Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭދަފުށީ ކައުންސިލް އޮޑިޓް

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދިސެމްބަރު މަހު އާއްމުކުރި އޭދަފުށީ ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވަނީ 2014 އިން 2022 ގެ ނިޔަލަށް އަހަރު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށްވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ޑިސެމްބަރު 2025 | އާދީއްތަ 20:17
ބ. އޭދަފުށި

ބ. އޭދަފުށި

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ހާމަވެއްޖެ އެވެ.

އެކަން ހާމަކޮށްފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން، މި ޑިސެމްބަރު މަހު އާއްމު ކުރި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާގެ 2024 ވަނަ އަަހަރުގެ އޮޑިޓް ރިޕޯޓުގަ އެވެ.

 ދައުލަތު ގެ އާމްދަނީ ގެ ގޮތުގައި ބަލައިގަންނަ ފައިސާ އަކީ ޤާނޫނުު ނަންބަރ: 3/2006 (ދައުލަތު ގެ މާލިއްޔަތު ގެ ޤާނޫނު)ގެ ދަށުން ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރަން ޖެހޭ ފައިސާ  އެވެ. އަދި ދައުލަތު ގެ މާލިއްޔަތު ގަވާއިދު ގެ 5.27 ވަނަ މާއްދާ ގައި ބުނާ ގޮތުން، އާމްދަނީގެ ގޮތުން ދައުަލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ފިނޭންސް މިނިސްޓްރީ އަށް ދެއްކުމަށް އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ވާނެ ކަަމަށް ބަޔާންކޮށްފައި ވެ އެވެ.

އޮޑިޓް ރިޕޯޓް ބުނާ ގޮތުން 2024 ވަނަ އަހަރުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ. އެހެންނަމަވެސް 2014 އިން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ކަނޑު އުޅަނދުގެ ސަލާމަތީ ފީގެ ގޮތުގައި ލިބިފައިވާ 66،750 ( ހަ ލައްކަ ފަސްދޮޅަށް ހާސް ހަތް ސަތޭކަ ފަންސާސް) ރުފިޔާ އޮޑިޓް ކުރި ތާރީހު ކަމުގައި ވާ 21 އޮގަސްޓް 2025ގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާ ނުކުރާ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ވެ އެވެ. 

އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނު ވަނީ އެއީ ކޮން ފަރާތަކުން ފޮނުވި ފައިސާ ކަން އެނގެން ނެތުމުން ކަމަށް އަދި އެ ފައިސާގެ ތަފްސީލް ހޯދަމުންދާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފައި ވެ އެވެ. 

އެޮޑިޓް ރިޕޯޓުގައި ލަފާދީފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5.27 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތަށް އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އަށް ދެއްކުމަށް އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށް ޖަމާކުރުމަށެވެ. 

އޭދަފުށީ ކައުންސިލްއޮޑިޓަރ ޖެނެރަލްޕަބްލިކް ބޭންކް އެކައުންޓްފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ބިމާއި އިމާރާތް ފަދަ ތަންތަން އެންމެ ރަނގަޅަށް މަންފާ ލިބޭނެ ގޮތަށް ޕްލޭން ކުރުމަށް ބޭރު ގެ ކޮންސަލްޓެންޓެއް ހޯދަނީ

21 ޑިސެމްބަރު 2025
 ބިމާއި އިމާރާތް ފަދަ ތަންތަން އެންމެ ރަނގަޅަށް މަންފާ ލިބޭނެ ގޮތަށް ޕްލޭން ކުރުމަށް ބޭރު ގެ ކޮންސަލްޓެންޓެއް ހޯދަނީ
18 ޑިސެމްބަރު 2025

ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް

18 ޑިސެމްބަރު 2025
ކުރި މަސައްކަތަށް ފައިސާ ނުދޭތާ 2 އަހަރާ ބައި، ފޮނުވި ބިލަށް ވީގޮތެއް ނޭނގޭ: ވިޔަފާރިވެރިއެއް
17 ޑިސެމްބަރު 2025

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް

17 ޑިސެމްބަރު 2025
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް
17 ޑިސެމްބަރު 2025

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި
17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު