Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މާލީ ހާލަތު

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

2024 ވަނަ އަހަރު ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން އިތުރުވެ 54.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކުރި ނަމަވެސް، މުއިއްޒު ސަރުކާރަކަށް އާމްދަނީ ލިބޭނެ އައު ގޮތްތަކެއް ހޯދިފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަވެއްޖެ. ސަރުކާރުން ރާވާފައިވާ ކާބަން ކްރެޑިޓާއި ޓޫރިޒަމް ޕްރޮޖެކްޓުން ޑިވިޑެންޑް ހޯދުމުގެ ވައުދުތައް އަހަރު ނިމުނު އިރު ވެސް އޮތީ ރޭވުމުގެ މަރުހަލާގައި.

ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 04:17
ރައީސް މުހައްމަދު މުއިއްޒު އދ. މަންދޫ ގައި ފުޓްސެލް ކުޅުއްވަނީ، މި މެޗަށް ރައީސް ގެ އިތުރު ނައިބު ރައީސް އާއި ވަޒީރުން ވަޑައިގަތީ 2 ސީ ޕްލޭން ޗާޓަރ ކޮށްގެން.

ރައީސް މުހައްމަދު މުއިއްޒު އދ. މަންދޫ ގައި ފުޓްސެލް ކުޅުއްވަނީ، މި މެޗަށް ރައީސް ގެ އިތުރު ނައިބު ރައީސް އާއި ވަޒީރުން ވަޑައިގަތީ 2 ސީ ޕްލޭން ޗާޓަރ ކޮށްގެން.

ފާއިތުވި 2024 ވަނަ އަހަރު، ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން އިތުރުވެގެން ދިޔަ އިރު ވެސް އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ހޯދިފައި ނުވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓެއްގައި ފާހަގަ ވެއްޖެ އެވެ.

ބަޖެޓް ޕޮސިޝަން ރިޕޯޓު - 2024 ގައި ފާހަގަ ކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރީ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށްޓަކައި އަލަށް އެއްވެސް ކަމެއް ހިންގުމަށް ހިމަނާފައިނުވި ނަމަވެސް، ސަރުކާރުން ވަނީ މެދު ރާސްތާގެ މާލީ ސްޓްރެޓަޖީ (އެމް.ޓީ.އެފް.އެސް) 2024-2026 ގައި، އާމްދަނީ ހޯދާނެ އައު ގޮތްތަކެއް ރާވާފައިވާކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ކާބަން ކްރެޑިޓް އިން ފައިސާ ހޯދުމާއި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމް.އެފް.އެމް.ސީ) އިން ހިންގާ އިންޓަރގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުން ޑިވިޑެންޑް ގެ ގޮތުގައި ހޯދާނެ ކަމަށް ބުނި ފައިސާ އެވެ.

ނަމަވެސް، އޮޑިޓަރ ޖެނެރަލްގެ "އެމް.ޓީ.އެފް.އެސް 2024-2026 ގެ ރިވިއު ރިޕޯޓް" ގައި ފާހަގަކޮށްފައި ވަނީ، މިކަންކަމުން އެއްވެސް އާމްދަނީ އެއް ދައުލަތައް ލިބިފައި ނުވާ ކަމަށެވެ. އަދި ވެސް އެކަންކަމާ ގުޅޭ މައިގަނޑު ކަންތައްތައް ވަނީ ރޭވުމުގެ މަރުހަލާގައިކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަންކަން ކާމިޔާބުވުމަށް އިތުރު ވަގުތާއި ކޯޑިނޭޝަން ބޭނުންވާނެ ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓު ގައި ފާހަގަ ކޮށްފައިވާ ގޮތުގައި ފައިސާ ގެ އެހީގެ ގޮތުގައި 2024 ވަނަ އަހަރު ބަޖެޓު ކުރި މިންވަރާ ގާތް ކުރާ އަދަދަކަށް ވެސް އެހީ ލިބިފަ އެއް ނުވެއެވެ. އެ ގޮތުން ކޭޝް ގްރާންޓް ގެ ގޮތުގައި 929 މިލިއަން ލިބޭނެ ކަމަށް ބަޖެޓް ކޮށްފައި އޮތް ނަމަވެސް އަހަރު ނިމުނު އިރު ލިބިފައި ވަނީ އެންމެ އެންމެ 568 މިލިއަން ރުފިޔާ އެވެ. އެއީ އަންދާޒާ ކުރި މިންވަރުގެ 39 އިން ސައްތަ އެވެ.

2024 ވަނަ އަހަރު ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ 54.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސް ކޮށްލާފަ އެވެ. 2024 ވަަނަ އަހަރަށް ފުރަތަމަ ފާސް ކުރި ބަޖެޓުން ނުފުދިގެން ރައީސް މުއިއްޒުގެ ފުލް ކޮންޓްރޯލު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް ފާސް ކޮށްފަ އެވެ.

އޮޑިޓަރ ޖެނެރަލްބަޖެޓް ބަޖެޓް ޕޮސިޝަން ރިޕޯޓް 2024ސަރުކާރުގެ ޚަރަދުމާލީ ހާލަތު

ކޮމެންޓް

އިތުރަށް ކިޔާލަން

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
ދެ އަހަރު ވީއިރު ސަރުކާރުގެ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ އެކަމަކު ނަތީޖާ ސުމެއް: ކުޑޫ

ދެ އަހަރު ވީއިރު ސަރުކާރުގެ އަޑު ގަދަ، އިވެންޓުތައް ބޮޑު، ކުލަ ގަދަ އެކަމަކު ނަތީޖާ ސުމެއް: ކުޑޫ

25 ނޮވެމްބަރު 2025
އަޅުގަނޑުމެންގެ ބަޖެޓުން ޚަރަދު ކުރަނީ ފެނާއި ނަރުދަމާ އަށް ވުރެ ބޮޑަށް ބަރު ހަތިޔާރު ގަތުމަށް، މިއީ ރާއްޖެ އަށް ރަނގަޅު ގޮތެއް ނޫން : ޝަމްހީދު

އަޅުގަނޑުމެންގެ ބަޖެޓުން ޚަރަދު ކުރަނީ ފެނާއި ނަރުދަމާ އަށް ވުރެ ބޮޑަށް ބަރު ހަތިޔާރު ގަތުމަށް، މިއީ ރާއްޖެ އަށް ރަނގަޅު ގޮތެއް ނޫން : ޝަމްހީދު

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ބަޖެޓް ބޮޑުވީ މި ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައި މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން: ރިޔާޒު މަންސޫރު

ބަޖެޓް ބޮޑުވީ މި ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައި މެނޭޖު ކުރަން ނޭނގުމުގެ ސަބަބުން: ރިޔާޒު މަންސޫރު

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު