Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަޤްޞާ މިސްކިތް

އިޒްރޭލުން އަލް-އަޤްޞާގައި ހުކުރު ނަމާދު ކުރުން މަނާކޮށްފި

މި ނިންމުމާ ގުޅިގެން މިސްކިތުގެ އިސް އިމާމުންނާއި ފަލަސްތީނުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ އިޒްރޭލުން އެ ސަރަހައްދަށް އަތްގަދަކުރުމަށް ހިންގާ އުދުވާނެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި. އިޒްރޭލުގެ ހަރުކަށި ވަޒީރުން ދަނީ އަލް-އަޤްޞާ މިސްކިތުގެ ތެރޭގައި ޔަހޫދީ ފައްޅިއެއް ބިނާކުރުމަށް ބާރުއަޅަމުން.

ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 02:19
އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން ވެސް، އިޒްރޭލުން ވަނީ އަލް-އަޤްޞާ މިސްކިތުގެ ސަރަޙައްދުގައި ނަމާދުކުރުމަށް ހުރަސްތަކެއް ކުރިމަތިކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި.

އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން ވެސް، އިޒްރޭލުން ވަނީ އަލް-އަޤްޞާ މިސްކިތުގެ ސަރަޙައްދުގައި ނަމާދުކުރުމަށް ހުރަސްތަކެއް ކުރިމަތިކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި. | އޭއެފްޕީ

އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް ބުނެ އިޒްރޭލުން އަލް-އަޤްޞާ މިސްކިތުގައި ހުކުރު ނަމާދު ކުރުން މަނާކޮށްފިއެވެ. އިޒްރޭލުގެ ސިވިލް އެޑްމިނިސްޓްރޭޝަނުން މި ނިންމުން ނިންމާފައިވާކަން ވަނީ އިއުލާނު ކޮށްފަ އެވެ. މިއީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމަށްވާ އަލް-އަޤްޞާ މިސްކިތަށް، ބަރަކާތްތެރި ރަމަޟާން މަސް ފެށުނީއްސުރެ އިޒްރޭލުން ކުރިމަތިކުރަމުންދާ ހުރަސްތަކުގެ ތެރެއިން އެންމެ ފަހުގެ ނިންމުމެވެ.

އިޒްރޭލު ސިފައިންގެ "އަލް މުނާސިޤް" ޕްލެޓްފޯމް މެދުވެރިކޮށް ސިވިލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ހިޝާމް އިބްރާހީމް ބުރާސްފަތި ދުވަހު ވިދާޅުވީ، މި ފިޔަވަޅު އެޅީ "އިޒްރޭލަށާއި މުޅި ސަރަހައްދަށް" އަމާޒުކޮށް އީރާނުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކާ ގުޅިގެން ކަމަށެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމަށް ބޭނުންވާ މިންވަރަށް ޔުރޭނިއަމް މުއްސަނދިކޮށް ރައްކައު ނުކުރުމަށް އެއްބަސްވުމާ ގުޅިގެން، އީރާނާއި އެމެރިކާ އާ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އޮމާނުން އެއްބަސްވުމަކާ ގާތަށް އާދެވިފައިވާ ކަމަށް ބުނެފައި ވަނިކޮށް، އިޒްރޭލާއި އެގައުމުގެ ގާތް އެކުވެރިޔާ އެމެރިކާއިން ވަނީ ހޮނިހިރު ދުވަހު އީރާނަށް އަސްކަރީ ހަމަލާތަކެއް ދޭން ފަށާފައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ އިޒްރޭލުގެ އިދާރާގެ ވެރިޔާ ވިދާޅުވީ، ގުދުސްގެ އޯލްޑް ސިޓީގައި ހުރި ހުރިހާ މުޤައްދަސް ބިނާތަކެއް ކަމަށްވާ "ވެސްޓަން ވޯލް" އާއި "ޓެމްޕަލް މައުންޓް" (އަލް-އަޤްޞާ) އަދި "ޗާޗް އޮފް ދަ ހޮލީ ސެޕަލްކާ" ހުކުރު ދުވަހު ބަންދުވާނެ ކަމަށެވެ. އަދި އެއްވެސް ދީނެއްގެ އަޅުކަންކުރާ މީހަކަށް ނުވަތަ ޒިޔާރަތްކުރާ މީހަކަށް އެ ތަންތަނަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުން ދިން ބަދަލުހިފުމުގެ މިސައިލް ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުން 10 މީހުން މަރުވެފައިވާއިރު، އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތަކުގައި މަދުވެގެން 1,230 މީހުން އީރާނުން ވަނީ މަރުވެފައެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނީއްސުރެ، އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ފިހާރަ ހިންގާ މީހުން ފިޔަވައި އެހެން އެއްވެސް މީހަކަށް އޯލްޑް ސިޓީއަށް ވަނުން މަނާކޮށްފައެވެ.

އަލް-އަޤްޞާ މިސްކިތުގެ އިސް އިމާމެއް ކަމަށްވާ ޝައިޚް އިކްރިމާ ޞަބްރީ ވަނީ އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ އިޒްރޭލުން މެދުނުކެނޑި ބަންދުކުރަމުންދާ ދިއުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އާދީއްތަ ދުވަހު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައި އަލް-އަޤްޞާ ބަންދުކުރަމުންދާ ކަމަށާއި، މިއީ އެއްވެސް ހަމައަކުން ބަލާއިރު ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިޒްރޭލުން މިފަދަ ހުރަސްތައް ކުރިމަތިކުރަން ފަށާފައިވަނީ މި ހަނގުރާމަ ފެށުމުގެ މާ ކުރިންނެވެ.

ނިމިދިޔަ މަހު އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އިޢުލާނުކުރި ގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް ހިފާފައިވާ ހުޅަނގު އައްސޭރިން އަލް-އަޤްޞާ މިސްކިތަށް ވަނުމުގެ ހުއްދަ ދޭނީ އެންމެ 10,000 ފަލަސްތީނު މީހުންނަށެވެ. މިއީ އާންމުކޮށް އެ މިސްކިތަށް ޖަމާވާ މީހުންގެ އަދަދާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. އަލް-އަޤްޞާ މިސްކިތަކީ އެއްފަހަރާ ފަސްލައްކަ މީހުންނަށް ނަމާދުކުރެވޭހާ ޖާގަ އޮންނަ ތަނެކެވެ.

އޯލްޑް ސިޓީ އޮންނަނީ 1967 ވަނަ އަހަރު އިޒްރޭލުން ހިފައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިރުމަތީ ގުދުސްގައެވެ.

މީގެ އިތުރުން، އިޒްރޭލުގެ ކަނާތު ފިޔައިގެ ސިޔާސީ އިސް ފަރާތްތަކާއި އިޒްރޭލުގެ ވަޒަންވެރިން ދަނީ ގަވާއިދުން މި މިސްކިތުގެ ސަރަހައްދަށް ވަދެގަންނަމުންނެވެ. މި މީހުން ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް އިޒްރޭލުގެ ސިފައިންގެ ހިމާޔަތުގައި މިސްކިތުގެ ތެރެއަށް ވަދެ ޔަހޫދީ ދީނުގެ އާދަކާދަތައް ފުރިހަމަކުރެއެވެ.

އިޒްރޭލުގެ އިސް ވަޒީރުން އެ ސަރަހައްދުގައި އަޅުކަން ކުރަން ފެށުމާއެކު، އެ މުޤައްދަސް ބިނާއަށް އިޒްރޭލުން އަތްގަދަކުރުން އިތުރުވެފައިވާތީ ފަލަސްތީނު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަލް-އަޤްޞާ މިސްކިތުގެ ކަންކަން ބަލަހައްޓަނީ އުރުދުންއިން ކަމަށްވީ ނަމަވެސް، އެ ތަނަށް ވަދެނިކުމެވޭނެ މަގުތައް ކޮންޓްރޯލް ކުރަނީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުންނެވެ.

އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އެތައް އަހަރެއް ވަންދެން ދަމަހައްޓަމުން އައި އުސޫލުގެ ދަށުން، ޔަހޫދީންނާއި މުސްލިމް ނޫން އެހެން މީހުންނަށް ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އިރުމަތީ ގުދުސްގައި ހުންނަ މި މިސްކިތަށް ޒިޔާރަތް ކުރުމުގެ ހުއްދަ އޮވެއެވެ. ނަމަވެސް އެތަނުގައި އަޅުކަން ކުރުމާއި ދީނީ ރަމްޒުތައް ދެއްކުމަކީ އެ މީހުންނަށް މަނާ ކަމެކެވެ.

އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން-ގްވީރު ވަނީ އަލް-އަޤްޞާ މިސްކިތުގައި ޔަހޫދީންނަށް އަޅުކަން ކުރުމުގެ ހައްގު ދިނުމަށް ތަކުރާރުކޮށް ގޮވާލައްވައި، މިހާރު އޮތް އުސޫލާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި 2024 ވަނަ އަހަރު އޭނާ ވަނީ އެ މިސްކިތުގެ  ތެރޭގައި ޔަހޫދީ ފައްޅިއެއް ބިނާކުރާނެ ކަމަށްވެސް ބުނެފައެވެ.

އަލް-އަގްސާ މިސްކިތް އިރުމަތީ ޤުދުސްފަލަސްތީނުއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީލަންކާ އިން އީރާނުގެ މަނަވަރެއްގެ 208 ފަޅުވެރިން އެ ގައުމަށް ބާލައި، މަނަވަރަށް ރައްކާތެރިކަން ދީފި

ސްރީލަންކާ އިން އީރާނުގެ މަނަވަރެއްގެ 208 ފަޅުވެރިން އެ ގައުމަށް ބާލައި، މަނަވަރަށް ރައްކާތެރިކަން ދީފި

06 މާރިޗު 2026
ކުވައިތުގެ އަލީ އަލް ސާލިމް އެއާ ބޭސް އަށް ވަރުގަދަ މިސައިލް ހަމަލާތަކެއް އީރާނުން ދީފި

ކުވައިތުގެ އަލީ އަލް ސާލިމް އެއާ ބޭސް އަށް ވަރުގަދަ މިސައިލް ހަމަލާތަކެއް އީރާނުން ދީފި

06 މާރިޗު 2026
އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

06 މާރިޗު 2026
އީރާނުން އެމެރިކާގެ އެފް-15 ހަނގުރާމަމަތީ ޖެޓެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ އެފް-15 ހަނގުރާމަމަތީ ޖެޓެއް ވައްޓާލައިފި

06 މާރިޗު 2026
ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

06 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު