Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސަރުކާރުގެ ވިޔަފާރި ކުންފުނިތައް

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

ސަރުކާރުން ރައްޔިތުންނަށް ހިދުމަތްތަކާއި ތަކެތީގެ އަގު ތިރިކުރުމަށް ކުންފުނިތަކަށް ދޭ ސަބްސިޑީގެ ފައިސާ، ކުންފުނިތަކުގެ ނާގާބިލުކަމުގެ ސަބަބުން ފައިސާ ދޫކުރާ މަގުސަދުގެ ބަދަލުގައި ކުންފުނިތައް ހިންގަން ބޭނުންކުރާކަން އޮޑިޓަރ ޖެނެރަލް ހާމަކުރައްވައިފި. 2024 ގައި 3.9 ބިލިއަން ރުފިޔާގެ ސަބްސިޑީ ދީފައިވާއިރު، ކުންފުނިތައް ހިންގުން ހަރުދަނާވުމެއްނެތި، ފައިސާ ހޯދަން ސަރުކާރަށް ވަނީ ބަރޯސާ ވެފައި.

ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2025 | ބުދަ 17:22
ގުދަނެއްގައި ބަހައްޓާފައި ހުރި ފުށް ބަސްތާ ތަކެއް: އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ސަބްސިޑީގެ ގޮތުގައި ބޮޑު އެއްޗެއް ދައުލަތުގެ ބަޖެޓުން ހޭދަވޭ

ގުދަނެއްގައި ބަހައްޓާފައި ހުރި ފުށް ބަސްތާ ތަކެއް: އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ސަބްސިޑީގެ ގޮތުގައި ބޮޑު އެއްޗެއް ދައުލަތުގެ ބަޖެޓުން ހޭދަވޭ

ރައްޔިތުން ދިރިއުޅުމުގެ އަގު ތިރި ކުރުމަށް ދެމުން އަންނަ ސަބްސިޑީ، ރައްޔިތުންގެ ފައިދާ އަށް ބޭނުން ކުރުމުގެ ބަދަލުގައި ކުންފުނިތައް ނާގާބިލު ވުމުގެ ސަބަބުން އެ ފައިސާގެ ބައެއް ކުންފުނި ހިންގަން ބޭނުން ކުރާ ކަމަށް އޮޑިޓަރ ޖެނެރަލް ހާމަ ކުރައްވައިފި އެވެ.

ރައީސް މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ހިންގުން ހަރުދަނާ ކޮށް އެފިޝަންޓް ކުރާނެ ކަން ހިމެނިފައިވީ ނަމަވެސް 2024 ވަނަ އަހަރު ވެސް ކުންފުނިތައް ހިންގުމުގައި އެއްވެސް އިސްލާހެއް ގެނެސްފައި ނުވާކަން މިކަމުން ދޭހަވެއެވެ.

މި ހިނގާ ނޮވެމްބަރު މަހު އޮޑިޓަރ ޖެނެރަލް ނެރުއްވި "ރިވިއު އޮފް ބަޖެޓް ޕޮސިޝަން ރިޕޯޓް 2024" ގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅިގެން ޚިދުމަތުގެ ނުވަތަ ތަކެތީގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމުގެ ސަބަބުން ކުންފުނިތަކަށް ލިބޭ މާލީ ގެއްލުންތަކުގެ ބަދަލު ދިނުމަށް އިންޑައިރެކްޓް ސަބްސިޑީ ދެމުން އައި ނަމަވެސް، މި ސަބްސިޑީ އަކީ އެ ކުންފުނިތަކުގެ ހިންގުމުގެ ނާގާބިލުކަމަށް ޙައްލު ހޯދައިދިނުމަށް ދޫކުރާ ސަބްސިޑީތަކެއް ނޫން ކަން ފާހަގަ ކޮށްފައި ވެއެވެ.

އެހެން ނަމަވެސް ކުންފުނިތައް ހިންގުން ނާގާބިލު ވުމުގެ ނަތީޖާއެއްގެ ގޮތުން، ސަބްސިޑީ ގެ ގޮތުގައި ދޫކުރާ ފައިސާ ބޭނުން ކުރަނީ ހަމައެކަނި އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެކަންޏެއް ނޫން ކަމަށް އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓު ގައި ވެއެވެ. "އެއާ ޚިލާފަށް، ކުންފުނިތައް ހިންގުމުގައި ހުރި ނާގާބިލުކަމުގެ ސަބަބުން ކުރަންޖެހޭ ޚަރަދުތަކަށް ވެސް،" އެ ފައިސާ ބޭނުން ކުރާ ކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކުންފުނިތައް ހިންގުމުގައި ހުރި މިފަދަ ނާގާބިލުކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔާ އަށް ކުރިމަތިވާ ބުރައަށް ރިއާޔަތް ކޮށް، 2024، އަދި 2025 ވަނަ އަހަރުގެ ބަޖެޓުގައި މިފަދަ ބައެއް ސަބްސިޑީތައް އުވާލައި، އޭގެ ބަދަލުގައި ސީދާ ފައިސާގެ އެހީ ހައްގުވާ ފަރާތައް ދިނުމުގެ ނިޒާމެއް ތަޢާރަފު ކުރުމަށް ފިނޭންސް މިނިސްޓްރީން ރާވާފައިވާ ކަމަށް ބުނި ނަމަވެސް، މި ސިޔާސަތުތައް ތަންފީޒުކޮށްފައި ނުވާކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވެއެވެ.

2024 ވަނަ އަހަރު ސަބްސިޑީ ފައިސާ ގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ދޫކޮށްފައިވާއިރު، އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ އެސްޓީއޯ އަށެވެ. އެއީ ތެލުގެ ސަބްސިޑީގެ ގޮތުގައި ދިން 1.9 ބިލިއަން ރުފިޔާ އާއި އަސާސީ ކާބޯތަކެތީގެ ސަބްސިޑީގެ ގޮތުގައި ދިން 469 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ކަރަންޓު ސަބްސިޑީގެ ގޮތުގައި ފެނަކަ އަށް 552 މިލިއަން އަދި ސްޓެލްކޯ އަށް 172 މިލިއަން ރުފިޔާ ދީފައި ވެއެވެ. އޭގެ އިތުރުން މަސްވެރިކަމުގެ ސަބްސިޑީގެ ގޮތުގައި މިފްކޯ 371 މިލިއަން ދީފައިވެއެވެ. ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި އެމްޓީސީސީ އަށް 213 މިލިއަން، ނަރުދަމާ ސަބްސިޑީގެ ގޮތުގައި ފެނަކަ އަށް 155 މިލިއަން އަދި ކުނީގެ ސަބްސިޑީގެ ގޮތުގައި ވެމްކޯ އަށް 81 މިލިއަން ރުފިޔާ ދީފައިވެއެވެ.

މީގެ އިތުރުން، 2024 ޑިސެމްބަރު 31 ގެ ނިޔަލަށް، ދައުލަތުގެ ގިނަ ކުންފުނިތަކަކުން ސަރުކާރަށް ދައްކަންޖެހޭ ލޯނުތައް ގަވާއިދުން ދައްކަމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، އޮން-ލެންޓް ލޯނުގެ ގޮތުގައި ނުދައްކާ 3,665 މިލިއަން ރުފިޔާ އަދި ޓްރެޜަރީ ލޯނުގެ ގޮތުގައި ނުދައްކާ 764 މިލިއަން ރުފިޔާ އެބަހުއްޓެވެ. ނުދައްކާ ހުރި މި ފައިސާގެ ބޮޑު ބައެއް ޒިންމާ ވަނީ އެމް.އޭ.ސީ.އެލް، ސްޓެލްކޯ، އެޗް.ޑީ.ސީ، ފެނަކަ، އެމް.އާރު.ޑީ.ސީ އަދި ޕީ.އެސް.އެމް އިންނެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައި ވަނީ ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރަށް ބަރޯސާ ވެފައިވާ ކަމަށެވެ. އެ ގޮތުން ހިންގުމަށް ދޫކުރާ ފައިސާ އާއި ސަބްސިޑީ އާއި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ ހިމެނެ އެވެ.

އޮޑިޓަރ ޖެނެރަލްސަބްސިޑީސަރުކާރުގެ ވިޔަފާރި ކުންފުނިތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

2024 ވަނަ އަހަރު ބޮޑުތަނުން ޚަރަދު އިތުރުވެގެން ދިޔަ އިރު އާމްދަނީ ލިބޭނެ އައު ގޮތްތަކެއް މުއިއްޒު ސަރުކާރަކަށް ނުހޯދުނު: ރިޕޯޓް

21 ނޮވެމްބަރު 2025
އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ

އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ގެ އަދަދު ބޮޑު ތަނުން ފުނި ޖެހުނީ 2024 ވަނަ އަހަރުކަން އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓުން ހާމަ ވެއްޖެ

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މި ސަރުކާރުން ބުނާ އަދަދަކީ ދޮގެއްކަން ފަޅާ އަރައިފި!

ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މި ސަރުކާރުން ބުނާ އަދަދަކީ ދޮގެއްކަން ފަޅާ އަރައިފި!

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު