Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލްގެ ހަމަލާ ތަކުގައި އީރާންގެ ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު އަވަހާރަވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

4 މާރިޗު 2026 | ބުދަ 10:46

އަންގާރަ ދުވަހު އަޙުމަދީ ނިއްޖާދުގެ އަރިސް ބޭފުޅަކު ވިދާޅުވެފައި ވަނީ އެމަނިކުފާނު އަވަހާރަވެފައި ނުވާ ކަަމަށް އެގޮތުން އަޙުމަދީ ނިއްޖާދުއާ ސީދާ ގުޅުން އެބަ އޮތް ކަމަށާއި، އެމަނިކުފާނުގެ ޙާލު ކޮޅު ރަނގަޅު ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މާރިޗު 2026 | ބުދަ 10:46
އީރާންގެ ކުރީގެ ރައީސް މަހުމޫދު އަޙުމަދު ނިއްޖާދު

އީރާންގެ ކުރީގެ ރައީސް މަހުމޫދު އަޙުމަދު ނިއްޖާދު | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާނަށް ދެމުން އަންނަ ހަމަލާ ތަކުގައި އީރާނުގެ ކުރީގެ ރައީސް މަހުމޫދު އަޙުމަދީ ނިއްޖާދު އަވަހާރަވި ކަމަށް ބުނެފައި ވީ ނަމަވެސް، އެމަނިކުފާނު އަވަހާރަ ނުވާ ކަމަށް ބުނެފި އެވެ. 

އަންގާރަ ދުވަހު އަޙުމަދީ ނިއްޖާދުގެ އަރިސް ބޭފުޅަކު ވިދާޅުވެފައި ވަނީ އެމަނިކުފާނު އަވަހާރަވެފައި ނުވާ ކަަމަށެވެ. އެގޮތުން އަޙުމަދީ ނިއްޖާދުއާ ސީދާ ގުޅުން ނުކެނޑި އެބަ އޮތް ކަމަށާއި، އެމަނިކުފާނުގެ ޙާލު ކޮޅު ރަނގަޅު ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް، އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާ ޓީމާ ގުޅުން ހުރި އިމާރާތަކަށް ހަމަލާ އަމާޒުވެފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

އެ ހަމަލާ ގައި އަޙުމަދީ ނިއްޖާދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ބޮޑީ ގާޑުންގެ ގޮތުގައި މަސައްކަތް ކުރާ، އީރާާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ތިން މެމްބަރަކު މަރުވެފައިވާ ކަމަށް އަޙްމަދީ ނިޖާދުގެ އަރިސް ބޭފުޅާ ވިދާޅުވި އެވެ. އެ ހަމަލާ އަމާޒުވެފައިވާ އިމާރަތަކީ އަޙުމަދީ ނިއްޖާދު ދިރިއުޅުއްވާ ގެކޮޅާ ގާތް ގަނޑަކަށް 100 މީޓަރު ދުރުގައި ހުރި ތަނެއް ކަމަށާއި، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ބުނެފައިވެ އެވެ. 

ނަމަވެސް މިކަމުގައި އީރާނުގެ ސަރުކާރުން ރަސްމީ އެއްޗެއް ބުނެފައި ނުވާ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

އަޙުމަދީ ނިއްޖާދު އަކީ 2005 ވަނަ އަހަރުން ފެށިގެން، 2013 ވަނަ އަހަރާ ހަމައަށް އީރާންގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ފާހަގަ ވެގެން ގޮސްފައި ވަނީ ޖެހިލުން ކުޑަ، އަދި ފަސް ޖެހުމެއް ނެތް ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން މީގެ ކުރިން އެމަނިކުފާނު ވަނީ ދުނިޔޭގެ ޗާޓުން ވެސް އިޒްރޭލް ފޮހެލަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

މަސްދަރު: އަންޑަލޯ އެޖަންސީ

އީރާން-އިޒްރޭލްމަހްމޫދު އަޙުމަދު ނިއްޖާދުއެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އެމެރިކާ

އިތުރަށް ކިޔާލަން

04 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާތަކާ ދެކޮޅަށް، ރަޝިޔާ އާއި ޗައިނާ

04 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭ ހަމަލާތަކާ ދެކޮޅަށް، ރަޝިޔާ އާއި ޗައިނާ
04 މާރިޗު 2026

އީރާނުން ޢަރަބި ޤައުމު ތަކަށް ހަމަލާ ދިނުމަކީ ގޯހެއް: ތުރުކީގެ ފޮރިން މިނިސްޓަރު

04 މާރިޗު 2026
އީރާނުން ޢަރަބި ޤައުމު ތަކަށް ހަމަލާ ދިނުމަކީ ގޯހެއް: ތުރުކީގެ ފޮރިން މިނިސްޓަރު
04 މާރިޗު 2026

އީރާންގެ އައު ލީޑަރު ކަނޑައަޅަން ޖެހޭނީ އެ ޤައުމުގެ އެތެރެއިން: ޓްރަމްޕް

04 މާރިޗު 2026
އީރާންގެ އައު ލީޑަރު ކަނޑައަޅަން ޖެހޭނީ އެ ޤައުމުގެ އެތެރެއިން: ޓްރަމްޕް
04 މާރިޗު 2026

އީރާނުން ބަހްރޭންގައި ހުރި އެމެރިކާ ވައިގެ މަރުކަޒަށް ހަމަލާދީ ގޮއްވާލައިފި

04 މާރިޗު 2026
އީރާނުން ބަހްރޭންގައި ހުރި އެމެރިކާ ވައިގެ މަރުކަޒަށް ހަމަލާދީ ގޮއްވާލައިފި
04 މާރިޗު 2026

އީރާނުގެ ސްކޫލަކަށް އިޒްރޭލާއި އެމެރިކާއިން ދިން ރަހުމުކުޑަ ހަމަލާގައި 165 ކުޑަކުދިން ޝަހީދުވުމާ ގުޅިގެން، އެ ކުދިންގެ ލޭގެ ބަދަލު ހިފާނެ ކަމަށް އެ ގައުމުގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ.

03 މާރިޗު 2026

އީރާނުން އެމެރިކާގެ އިތުރު އެފް-15 ޖެޓެއް ހަމަލާދީ ވައްޓާލައިފި

03 މާރިޗު 2026
އީރާނުން އެމެރިކާގެ އިތުރު އެފް-15 ޖެޓެއް ހަމަލާދީ ވައްޓާލައިފި
03 މާރިޗު 2026

ޒަޔަނިސްޓް އިޒްރޭލު މުޅިން ނައްތާލެވެންދެން، އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުން ހަމަލާ ދިނުމުގައި ދެމި އޮންނާނެ: އައިއާރުޖީސީ

03 މާރިޗު 2026
ޒަޔަނިސްޓް އިޒްރޭލު މުޅިން ނައްތާލެވެންދެން، އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުން ހަމަލާ ދިނުމުގައި ދެމި އޮންނާނެ: އައިއާރުޖީސީ
03 މާރިޗު 2026

އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި

03 މާރިޗު 2026
އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި
03 މާރިޗު 2026

އިރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އަށް ހަމަލާދިން ކަމަށް އިޒްރޭލުން ފެތުރި ޚަބަރު އީރާނުން ދޮގު ކޮށްފި

03 މާރިޗު 2026
އިރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އަށް ހަމަލާދިން ކަމަށް އިޒްރޭލުން ފެތުރި ޚަބަރު އީރާނުން ދޮގު ކޮށްފި
03 މާރިޗު 2026

ހަނގުރާމައިގެ ހަތަރުވަނަ ދުވަސް: މެދުއިރުމަތި އަނދަނީ، 700 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

03 މާރިޗު 2026
ހަނގުރާމައިގެ ހަތަރުވަނަ ދުވަސް: މެދުއިރުމަތި އަނދަނީ، 700 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް