Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާން ހަނގުރާމަ

"ޔާ މުއިއްޒުލް މުއުމިނީން" ނަމުގައި އިޒްރޭލުގެ ދިފާއީ ނިޒާމު ފޫދުއްވާލުމަށް ފަހު އިރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުގެ ހަމަލާތަކުގައި ހުކުރު ދުވަހުގެ ފަތިހު އިޒްރޭލުގެ ތެލް އަވީވްގެ މެދުތެރެއަށް ބޮޑެތި ގެއްލުންތަކެއް ދީފި. މި ހަމަލާތަކުގައި ބޭނުންކުރި ކުރިއަރާފައިވާ "ޚައިބަރު" މިސައިލްތަކުގެ ސަބަބުން އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލާފައިވާއިރު، މުޅި ސިޓީ ގުޑައިގެންދާ ފަދަ ވަރުގަދަ ގޮވުންތަކެއް ވަނީ އިވިފައި.

ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 03:11
އިޒްރޭލުގެ އުޑުމަތީގެ ފުރިހަމަ ކޮންޓްރޯލް އީރާނުން ހޯދާފައިވާކަމަށް އެ ގައުމުން ބުނަމުންދާއިރު، ބަދަލުހިފުމުގެ ގޮތުން އީރާނުން ފޮނުވާލި މިސައިލް ތަކުގެ 21 ވަނަ ބުރު ގެ ހަމަލާތައް ތެލްއަވީވް އަށް އެއްވެސް ހުރަހެއް ނެތި ވަނީ އަރާފައި.

އިޒްރޭލުގެ އުޑުމަތީގެ ފުރިހަމަ ކޮންޓްރޯލް އީރާނުން ހޯދާފައިވާކަމަށް އެ ގައުމުން ބުނަމުންދާއިރު، ބަދަލުހިފުމުގެ ގޮތުން އީރާނުން ފޮނުވާލި މިސައިލް ތަކުގެ 21 ވަނަ ބުރު ގެ ހަމަލާތައް ތެލްއަވީވް އަށް އެއްވެސް ހުރަހެއް ނެތި ވަނީ އަރާފައި. | އެކްސް

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އެއަރޯސްޕޭސް ފޯސްތަކުން ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 21 ވަނަ ބުރުގެ ހަމަލާތައް ފަށައިފިއެވެ.

މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ސުއިސައިޑް ޑްރޯންތަކާއި، ކްލަސްޓާ ވޯހެޑް ނުވަތަ ގޮވާތަކެތި ގިނަ އަދަދަކަށް ހިމެނޭހެން ފަރުމާކޮށްފައިވާ ކުރިއަރާފައިވާ "ޚައިބަރު" މިސައިލްތައް ބޭނުންކޮށްފައިވެއެވެ. މި ހަމަލާތަކުގެ މަގްސަދަކީ ޒަޔަނިސްޓް އިޒްރޭލުގެ ވަރުގަދަ ވައިގެ ދިފާއީ ނިޒާމުތަކަށް ނުކަތާވަރަށް ހަމަލާތައް އަމާޒުކޮށް، އެ ނިޒާމުތައް ފޫއަޅުވާލުމެވެ.

އީރާނުން ކުރިއަށް ގެންދިޔަ ވަރުގަދަ އަސްކަރީ އޮޕަރޭޝަނަށް ދީފައިވާ ކޯޑް ނަމަކީ "ޔާ މުއިއްޒުލް މުއުމިނީން" އެވެ.

ތެލް އަވީވްގެ މެދުތެރެއިން ލިބިފައިވާ ވީޑިއޯ ފްޓޭޖްތަކުން ކަށަވަރުވާ ގޮތުގައި، މި ހަމަލާތަކުގައި ބޭނުންކުރި ޚައިބަރު މިސައިލްތަކުގައި ވަނީ "ސަބް-މިއުނީޝަން" ނިޒާމު ނުވަތަ އެއް މިސައިލަކުން ގިނަ ގޮވާތަކެތި ބޭރުވާ ނިޒާމު ބޭނުންކޮށްފައެވެ.

މި މިސައިލްތައް އަމާޒުތަކަށް ވެއްޓެމުންދިޔަ ވަގުތު، އެ މިސައިލްތައް އެތައް ބައިތަކަކަށް ބައިވެ، ބާރުމިނުގައި ދަތުރުކުރާ ކުދި ގިނަ ވޯހެޑްތަކަކަށް ބަދަލުވިއެވެ. މީގެ ސަބަބުން އިޒްރޭލުން ފަޚުރުވެރިވާ "އަޔަން ޑޯމް" އާއި "ޑޭވިޑްސް ސްލިންގް" ފަދަ މިސައިލް އިންޓަރސެޕްޓަރުތަކަށް އެ ހަމަލާތައް ހުއްޓުވުމުގައި އެއްވެސް ކާމިޔާބީއެއް ނުލިބި، އެ ނިޒާމުތައް ވަނީ ބޭކާރުވެފައެވެ.

މަންޒަރު ދުށް މީހުންގެ ބަޔާންތަކާއި، ހާރެޓްޒް ފަދަ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތަކުން ކަށަވަރުވާ ގޮތުގައި، ތެލް އަވީވްގެ މެދުތެރޭގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުޅި ސިޓީ ގުޑައިގެންދާ ފަދަ ވަރުގަދަ ދެ ގޮވުމެއް އެއްވަގުތެއްގައި ކަހަލަ ގޮތަކަށް އިވިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މި ހަމަލާތަކުގެ ކުރިން، ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު ލެފްޓިނަންޓް ކާނަލް އިބްރާހިމް ޒުލްފަގާރީ ވަނީ މި އޮޕަރޭޝަންގެ ފުޅާ މިނާ ގުޅޭ ތަފްސީލުތައް ހާމަކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާތަނަށް ކުރިއަށްގެންދިޔަ ހަމަލާގެ 20 ބުރުގައި 2,000 އަށްވުރެ ގިނަ ޑްރޯންއާއި 600 އަށްވުރެ ގިނަ މިސައިލް ވަނީ ފޮނުވާލާފައެވެ.

މަސްދަރު: ޕްރެސްޓީވީ

އައިއާރުޖީސީއޮޕަރޭޝަން ޓްރޫ ޕްރޮމިސްތެލްއަވީވްއަޔަން ޑޯމްލެފްޓިނަންޓް ކާނަލް އިބްރާހިމް ޒުލްފަގާރީއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނަށް އިނގިރޭސިވިލާތުން އިންޒާރު ނެރެފި

އީރާން ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނަށް އިނގިރޭސިވިލާތުން އިންޒާރު ނެރެފި

06 މާރިޗު 2026
އިޒްރޭލުން އަލް-އަޤްޞާގައި ހުކުރު ނަމާދު ކުރުން މަނާކޮށްފި

އިޒްރޭލުން އަލް-އަޤްޞާގައި ހުކުރު ނަމާދު ކުރުން މަނާކޮށްފި

06 މާރިޗު 2026
ސްރީލަންކާ އިން އީރާނުގެ މަނަވަރެއްގެ 208 ފަޅުވެރިން އެ ގައުމަށް ބާލައި، މަނަވަރަށް ރައްކާތެރިކަން ދީފި

ސްރީލަންކާ އިން އީރާނުގެ މަނަވަރެއްގެ 208 ފަޅުވެރިން އެ ގައުމަށް ބާލައި، މަނަވަރަށް ރައްކާތެރިކަން ދީފި

06 މާރިޗު 2026
ކުވައިތުގެ އަލީ އަލް ސާލިމް އެއާ ބޭސް އަށް ވަރުގަދަ މިސައިލް ހަމަލާތަކެއް އީރާނުން ދީފި

ކުވައިތުގެ އަލީ އަލް ސާލިމް އެއާ ބޭސް އަށް ވަރުގަދަ މިސައިލް ހަމަލާތަކެއް އީރާނުން ދީފި

06 މާރިޗު 2026
އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

06 މާރިޗު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު