Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝީޝާ މަނާކުރުން

ރާއްޖޭގައި ޝީޝާ މަނާކުރަނީ

ޝީޝާ މަނާކުރުމުގެ އިތުރުން، ހަކުރުން ނަގާ ޓެކްސް ބޮޑުކޮށް ހަކުރަށް ދޭ ސަބްސިޑީ ކަނޑާލުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުން. މި ބަދަލުތައް ގެނައުމުގައި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ރިއާޔަތްކޮށް، އާންމުން ހޭލުންތެރިކުރުވުމަށްފަހު މަރުހަލާތަކަކަށް ބަހާލައިގެން ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފަ. މިއީ ދުންފަތާއި ވޭޕް މަނާކުރުމަށް އެޅި ފިޔަވަޅުތަކެކޭ އެއްފަދައިން، ގައިންގަޔަށް ނާރާ ބަލިތަކުން ރައްޔިތުން ސަލާމަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ހެލްތު މިނިސްޓަރު ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 14:30
ރާއްޖޭގައި ޝީޝާ މަނާކުރުމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް ހެލްތެ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވިދާޅުވެފަ

ރާއްޖޭގައި ޝީޝާ މަނާކުރުމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް ހެލްތެ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވިދާޅުވެފަ | ރާއްޖެއެމްވީ

ރާއްޖޭގައި ޝީޝާ މަނާކުރުމާއެކު، ހަކުރުން ޓެކްސް ނެގުމުގެ އިތުރުން އެއަށް ދޭ ސަބްސިޑީ ކަނޑާލުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް  ހާމަކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ޝީޝާ މަނާކޮށް ހަކުރުން ސަބްސިޑީ ކަނޑާލުމަށްފަހު ޓެކްސް ނެގުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކޮށް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް މުސްތަގުބަލުގައި ޝީޝާ މަނާކޮށް ހަކުރަށް ދޭ ސަބްސިޑީ ކަނޑާލައި، ހަކުރުން ޓެކްސް ނެގުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އެގޮތުން އެންމެ މުހިންމު ދަނޑިވަޅުގައި އެކަން ކުރުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިހާރު އަޅުގަނޑުމެން ވަރަށް ބޮޑަށް މަޝްވަރާ ކުރަމުންދާ ކަންތައްތަކުގެ ވާހަކަ ތި ވިދާޅުވީ. ޝީޝާ އާއި ހަކުރާއި އިނގޭތޯ. ދެން މިކަމުގައި އެންމެ މުހިންމު ކަމަކީ ޕަބްލިކް ހެލްތު ޕާސްޕެކްޓިވްއަކުން ދެން އާސިމާ ފާހަގަކުރެއްވި ފަދައިން ރައްޔިތުންގެ އެވެއާނަސް އިތުރުކޮށް، ހަރުފަތަކަށްފަހު ހަރުފަތެއް އެއަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން. 
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

މިނިސްޓަރު ނާޒިމް ވިދާޅުވީ މިފަދަ ކަންކަމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅި އޭގެ ތެރޭގައި ވަރަށް ބޮޑަށް ލާމެހިގެން އެއާއެކު އުޅެވިފައި ހުރި ކަމަކަށްވާތީ، ވަކި އުސޫލެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ހޭލުންތެރިކޮށް އެކަމަށް ތައްޔާރުކުރުމަށްފަހު ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ ދުންފަތުގެ މައްސަލައިގައި އަޅުއްވަންޖެހޭ މުހިންމު ފިޔަވަޅުތައް އަޅުއްވައި އެ ގާނޫނު ތަންފީޒު ކުރެއްވިކަން ކަމަށެވެ.

ސަރުކާރުން މިދިޔަ އަހަރު ރާއްޖެ އިން ވޭޕް މަނާކޮށް، ދުންފަތުން ޓެކްސް ބޮޑުކުރުމުގެ އިތުރުން ދުންފަތަށް ޖެނެރޭޝަނަލް ބޭން އެއް ވެސް ގެނެސްފައިވެ އެވެ. 

ދުންފަތާއި ޝީޝާ އަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ހަކުރަށް ވެސް މިފަދަ ފިޔަވަޅުތައް އެޅުމަކީ ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު ރައްކާތެރިކޮށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަކުރުން ޓެކްސް ނަގައި ސަބްސިޑީ ކަނޑާލުމުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެ އެވެ.

އަބްދުﷲ ނާޒިމް އިބްރާހިމްޝީޝާހަކުރުދުންފަތް

ކޮމެންޓް

އިތުރަށް ކިޔާލަން

2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް

2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް

24 ޖެނުއަރީ 2026
ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

ހޮސްޕިޓަލުގެ ތެރޭގައި ބުޅަލާ މީދާ އުޅެގެން ނުވާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

05 ޖެނުއަރީ 2026
ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

05 ޖެނުއަރީ 2026
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ: ސަރުކާރުން ފޮނުވި އެއްވެސް މަސައްކަތެއް ނެތް އައު ކަންތަކުގެ ގޮތުގައި ހުރީ މެންބަރު ކުޑޫ ހުށަހެޅުއްވި ކަންކަން

ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ: ސަރުކާރުން ފޮނުވި އެއްވެސް މަސައްކަތެއް ނެތް އައު ކަންތަކުގެ ގޮތުގައި ހުރީ މެންބަރު ކުޑޫ ހުށަހެޅުއްވި ކަންކަން

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު