Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ. އަތޮޅު ކައުންސިލް

އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް

12 ޖެނުއަރީ 2026 | ހޯމަ 13:07

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އދ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީގެ ސަރކިއުލަރއާ ހިލާފަށް އަތޮޅު ކައުންސިލުން ސްރީލަންކާ އަށް ތަޖުރިބާ ދަތުރެއް ކޮށް 238،700 ރުފިޔާ އާއި ފިލިޕީންސް އަށް 385،941 ރުފިޔާ ހަރަދުކޮށްފައިވާ ކަން. މި ދަތުރުތައް ކުރީ ކުނި މެނޭޖްމަންޓް، ދަނޑުވެރިކަން، ދަތުރުވެރިކަން ފަދަ ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ނަމުގައި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖެނުއަރީ 2026 | ހޯމަ 13:07
އދ. އަތޮޅު ކައުންސިލް މެންބަރުން ރައީސް މުއިއްޒު އާއި އެކު

އދ. އަތޮޅު ކައުންސިލް މެންބަރުން ރައީސް މުއިއްޒު އާއި އެކު | ރައީސް އޮފީސް

އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ތަޖުރިބާ ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އދ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ  ސްރީލަންކާ އަށް ކޮށްފައިވާ ތަޖުރިބާ ދަތުރަކަށް 238،700 ރުފިޔާ ހަރަދުކޮށްފައިވާ އިރު، މި ހަރަދަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝިއަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީ އިން ދައުލަތުގެ އިދާރާތަކަށް މާލިއްޔަތާ ބަހޭ ސަރކިއުލާ އިން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދެއް ކަމުގައި ބެލެވެން ނެތް ކަމަށެވެ. 

Advertisement - newsAdvertisement

މި މައްސަލަ އާއި ގުޅިގެން އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓް ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓް ތަންފީޒު ކުރުމަށާއި ހަރަދުތަކުގެ އެފިޝިއަންސީ މަތިކުރުމަށްޓަކައި، 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓް ތަންފީޒުކޮށް ހަރަދު ކުރުމުގައި އިދާރާތަކުން ބަލަންޖެހޭ ކަންތައްތައް މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާ ބެހޭ ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

އެގޮތުން މި ސަރކިއުލަރގައި ރާއްޖެއިން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންގތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށް އިރުޝާދު ދީފައިވުމާއި، ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ފައިސާ އިން ހަރަދު ކުރުމުގައި ސަރކިއުލަރގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަން ކުރުމަށާއި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖައްސައި، ހަރަދުތަކުގެ އެފިޝިއަންސީ މަތިކުރުމަށް ސަމާލުކަން ދިނުމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް އދ. އަތޮޅު ކައުންސިލް އިދާރާ އިން  2024 ވަނަ އަހަރު ސްރީލަންކާ އަށް ކޮށްފައިވާ ދަތުރުގެ ހަރަދުތައް ކުރުމުގައި ފިނޭންސް މިނިސްޓްރީ އިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އެގޮތުން 28 ފެބްރުއަރީ 2024 އިން 7 މާޗް 2024 އަށް ލަންކާ އަށް އަތޮޅު ކައުންސިލްގެ އިދާރާ ތަމްސީލުކުރާ 10 މެންބަރުންގެ ތެރެއިން 8 މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން 9 ބޭފުޅަކު ތަޖުރިބާ ދަތުރެއް ކޮށްފައިވާ އިރު، މި ދަތުރަށް ހިނގާނޭ ހަރަދުގެ ފައިސާ ލިބޭނެ އެހެން ގޮތްތަކެއް ހޯދުމަކާ ނުލާ ކައުންސިލްގެ ބަޖެޓުން 238،700 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. 

ހަރަދުތަކަށް ބަލާއިރު، 9 ބައިވެރިންގެ ޑީއެސްއޭ އަދި ޕޮކެޓް މަނީގެ ގޮތުގައި 198،177 ރުފިޔާ އަދި ޓިކެޓުގެ ހަރަދުގެ ގޮތުގައި 40،523 ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. 

ކައުންސިލުން އޮޑިޓަށް ދިން މައުލޫމާތުގައި ބުނެފައިވަނީ މި ދަތުރަކީ ސްރީލަންކާގެ ކުނި މެނޭޖް ކުރުމުގެ މައުލޫމާތާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފައްދާ ގޮތްތަކުގެ މައުލޫމާތު އަދި ދަނޑުވެރިކަން ކުރުމުގައި ގެންގުޅޭ ޒަމާނީ ގޮތްތަކުގެ މައުލޫމާތު ހޯދުމަށްފަހު އަތޮޅުގައި އެފަދަ ކަންތައް ކުރުމަށް މަސައްކަތް ކުރުން ކަމުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ކައުންސިލް 6 މެނބަރުންނާއި ސެކްރެޓަރީ ޖެނެރަލް، ކޮމްޕިއުޓަރ ޓެކްނީޝަން އަދި 2 އެސިސްޓެންޓް ކައުންސިލް އޮފިސަރުން ހިމެނޭހެން 10 ބޭފުޅަކު ފިލިޕީންސް އަށް ކުރި ދަތުރަށް މިދިޔަ 2025 ވަނަ އަހަރުގެ 26 އޮގަސްޓުން 4 ސެޕްޓެމްބަރަށް ދަތުރެއް ކޮށް އެ ދަތުރަށް 385،941 ރުފިޔާ ވަނީ ހަަރަދުކޮށްފަ އެވެ. އެގޮތުން މި ދަތުރުގައި 10 ބައިވެރިންގެ ޑީއެސްއޭ އަދި ޕްކޮޓް މަނީގެ ގޮތުގައި 264،298 ރުފިޔާ، ބޭރަށް ދިއުމުގެ ޓިކެޓަށް 120،738 ރުފިޔާ އަދި 1 ބައިވެރިއަކު ވެލާނާ އެއަރޕޯޓަށް ދިއުމަށް 905 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. 

ފިލިޕީންސް އަށް ކުރި ދަތުރަކީ ދަތުރުވެރިކަން ކުރަމުން އަން ގޮތްތަކާއި، ލޯކަލް ޓޫރިޒަމް މާކެޓްކޮށް ޕްރޮމޯޓް ކުރަމުން އަންނަ ގޮތްތަކުގެ ތަޖުރިބާ ހޯދުމާއި، ކުނި މެނޭޖްކުރާ ގޮަތްތަކުގެ މައުލޫމާތު އޮޅުންފިލުވުމަށް އެތަންތަނަށް ޒިޔާރަތްކުރުމާއި، ދަނޑުވެރިކަން ކުރުމުގައި ގެންގުޅޭ ޒަމާނީ ގޮތްތައް ބަލައި މައުލޫމާތު ހޯދުމާއި، އެ ގައުމުގެ އާސާރީ ތަންތަނަށް ޒިޔާރާތްކުރުން ކަމަށް ކައުންސިލުން އޮޑިޓަށް ވަނީ މައުލޫމާތު ދީފަ އެވެ. 

އޮޑިޓަރ ޖެނެރަލްއދ. އަތޮޅު ކައުންސިލްކޮމްޕްލަޔަންސް އޮޑިޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

ގއ. އަތޮޅު ކައުންސިލްގެ ދެ މުވައްޒަފަކު އެއް ދުވަހުން ފެށިގެން އަނެއް ދުވަހާ ހަމަ އަށް އެއްވެސް ބްރޭކެއް ނެތި މަސައްކަތް ކުރި ކަމަށް ބުނެ އިތުރުގަޑީގެ ފައިސާ ނަގައިފި

11 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލްގެ ދެ މުވައްޒަފަކު އެއް ދުވަހުން ފެށިގެން އަނެއް ދުވަހާ ހަމަ އަށް އެއްވެސް ބްރޭކެއް ނެތި މަސައްކަތް ކުރި ކަމަށް ބުނެ އިތުރުގަޑީގެ ފައިސާ ނަގައިފި
09 ޖެނުއަރީ 2026

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

09 ޖެނުއަރީ 2026
ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް
28 ޑިސެމްބަރު 2025

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް

28 ޑިސެމްބަރު 2025
2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް
17 ޑިސެމްބަރު 2025

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް

17 ޑިސެމްބަރު 2025
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
21 ނޮވެމްބަރު 2025

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް
19 ނޮވެމްބަރު 2025

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ

19 ނޮވެމްބަރު 2025
އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މި ސަރުކާރުން ބުނާ އަދަދަކީ ދޮގެއްކަން ފަޅާ އަރައިފި!

15 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މި ސަރުކާރުން ބުނާ އަދަދަކީ ދޮގެއްކަން ފަޅާ އަރައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް