Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިގްތިސާދީ ނާޒުކު ހާލަތު

ހަނގުރާމަ ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

ރާއްޖޭގެ އިގްތިސާދު ނާޒުކު ފައްތަރެއްގައި އޮތްއިރު، ދަރަނި ދެއްކުމަށާއި، ރިޒާވް ހަރުދަނާކުރުމަށް ސަރުކާރުން އެކަށީގެންވާ ރޭވުންތެރިކަމެއް ގެންގުޅޭތަން ނުފެންނަ ކަމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ ވިދާޅުވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 19:53
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު | ރާއްޖެއެމްވީ

އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފަށައިގެން އުޅޭ ހަނގުރާމަ  ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށްވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ސަރުކާރުގެ ސީރިއަސް ކަމެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޝަމްހީދު އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެ އޮތީ ނާޒުކު ހާލަތެއްގައި، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ ކައުންސިލް އިންތިޚާބު ލިބުމުން އިގްތިސާދު ރަނގަޅު ވާނެ ކަމަށް ބުނުމަކީ އޮޅުވާލުން ކަމަށެވެ. އަދި ރާއްޖެ އަށް އިތުރު ފްލައިޓް ގެނެސްގެން އިގްތިސާދު ރަނގަޅު ވާނެ ކަަމށް ސަރުކާރުން ބުނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖެ އިން ދައްކަން އޮތް ލޯނު ދެއްކުމަށް ރާއްޖޭގެ ކާބޯތަކެތި ގަންނަން ހުރި ފައިސާ ބޭނުން ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަަމަށް ޝަމްހީދު ވިދާޅުވި އެވެ.

"ދުނިޔޭގައި ހަނގުރާމަ އެއް ހިނގަމުންދާ އިރު އޭގެ ސީރިއަސް ކަމަށް އެޑްރެސް ނުކުރެވޭ. އެއީ އަމަލު ކުރާ ގޮތް. އާއްމުން ހުވަފެނެއްގެ ތެރޭ ބައިތިއްބަނީ. ކުންފުނިތަކުން ދޭން ހުރި ފައިސާ މިއަދު ދެވޭނެ މާދަމާ ދެވޭނެ މިކަހަލަ ގޮތަކަށް ވާހަކަ ބަހައްޓަނީ. 

ޝަމްހީދު ވިދާޅުވީ މިހާރު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި މި ހާލަތަކީ މިއީ ސަރުކާރުން ގެނައި ހާލަތެއް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 800 އެތައް މިލިއަން ޑޮލަރެއް ނިމިދިޔަ އަހަރު ރާއްޖެ އަށް ވަތް. ނަމަވެސް އެ ފައިސާ ހޭދަ ކުރި ގޮތެއް ނޭނގޭ ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ ދަރަނިތައް ދައްކާނެ ގޮތާއި، ޔޫޒަބްލް ރިޒަރވް ދަށްވުމަށް ސަރުކާރުން އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ. 

ޝަމްހީދު ވިދާޅުވީ ސޮވަރިން ޑިޕްލޮޕްމެންޓް ފަންޑަށް ވެސް ވަމުންދާ ގޮތް މި ސަރުކާރަށް ސާފުކޮށް ބުނެ ނުދެވޭ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ އަދަދުތަކާއި ތަފާސް ހިސާބުތަކާއި ދިމާ ނުވާކާން ޝަމްހީދު ވަނީ ފާހަގަކުރައްވާފަ އެވެ.

އީރާން-ޔޫއެސްއޭ-އިޒްރޭލްއަހްމަދު ޝަމްހީދުހުޅުމާލޭ ދެކުނު ދާއިރާރާއްޖެޓީވީ ފަލަސުރުހީޑރ. މުހައްމަދު މުއިއްޒުސޮވެރިން ޑިވެލޮޕްމެންޓް ފަންޑު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ދެއްވައިފި

އީރާން ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ދެއްވައިފި

05 މާރިޗު 2026
އީރާނުން އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް މިސައިލް ހަމަލާދީފި

އީރާނުން އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް މިސައިލް ހަމަލާދީފި

05 މާރިޗު 2026
ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

05 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

05 މާރިޗު 2026
ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ރިޕަބްލިކަން ކޮންޓްރޯލު އޮންނަ ސެނެޓުން ކުރި މަސައްކަތް ފެއިލްވުމުން ހައިރާންވާކަށް ނުޖެހޭ

ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ރިޕަބްލިކަން ކޮންޓްރޯލު އޮންނަ ސެނެޓުން ކުރި މަސައްކަތް ފެއިލްވުމުން ހައިރާންވާކަށް ނުޖެހޭ

05 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު