Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އެމެރިކާގެ އެފް-15 ހަނގުރާމަމަތީ ޖެޓެއް ވައްޓާލައިފި

އީރާނުގެ ހުޅަނގު ދެކުނު ބޯޑަރު ސަރަހައްދުން އެމެރިކާގެ އެފް-15 އީ މަރުކާގެ ޖެޓެއް ވައްޓާލާފައިވާކަން އައި.އާރް.ޖީ.ސީ އިން ކަށަވަރުކޮށްދީފައިވާއިރު، މިއީ "ޓްރޫ ޕްރޮމިސް 4" ގެ ދަށުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކެއް. މި ހަނގުރާމައިގައި އެމެރިކާގެ 500 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް އީރާނުން ބުނާއިރު، މީގެ ކުރިންވެސް އެމެރިކާގެ ބައެއް ޖެޓުތަކާއި އިޒްރޭލުގެ ޑްރޯންތައް ވަނީ ވައްޓާލާފައި. މި ކުރިމަތިލުންތައް ވަރުގަދަވެފައިވަނީ އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން، އެ ގައުމުން ފުރިހަމަ ބަދަލުހިފާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި.

ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 00:53
އެމެރިކާގެ އެފް-15 އީ ސްޓްރައިކް އީގަލް.

އެމެރިކާގެ އެފް-15 އީ ސްޓްރައިކް އީގަލް. | އެކްސް

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ވައިގެ ދިފާއީ ނިޒާމުން އެމެރިކާގެ އެފް-15 އީ ސްޓްރައިކް އީގަލް މަލްޓި-ރޯލް ފައިޓަރު ޖެޓެއް ވައްޓާލައިފިއެވެ.

އީރާނުގެ ވައިގެ ދިފާއީ ނިޒާމުން އެމެރިކާގެ މި އެންމެ ޒަމާނީ ހަނގުރާމަމަތީ ޖެޓަށް އަމާޒުކޮށް ހަމަލާދީ ވައްޓާލާފައިވާކަން އައި.އާރް.ޖީ.ސީ ގެ ޕަބްލިކް ރިލޭޝަންސް ގޮފިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އައި.އާރް.ޖީ.ސީ ގެ ޒަމާނީ އެއިރޯސްޕޭސް ޑިފެންސް ސިސްޓަމްތަކުން މި ޖެޓަށް އަމާޒުކޮށް ހަމަލާދީފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އެ ގައުމުގެ ހުޅަނގު ދެކުނު ބޯޑަރު ސަރަހައްދުންނެވެ.

އީރާނުގެ ވައިގެ ސަރަހައްދުގެ ތެރެއިން އެމެރިކާގެ ކުރިއަރާފައިވާ ހަނގުރާމަމަތީ ޖެޓެއް ވައްޓާލާފައިވާ ކަމަށް އިޒްރޭލުގެ ބައެއް މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި ޖެޓް ދުއްވަން އިން ޕައިލެޓަށް ވީގޮތެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މި ހަމަލާ ދީފައިވަނީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިސްލާމީ ޖުމްހޫރިއްޔާ އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމައިގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.

"ޓްރޫ ޕްރޮމިސް 4" ގެ ނަމުގައި އީރާނުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކުގައި، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި އިޒްރޭލުގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތަކުގެ އިތުރުން، މުޅި ހުޅަނގު އޭޝިއާ ސަރަހައްދުގައި ފެތުރިފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ދަނީ އަމާޒުކުރަމުންނެވެ.

އީރާނުގެ ހަމަލާތަކުގައި މަރުވި އެމެރިކާ ސިފައިންގެ ހަގީގީ އަދަދު ހާމަކުރުމަށް އެމެރިކާ ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް، އީރާނުގެ ސަލާމަތީ ކަންކަމާބެހޭ އިސް އޮފިޝަލް އަލީ ލަރީޖާނީ ބުދަ ދުވަހު ވިދާޅުވީ، މަޖުބޫރުވެގެން ފަށަންޖެހުނު މި ހަނގުރާމައިގެ ފުރަތަމަ މަދު ދުވަސްކޮޅުގެ ތެރޭގައި އެމެރިކާގެ 500 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އެއްވެސް އިންޒާރަކާ ނުލައި އީރާނަށް ދޭން ފެށި ހަމަލާތަކުގައި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ އިތުރުން އަސްކަރިއްޔާގެ ބައެއް އިސް ކޮމާންޑަރުން ވަނީ އަވަހާރަކޮށްލާފައެވެ.

އީރާނުގެ ލީޑަޝިޕުން ވަނީ މި އުދުވާނަށް ހަރުކަށިކަމާއެކު ފުރިހަމަ ބަދަލުހިފާނެ ކަމަށް ވައުދުވެފައެވެ.

މި ހަފުތާގެ ކުރީކޮޅު ކުވެއިތު ބޯޑަރު ކައިރިން އެމެރިކާގެ އިތުރު ބައެއް ހަނގުރާމަމަތީ ޖެޓުތައް ވައްޓާލާފައިވާއިރު، އެފް-15 އީ ސްޓްރައިކް އީގަލް ޖެޓަކީ އެންމެ ފަހުން ވައްޓާލި ޖެޓެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އިޒްރޭލު އަސްކަރިއްޔާގެ "ހާމީސް" މަރުކާގެ ގިނަ އަދަދެއްގެ ޑްރޯން ވެސް ވަނީ ވައްޓާލާފައެވެ.

މަސްދަރު: ޕްރެސްޓީވީ

އައިއާރުޖީސީޓްރޫ ޕްރޮމިސް 4އީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި

އީރާނުގެ ޑްރޯން ހަމަލާތަކާ ގުޅިގެން އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އެ ސަރަހައްދު ދޫކޮށް ފިލައިފި

06 މާރިޗު 2026
ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

ޓްރަމްޕް: އީރާނުގެ ސުޕްރީމް ލީޑަރު ހޮވުމުގައި އަހަރެންގެ ބައިވެރިވުން އޮންނަން ޖެހޭނެ

06 މާރިޗު 2026
ހަނގުރާމަ  ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

ހަނގުރާމަ ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

05 މާރިޗު 2026
އީރާން ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ދެއްވައިފި

އީރާން ހަނގުރާމަ އެތައް މަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ މިނިސްޓަރަކު ދެއްވައިފި

05 މާރިޗު 2026
އީރާނުން އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް މިސައިލް ހަމަލާދީފި

އީރާނުން އިޒްރޭލުގެ ބެން ގުރިއަން އެއާޕޯޓަށް މިސައިލް ހަމަލާދީފި

05 މާރިޗު 2026

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު