Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ކުޅުދުއްފުށީ ކެމްޕެއިންގ ޖަގަހަ

ގިނަ ބައެއްގެ ތާއީދާއެކު އެމްޑީޕީ ކުޅުދުއްފުށި ސިޓީގެ ކެމްޕެއިންގ ޖަގަހަ ހުޅުވައިފި

އެމްޑީޕީ ކުޅުދުއްފުށި ސިޓީ ޖަގަހަ ހުޅުވައިދެއްވީ އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށާއި ކައުންސިލް އަދި ޑަބްލިއުޑީސީގެ ގޮނޑިތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންނެވެ.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 6 މާރިޗު 2026 | ހުކުރު 02:55
ކުޅުދުއްފުށި ސިޓީ ހޭވައްލާ ތައްޔާރު ޖަގަހަ

ކުޅުދުއްފުށި ސިޓީ ހޭވައްލާ ތައްޔާރު ޖަގަހަ | އެމްޑީޕީ ކުޅުދުއްފުށި ސިޓީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުޅުދުއްފުށީ ސިޓީގެ ޚާއްޞަ ކެމްޕެއިންގ ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކެމްޕެއިންގ ޖަގަހަ ހުޅުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 21:15 ގައި ކުޅުދުއްފުށި ސިޓީ ކުރީގެ ކާނިވަލް ރެސްޓޯރެންޓް ގައެވެ.

ޖަގަހަ ހުޅުވުމަށް ބޭއްވި މި ކުޑަ ނަމަވެސް ފޯރިގަދަ ރަސްމިއްޔާތުގައި، ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އަދި މިހާރުވެސް އެ ސިޓީގެ މޭޔަރުގެ މަޤާމުގައި ހުންނަވާ މުޙައްމަދު ޢާޠިފް އާއި، ކައުންސިލް ގޮނޑިތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ވާދަކުރައްވާ ކެނޑިޑޭޓުންނެވެ.

ކުޅުދުއްފުށި ސިޓީ "ހޭވައްލާ ތައްޔާރު" ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުޅުދުއްފުށި ސިޓީ "ހޭވައްލާ ތައްޔާރު" ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ރަސްމިއްޔާތުގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ އަށް ނިސްބަތްވާ އެ ޕާޓީގެ ޢާއްމު މެންބަރުންނާއި، އިސް މެންބަރުން ބައިވެރިވެފައިވެއެވެ. ޖަގަހަ ހުޅުވުމަށްފަހު، ކެނޑިޑޭޓުން ވަނީ އެ ސިޓީގެ ތަރައްޤީއަށް ގެންގުޅުއްވާ ތަޞައްވުރާ ގުޅޭގޮތުން ވާހަކަދައްކަވައި، ކެމްޕެއިންގެ ފޯރި ވަރުގަދަކޮށްފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއެމްޑީޕީކުޅުދުއްފުށި ސިޓީލޯކަލް ކައުންސިލް އިންތިޚާބު 2026އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީޑަބްލިއުޑީސީ

އިތުރަށް ކިޔާލަން

05 މާރިޗު 2026

ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު

05 މާރިޗު 2026
ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު
05 މާރިޗު 2026

ފެންނަ ނުފެންނަ އިންތިހާބު ބާއްވަން އުޅެނީ ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށް ނުދީ: އަހުމަދު އަބްދުﷲ

05 މާރިޗު 2026
ފެންނަ ނުފެންނަ އިންތިހާބު ބާއްވަން އުޅެނީ ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށް ނުދީ: އަހުމަދު  އަބްދުﷲ
05 މާރިޗު 2026

ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

05 މާރިޗު 2026
ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.
05 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

05 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު
05 މާރިޗު 2026

3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި

05 މާރިޗު 2026
3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު