Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-ހޫޘީންގެ ކުރިމަތިލުން

ސައުދީގެ ރައުސް ތަންނޫރާއަށް އަމާޒުކުރި މިސައިލް ހަމަލާއާއެކު މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވެ، ތެލުގެ ބާޒާރަށް ލޮޅުމެއް

28 އޮކްޓޯބަރު 2026 | ބުދަ 03:17

ސައުދީގެ ރައުސް ތަންނޫރާ ރިފައިނަރީއާއި ރިޔާޟުގައި ހުންނަ ދިފާޢީ ވުޒާރާ ހިމެނޭހެން މުހިންމު ތަންތަނަށް ހޫޘީން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި. ރިޔާޟަށް އަމާޒުވި ހަމަލާތައް ސައުދީން ނައްތާލާފައިވާއިރު، މި ނުތަނަވަސްކަމާ ގުޅިގެން ސައުދީގެ ދިފާޢުގައި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ މިޞްރުގެ ގާނޫނުހަދާ މަޖިލީހުން ވަނީ ދީފައި

ނިއުސް ޓީމް
ނިއުސް ޓީމް | 28 އޮކްޓޯބަރު 2026 | ބުދަ 03:17
ސައުދީ އަރަމްކޯ ތެޔޮ ކުންފުނީގެ ރައުސް ތަންނޫރާ ކާރުޚާނާ

ސައުދީ އަރަމްކޯ ތެޔޮ ކުންފުނީގެ ރައުސް ތަންނޫރާ ކާރުޚާނާ | ރޮއިޓަރސް

ހޫޘީ ހަނގުރާމަވެރިން، ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ މަރުކަޒު ކަމަށްވާ ރައުސް ތަންނޫރާގެ ރިފައިނަރީއަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް އަންގާރަ ދުވަހު ބުނެފި އެވެ. އީރާނުގެ ހަނގުރާމަ ފެށުނުތާ އަށް މަސް ފާއިތުވެފައިވާއިރު، ޔަމަނާއި ސައުދީ އަރަބިއްޔާއާ ދެމެދު އިތުރުވަމުންދާ މި ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށް އިތުރު ބުރޫއެރުންތަކެއް ކުރިމަތިވެ، މުޅި ސަރަހައްދަށް ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމުގެ ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް އުފެދިފަ އެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ހުޅަނގުން ގަލްފުގެ އައްސޭރީގައި އޮންނަ އަދި ތެޔޮ ބޭރުކުރާ ޓަރމިނަލެއް ވެސް ހިމެނޭ ރައުސް ތަންނޫރާގެ ކޮމްޕްލެކްސަށް ދިން މި ހަމަލާގެ ސަބަބުން އެ ތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. މިއާއެކު، ސައުދީގެ އަސްކަރީ މަތިންދާބޯޓުތަކަށް ހަމަލާދީ، ރަތް ކަނޑުގެ މުހިންމު ކަނޑު ދަތުރުފަތުރުގެ މަގެއް ކަމަށްވާ ބާބު އަލް-މަންދަބު ކަނޑުއޮޅި ކައިރިން ސައުދީގެ މަދަދުލިބޭ ފައުޖުތައް ކުރިއަރަމުން ދިޔަ ދިއުން ފަހަތަށް ޖައްސާލާފައިވާ ކަމަށް ވެސް ހޫޘީން ބުންޏެވެ. ނަމަވެސް، ރައުސް ތަންނޫރާއަށް ހަމަލާއެއް އެރި ކަން ސައުދީގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

Advertisement - worldAdvertisement

ދުވާލަކު 550،000 ފީފާގެ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ލިބިފައިވާ ރައުސް ތަންނޫރާގެ ރިފައިނަރީއަކީ، އީރާނު ހަނގުރާމައިގެ ކުރީކޮޅު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދުވަސްކޮޅަކަށް ބަންދުކުރި ތަނެކެވެ. ސައުދީ އަރަބިއްޔާއިން ބޭރު ދުނިޔެއަށް ފޮނުވާ ގާތްގަނޑަކަށް ހުރިހާ ތެލެއް އެކްސްޕޯޓް ކުރަނީ މައިގަނޑު ދެ ބަނދަރެއް މެދުވެރިކޮށެވެ. އެއީ ގަލްފުގައި އޮންނަ ރައުސް ތަންނޫރާ އަދި ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބުޢު އެވެ. މާޒީގައި މި ދެ ބަނދަރަށް ވެސް ހޫޘީން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ. މި މައްސަލައާ ގުޅުންހުރި މަސްދަރަކާ ހަވާލާދީ ބްލޫމްބަރގް ނޫހުން ރިޕޯޓުކުރި ގޮތުގައި، ރައުސް ތަންނޫރާގެ ޓާމިނަލް ކައިރީގައި ރޯވި އަލިފާންގަނޑު ސައުދީން މިހާރު ވަނީ ކޮންޓުރޯލުކޮށްފަ އެވެ.

ވައިގެ ހަމަލާތަކާއި ދިފާޢީ ރައްދު

މީގެ އިތުރުން ހޫޘީން ބުނީ، ނަޖްރާން އެއާޕޯޓުގައި އޮތް އަސްކަރީ މުދާ އުފުލާ ދެ މަތިންދާބޯޓާއި، ޚަމީސް މުޝައިޠުގައި ހުންނަ ވައިގެ އަސްކަރީ މަރުކަޒަކަށް ވެސް ހަމަލާދީފައިވާ ކަމަށެވެ. ހަމަމިއާއެކު، ސައުދީގެ ވެރިރަށް ރިޔާޟުގައި ހުންނަ ދިފާޢީ ވުޒާރާގެ އިމާރާތަށާއި، އަބްހާ އެއާޕޯޓަށް ވެސް ހަމަލާތަކެއް ދިން ކަމަށް އެ ޖަމާއަތުން ބުންޏެވެ. މި ހަމަލާތަކާ ގުޅޭގޮތުން ވެސް ސައުދީ ސަރުކާރުން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ސައުދީގެ ސިވިލް ޑިފެންސް އިދާރާއިން ވަނީ ވެރިރަށް ރިޔާޟުގައި ވައިގެ ހަމަލާގެ އިންޒާރު ކުރު ނެރެފަ އެވެ.

ރިޔާޟުގެ ވައިގެ ސަރަހައްދުން ހުއްޓުވި ދެ ބެލިސްޓިކް މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން އިމާރާތަކަށާއި، ކޮންސްޓްރަކްޝަން ސައިޓަކަށް އަދި އުޅަނދަކަށް މާއްދީ ގެއްލުންތަކެއް ލިބުނު ކަމަށް، ސައުދީ ސިވިލް ޑިފެންސުން އަންގާރަ ދުވަހު ބުންޏެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރު ދިފާޢުކުރުމަށް ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސައުދީ އިސްވެ އޮންނަ އިއްތިހާދުން ބުނީ، ހޫޘީން ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވައިގެ ތެރޭގައި ހުއްޓުވައި، އެއްކޮށް ނައްތާލާފައިވާ ކަމަށެވެ.

ބާބު އަލް-މަންދަބުގެ ކުރިމަތިލުންތަކާއި ސަރަހައްދީ މަޝްވަރާތައް

މި ދަނޑިވަޅުގައި، ބާބު އަލް-މަންދަބު ކަނޑުއޮޅީގެ ދެކުނު ސަރަހައްދުން ސައުދީގެ ތާއީދު އޮންނަ ބާރުތައް ކުރިއަރަން ކުރި މަސައްކަތް ހުއްޓުވާފައިވާ ކަމަށް ހޫޘީން ބުނެފައިވާއިރު، މި މަހުގެ ކުރީކޮޅު ސައުދީގެ އެހީތެރިކަން ލިބޭ ޔަމަން ސަރުކާރުގެ ފައުޖުތަކުން ވަނީ، ސެޕްޓެންބަރު މަހު ހޫޘީން ހިފާފައިވާ އައްސޭރިފަށުގެ ސަރަހައްދުތަކުން އެ މީހުން ފަހާލާފަ އެވެ. މިއީ، ރަތް ކަނޑުގެ ތެޔޮ އުފުލާ މުހިންމު މަގުގެ މައްޗަށް ހޫޘީން އޮތް ބާރު ކުޑަކޮށްލި ފިޔަވަޅެކެވެ. މީގެ އިތުރުން، ޔަމަނުގެ އަލް މުޚާ ސިޓީއަށް ސައުދީން ވައިގެ ހަމަލާތަކެއް ދިން ކަމަށް ހޫޘީންނާ ގުޅުން އޮންނަ އަލް-މަސީރާ ޓީވީން ރިޕޯޓުކުރި ނަމަވެސް، ސައުދީގެ ރަސްމީ ފަރާތަކުން އެ ކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. މި ކުރިމަތިލުންތަކާއެކު، ޔަމަނުގެ ވެރިރަށް ޞަންޢާގެ ކޮންޓުރޯލު އޮންނަ ހޫޘީންނާއި ސައުދީ އިއްތިހާދާ ދެމެދު އދ. މެދުވެރިވެ 2022 ގައި ގާއިމުކުރި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން މިހާރު ވަނީ އެއްކޮށް ރޫޅިފަ އެވެ.

ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމުގެ މަގުސަދުގައި، ސައުދީ އަރަބިއްޔާއާއި ތުރުކީވިލާތް އަދި ޕާކިސްތާނުގެ އޮފިޝަލުން ހޯމަ ދުވަހު ވަނީ ތެހެރާނުގައި އީރާނުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ. މި ދަނޑިވަޅުގައި، މި ތިން ޤައުމާ ގުޅިގެން ދިފާޢީ އެއްބަސްވުމެއް އެކުލަވައިލުމާމެދު ވިސްނަމުންދާ ކަމަށް ބުނެފައިވާ މިޞްރުގެ ގާނޫނުހަދާ މަޖިލީހުން ވަނީ، ސައުދީ އަރަބިއްޔާއިން އެދިއްޖެ ހާލަތެއްގައި އެ ޤައުމުގެ ދިފާޢުގައި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ހޯމަ ދުވަހު އެ ޤައުމުގެ ސަރުކާރަށް ދީފަ އެވެ.

މަސްދަރު: ރޮއިޓަރސް

ހޫޡީޔަމަންބާބުލް މަންދަބުއީރާންސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

5

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2026

އީރާނުގެ މަޝްވަރާތަކުން ތެލުގެ ބާޒާރަށް ކުޑަ ލުޔެއް، ނަމަވެސް ހުރްމުޒާއި ސައުދީއަށް ދޭ ހަމަލާތަކުން ނުރައްކާ އަދިވެސް ބޮޑު

27 އޮކްޓޯބަރު 2026
އީރާނުގެ މަޝްވަރާތަކުން ތެލުގެ ބާޒާރަށް ކުޑަ ލުޔެއް، ނަމަވެސް ހުރްމުޒާއި ސައުދީއަށް ދޭ ހަމަލާތަކުން ނުރައްކާ އަދިވެސް ބޮޑު
27 އޮކްޓޯބަރު 2026

ހޫޘީންގެ މިސައިލްތަކެއް ދިފާޢުކޮށް، ސައުދީ އިއްތިހާދުން ޔަމަނުގައިވާ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި

27 އޮކްޓޯބަރު 2026
ހޫޘީންގެ މިސައިލްތަކެއް ދިފާޢުކޮށް، ސައުދީ އިއްތިހާދުން ޔަމަނުގައިވާ އަސްކަރީ އަމާޒުތަކަށް ހަމަލާދީފި
26 އޮކްޓޯބަރު 2026

ރިޔާޟުގެ އެއާޕޯޓަށާއި ތެޔޮ ހޮޅިލައިނަށް އަމާޒުކޮށް ޙޫޘީން ދިން ހަމަލާތަކާއެކު، ސައުދީ އިއްތިހާދުން މިސައިލެއް ވައްޓާލައިފި

26 އޮކްޓޯބަރު 2026
ރިޔާޟުގެ އެއާޕޯޓަށާއި ތެޔޮ ހޮޅިލައިނަށް އަމާޒުކޮށް ޙޫޘީން ދިން ހަމަލާތަކާއެކު، ސައުދީ އިއްތިހާދުން މިސައިލެއް ވައްޓާލައިފި
26 އޮކްޓޯބަރު 2026

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ

26 އޮކްޓޯބަރު 2026
ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ
25 އޮކްޓޯބަރު 2026

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

25 އޮކްޓޯބަރު 2026
އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ
25 އޮކްޓޯބަރު 2026

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދިން މިސައިލް ހަމަލާތަކެއް ދިފާޢުކޮށް، ކްރޫޒް މިސައިލެއް ވައްޓާލައިފި

25 އޮކްޓޯބަރު 2026
ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދިން މިސައިލް ހަމަލާތަކެއް ދިފާޢުކޮށް، ކްރޫޒް މިސައިލެއް ވައްޓާލައިފި
25 އޮކްޓޯބަރު 2026

ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

25 އޮކްޓޯބަރު 2026
ބަންދަރު ޢައްބާސް މަތިން އެމެރިކާގެ 'ލޫކަސް' މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
25 އޮކްޓޯބަރު 2026

އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި

25 އޮކްޓޯބަރު 2026
އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި
24 އޮކްޓޯބަރު 2026

"އަނެއްކާވެސް ކުޑަ 'އެޕިކް ފިޔުރީ' އެއް ފެށިދާނެ": އީރާނަށް އާ އިންޒާރާއެކު، ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާދޭން ތެހެރާނުން ތައްޔާރުވެއްޖެ

24 އޮކްޓޯބަރު 2026
"އަނެއްކާވެސް ކުޑަ 'އެޕިކް ފިޔުރީ' އެއް ފެށިދާނެ": އީރާނަށް އާ އިންޒާރާއެކު، ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާދޭން ތެހެރާނުން ތައްޔާރުވެއްޖެ
23 އޮކްޓޯބަރު 2026

ސައުދީގެ ވައިގެ ސަރަހައްދުގައި ނުރައްކާތެރި ކުރިމަތިލުމެއް: 11 ޑްރޯނާއި މިސައިލެއް ވައްޓާލައި ވަރުގަދަ ހަމަލާތަކެއް ދިފާޢުކޮށްފި!

23 އޮކްޓޯބަރު 2026
ސައުދީގެ ވައިގެ ސަރަހައްދުގައި ނުރައްކާތެރި ކުރިމަތިލުމެއް: 11 ޑްރޯނާއި މިސައިލެއް ވައްޓާލައި ވަރުގަދަ ހަމަލާތަކެއް ދިފާޢުކޮށްފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް