޭ ފައިސާގެ ތެރެއިން 18.7 މިލިއަން ރުފިޔާ 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވޭ.

ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2025 | ބުދަ 16:10
ބްރޯޑްކޮމްގެ ކުރީގެ ރައީސާ ސަފާ ޝަފީގް

ބްރޯޑްކޮމްގެ ކުރީގެ ރައީސާ ސަފާ ޝަފީގް

2023 ވަނަ އަހަރުގެ ނިޔަލަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެން ޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް އެ ކޮމިޝަނުން ކޮށްފައި ނުވާ ކަމަށް އޮޑިޓަރ ޖެނެރަލް ހާމާ ކޮށްފި އެވެ.

މިހާރު އުވިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ގައި އޮޑިޓަރ ޖެނެރަލް ވިދާޅުވެފައި ވަނީ ބްރޯޑްކޮމް އަށް ފައިސާގެ ގޮތުގައި ލިބެންޖެހޭ 30،578،453ރ. (ތިރީސް މިލިއަން ފަސް ސަތޭކަ ހަތްދިހަ އަށް ހާސް ހަތަރު ސަތޭކަ ފަންސާސް ތިން ރުފިޔާ) ހުރި ކަމަށެވެ. އެހެން ނަމަވެސް މި ފައިސާ ހޯދުމަށް މާލިއްޔަތުގެ ގަވައިދު އަދި ބްރޯޑްކާސްޓް ކުރުމުގެ ގަވައިދާ އެއް ގޮތައް ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ކޮމިޝަނަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެ ފަރާތްތަކަށް ނޯޓިސް ފޮނުވުން ނޫން އިތުރު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ވާ ގޮތުން އެންމެ ގިނައިން ނުދައްކާ ހުރީ ރީބްރޯޑްކާސްޓިންގ ލައިސަންސް ފީ ގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެވެ. އެ ގޮތުން 8 މިލިއަން ރުފިޔާ ނުދައްކާ ހުރި އިރު، ރީބްރޯޑްކާސްޓިންގ ލައިސަންސް ފީ ގެ ޖުރިމަނާ ގެ ގޮތުގައި އިތުރު 6.6 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ. ފްރީކުއެންސީ ލައިސަންސް ފީގެ ގޮތުގައި ނުދައްކާ 6.4 މިލިއަން ރުފިޔާ ހުރި އިރު ފްރީކުއެންސީ ލައިސަންސް ފީގެ ޖުރިމަނާގެ ގޮތުގައި 4.8 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ. ބްރޯޑްކާސްޓިންގ ލައިސަންސް ފީގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ނުދައްކާ އޮތް އިރު ބްރޯޑްކާސްޓިންގ ލައިސަންސް ފީގެ ޖުރިމަނާ ގެ ގޮތުގައި ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ނުދައްކާ އޮތްކަން ފާހަގަ ކުރެވެ އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެން ޖެހޭ ފައިސާ ގެ ތެރެއިން 3 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 18.7 މިލިއަން ރުފިޔާ ހުރިކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުަގައި އިތުރަށް ފާހަގަ ކޮށްފައިވަނީ ލިބެން ޖެހޭ ފައިސާ ގެ ހިސާބުތައް ކޮމިޝަނުން ބަލަހައްޓަމުން ގެންގޮސްފައިވީ ނަމަވެސް ފައިސާ ނުދެއްކުމުން ކުރެވޭ ޖުރިމަނާ ގެ އަދަދު ބައެއް ފަހަރު ހިސާބު ކޮށްފައި ހުންނަނީ ޖުރިމަނާ ކުރުމުގެ އުސޫލާ އެއްގޮތައް ނޫން ކަމުގައެވެ. އެ ގޮތުން ކޮމިޝަނުން ހަދާފައިވާ ޖުރިމަނާ ގެ ހިސާބު ތަކުން 8 ލައްކަ އަށް ވުރެ ގިނަ ރުފިޔާ އިތުރުވެފައިވާކަން ރިޕޯޓުގައިވެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުފެއްދީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 2011 ވަނަ އަހަރުގެ އޭޕްރީލު މަހުގައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންއޮޑިޓަރ ޖެނެރަލްކޮމްޕްލަޔަންސް އޮޑިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025
އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ

އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު