Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކުވައިތުގެ އަލީ އަލް ސާލިމް އެއާ ބޭސް އަށް ވަރުގަދަ މިސައިލް ހަމަލާތަކެއް އީރާނުން ދީފި

އީރާނުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދޭން ފަށާފައިވާއިރު، ސައުދީ އަރަބިއްޔާ، ގަތަރު އަދި ކުވައިތުން ވަނީ ގިނަ ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައި ކަމަށް ބުނޭ. އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމަށް ދޭ މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ ސަލާމަތީ ނުރައްކާ ބޮޑުވެ، ޔޫއޭއީގައި ހުރި އީރާނުގެ މުދަލާއި ފައިސާ ފްރީޒްކުރުމަށް އެ ގައުމުން ދަނީ ތައްޔާރުވަމުން. މި ހަމަލާތަކުގެ ސަބަބުން ބައެއް ގައުމުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އާންމުން ގޭގައި މަޑުކުރުމަށް ވަނީ އަންގާފައި.

ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 01:47
ކުވޭތުގެ އަލީ އަލް ސާލިމް އެއާ ބޭސްއަށް 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކުރެއްވި ޒިޔާރަތެއްގައި، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލިއޯން ޕެނެޓާ އެ ގައުމުގެ ސިފައިންނާ މުޚާތަބު ކުރައްވަނީ.

ކުވޭތުގެ އަލީ އަލް ސާލިމް އެއާ ބޭސްއަށް 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކުރެއްވި ޒިޔާރަތެއްގައި، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލިއޯން ޕެނެޓާ އެ ގައުމުގެ ސިފައިންނާ މުޚާތަބު ކުރައްވަނީ. | ގެޓީ އިމޭޖަސް

ކުވައިތުގެ އެކި ސަރަހައްދުތަކުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުމާއެކު، ވައިގެ ހަމަލާތަކުން ރައްކާތެރިވުމަށް އަންގައިދޭ އިންޒާރުގެ ސައިރަންގެ އަޑު މުޅި ގައުމުގައި އިވެން ފަށައިފި ކަމަށް އަލްޖަޒީރާ އެރަބިކްއާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބުދަ ދުވަހުގެ ރޭ ދިން މި ހަމަލާތައް އަމާޒުވެފައިވަނީ ކުވެއިތުގެ އަލީ އަލް ސާލިމް އެއަރބޭސް އަށެވެ.

އަނެއްކޮޅުން ގަތަރާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނޭހެން ގަލްފުގެ ސަރަހައްދުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގެ އިތުރު ރިޕޯޓްތައް ލިބެމުންދާއިރު، މީގެ ތެރެއިން ގިނަ ހަމަލާތަކެއް އެ ގައުމުތަކުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ވަނީ ހުއްޓުވާފައެވެ.

މި ހަމަލާތަކަކީ މުޅި ގަލްފު ސަރަހައްދަށް އަމާޒުކޮށްގެން އީރާނުން ކުރިއަށްގެންދާ ފުޅާ ކެމްޕޭނެއްގެ ބައެއް ކަމަށް ބެލެވެއެވެ.

ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ތިން މިސައިލެއް އެ ގައުމުގެ އެއާ ޑިފެންސް ފޯސްއިން ހުއްޓުވާފައިވާ ކަމަށް ސައުދީ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެ އެއާ ބޭސްއަށް އަމާޒުކޮށް ދިން މިފަދަ ދެވަނަ ހަމަލާއެވެ.

ބަހްރޭންގެ ވެރިރަށް މަނާމާގައި ހުރި ދެ ހޮޓަލަކަށާއި މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ކުވައިތުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ރޭގަނޑުގެ ވަގުތެއްގައި އެ ގައުމަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. ކުވައިތު ސިޓީގެ ދެކުނުގައި އޮންނަ އެއާ ބޭސްއެއްގެ ކައިރީގައި އެއްޗެއް ގޮވައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މީގެ އިތުރުން، ސަލާމަތީ ސަބަބުތަކަށްޓަކައި ކުވައިތުގައި ހުންނަ އެމެރިކާގެ އެމްބަސީގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަން އެ އެމްބަސީން ވަނީ އިއުލާނުކޮށްފައެވެ.

ގަތަރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ވަނީ 13 މިސައިލެއް ހުއްޓުވާފައެވެ. ނަމަވެސް އެއް މިސައިލް ވަނީ ގަތަރުގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައެވެ.

ސަލާމަތީ ނުރައްކަލުގެ ދަރަޖަ މަތިކޮށްފައިވާތީ، ގަތަރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ އިންޒާރު ނެރެފައެވެ.

އެ އިންޒާރުގައި ބުނެފައިވަނީ "ހުރިހާ އެންމެންވެސް ގޭތެރޭގައި މަޑުކުރުމަށާއި، ބޭރަށް ނުނިކުތުމަށާއި، ކުޑަދޮރުތަކާއި ހާމައަށް ހުރި ސަރަހައްދުތަކާ ދުރުގައި ތިބުމަށް" އިލްތިމާސްކުރާ ކަމަށެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ދިރިއުޅޭ މީހުންނަށްވެސް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީގެ ރަސްމީ ތަރުޖަމާނު ވަނީ އެ ގައުމަށް އަމާޒުކޮށް ދިން ގިނަ މިސައިލް ހަމަލާތަކެއް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާކަން ހާމަކުރައްވާފައެވެ.

އެކްސް މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައިވާ ގޮތުން، ސައުދީގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ތިން މިސައިލެއް ސައުދީ އެއާ ޑިފެންސް ފޯސްއިން ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުރި އީރާނުގެ އެތައް ބިލިއަން ޑޮލަރެއްގެ މުދަލާއި ފައިސާ ފްރީޒް ކުރުމަށް އެ ގައުމުން ދަނީ ވިސްނަމުންނެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އީރާނުގެ "ޝެޑޯ ފައިނޭންސިންގް ނެޓްވޯކް" ތަކާ ދެކޮޅަށް އަޅާ މިފަދަ ފިޔަވަޅެއްގެ ސަބަބުން، އީރާނަށް ބޭރު ފައިސާ ލިބުމަށް ހުރި މަގުތައް ބަންދުވެގެންދާނެއެވެ.

އީރާނުން ސަރަހައްދީ ގައުމުތަކަށާއި ޔޫއޭއީއަށް ތަކުރާރުކޮށް ހަމަލާދޭން ފަށާފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ބަދަލުހިފުމުގެ ގޮތުންނެވެ. އެ ހަނގުރާމައިގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންނާއި އެތައް ސަތޭކަ އާންމުންނެއް ވަނީ މަރުވެފައެވެ.

އީރާން-އެމެރިކާކުވައިތުގަތަރުޔޫއޭއީއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

އީރާނުން އިޒްރޭލަށް ނުރައްކާތެރި "ޚުއްރަމްޝަހަރު-4" މިސައިލްތަކުން ހަމަލާދީފި

06 މާރިޗު 2026
އީރާނުން އެމެރިކާގެ އެފް-15 ހަނގުރާމަމަތީ ޖެޓެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ އެފް-15 ހަނގުރާމަމަތީ ޖެޓެއް ވައްޓާލައިފި

06 މާރިޗު 2026
ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

06 މާރިޗު 2026
ހަނގުރާމަ  ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

ހަނގުރާމަ ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

05 މާރިޗު 2026
އީރާން ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ދެއްވައިފި

އީރާން ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ދެއްވައިފި

05 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު