Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ އިންޓަރެކްޓިވް މިއުޒިއަމް

މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމް މިއަހަރު ހުޅުވަނީ

5 މާރިޗު 2026 | ބުރާސްފަތި 14:10

މާލޭގެ އުސްގެކޮޅާއި ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދުގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތް މިއަހަރު ނިންމައި އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ 4000 އަހަރުގެ ދިގު ތާރީޚު ފެންނާނެހެން ފަރުމާކުރާ މި ދާރުލްއާސާރަކީ ތަރިކައިގެ ދާއިރާއިން ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭނެ ވަސީލަތަކަށް ވެގެންދާނެ ކަމަށް ސާރުކާރުން ބުނޭ

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 5 މާރިޗު 2026 | ބުރާސްފަތި 14:10
 ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް | ރައީސް އޮފީސް

މާލޭގައި އަލަށް ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، މާލޭގައި ތަރައްޤީކުރާ މި އިންޓަރެކްޓިވް މިއުޒިއަމް ނިމުމުން، މިއީ ތަރިކައިގެ ދާއިރާ އިން ރާއްޖެ އަށް ބޮޑު އާމްދަނީ އެއް ލިބޭނެ ވަސީލަތަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ތަނުގެ މަސައްކަތް ނިމިގެންދާއިރު، ރާއްޖޭގެ ފަންނީ ދާރުލްއާސާރުގެ ދާއިރާ އަށް މުޅިން އައު އިންގިލާބީ ބަދަލެއް އަންނާނެކަން ވެސް ވަޒީރު ފާހަގަކުރެއްވި އެވެ. ސަރުކާރުގެ އަމާޒަކީ މި މިއުޒިއަމްގެ މަސައްކަތްތައް ހަލުވިކޮށް، މިއަހަރުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމެވެ.

އިންޓްރެކްޓިވް މިއުޒިއަމްގެ މަސައްކަތް މިހާރު ޢަމަލީ ގޮތުން ކުރިއަށްމިދަނީ. ކުރިއަށްއޮތް މަހެއްހާ ދުވަސްތެރޭ މަސައްކަތް މާބޮޑަށް ހަލުވިވެގެންދާނެ. އަޅުގަނޑުމެން އުއްމީދުމިކުރަނީ މިއަހަރުތެރޭ މުޅި މަސައްކަތް ވެސް ނިންމާލުމަށް
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް

 ވަޒީރު އާދަމް ނަސީރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިފަދަ ގޮތަކަށް ބިނާކުރެވޭ ފުރަތަމަ ދާރުލްއާސާރު ކަމަށާއި މި ތަނުގެ އެންމެ ހާއްސަ އެއް ކަމަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިން މި ކަނޑުގެ ސަރަޙައްދުގައި ވޭތުކުރި 4000 އެއްހާ އަހަރުގެ ދިގު ތާރީޚު ފެންނާނެހެން ފަރުމާކޮށްފައިވުން ކަމުގަ އެވެ. މީގެ ސަބަބުން ދިވެހިންގެ މުއްސަނދި ސަޤާފަތާއި ތާރީޚު އީޖާދީ ގޮތެއްގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މިތަން ނިމޭއިރު މިތަން ވާނެ ރާއްޖޭގެ ތާރީޚުގަ ބިނާކުރެވޭ ފުރަތަމަ ދާރުލްއާސާރަށް. މާނައަކީ ދިވެހިން މި ކަނޑުގަ 4000އެއްހާ ދުވަސް ހޭދަކުރި ގޮތާއި، އޭގަ ދިވެހިން ކުރި ތަޖުރިބާތައް މިތަނުގެ ތެރެއިން ހިއްސާކުރެވޭނެ ތަޖުރިބާކުރެވޭނެ، އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ދެންނެވި ކަންކަން ސީދާ އަމިއްލަ އިހުސާސްތަކާ ގުޅުވާލެވޭގޮތަށް މިތަން ތަރައްޤީކުރެވެނީ
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް

މި އިންޓަރެކްޓިވް މިއުޒިއަމް ތަރައްޤީކުރަނީ މާލޭގެ އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ހުރި ސަރަޙައްދު ހިމެނޭހެންނެވެ. މިއީ އީޖާދީ ވިސްނުންތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދިވެހި ތާރީޚާއި ތަރިކަ ދިރިހުރި ސިފައެއްގައި ތަޖުރިބާކުރެވޭނެ ގޮތަށް ފަރުމާކުރާ ތަނެކެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަރިކަ ތަޖުރިބާ ކުރެވޭ ގޮތަށް އުސްގެކޮޅު ތަރައްޤީކުރުމުގެ މަސައްކަތް ހެރިޓޭޖް މިނިސްޓްރީން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.

މިނިސްޓަރު އާދަމް ނަސީރު މީގެ ކުރިންވެސް ވިދާޅުވެފައިވާ ގޮތުގައި، މި މިއުޒިއަމް ތަރައްޤީކޮށް ނިމުމުން ރާއްޖޭގެ ތަރިކައިގެ ދާއިރާއަކީ ހަމައެކަނި ތާރީޚު ރައްކާކުރާ ތަނެއްގެ ބަދަލުގައި، އިޤްތިޞާދީ ގޮތުންވެސް ފައިދާހުރި، އާމްދަނީ ލިބޭނެ ދާއިރާއަކަށް ބަދަލުވެގެންދާނެ އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ސަޤާފީ ތަރިކައަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

އާދަމް ނަސީރު އިބްރާހިމް މާލެއިންޓަރެކްޓިވް މިއުޒިއަމްއުސްގެކޮޅުކަޅުވަކަރު މިސްކިތްދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒާރަތު

އިތުރަށް ކިޔާލަން

05 މާރިޗު 2026

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

05 މާރިޗު 2026
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
03 މާރިޗު 2026

ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް

03 މާރިޗު 2026
ތިލަފަތަކީ ރައްޔިތުންނާ އެކީގައި ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން މަސައްކަތް ކުރާ ބައެއް: ނާޒިލް
03 މާރިޗު 2026

ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ

03 މާރިޗު 2026
ރަމަޟާން މަހުގެ ފަހު ދިހެއް ގައި ޑީއެންއާރުން 4 ދުވަހު ޚިދުމަތް ދޭނެ
03 މާރިޗު 2026

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

03 މާރިޗު 2026
އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ
03 މާރިޗު 2026

މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟

03 މާރިޗު 2026
މާލޭގެ ވާހަކަ ދައްކަވާއިރު، މިހާރުގެ ރައީސް، މޭޔަރުކަމުގައި ހުންނެވިއިރު ހެއްދެވި އެކްޝަން ޕްލޭނަށް ވީ ގޮތެއް ބަލާލުން ކީއްތޯ؟
02 މާރިޗު 2026

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް

02 މާރިޗު 2026
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކުން މާލެ އަށް ވީ އެއްވެސް ކަމެއް ނެތް، އުޅުއްވަނީ އެހެން މީހުން ކުރި ކަންކަމުގެ ވެސް ކްރެޑިޓް ނަންގަވަން: އާދަމް އާޒިމް
01 މާރިޗު 2026

އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި

01 މާރިޗު 2026
އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި
28 ފެބުރުއަރީ 2026

އިންތިޚާބު އެއްކުރަން ނޫނެކޭ ކެމްޕެއިން: "ބެނާތަކާއި އެކު އެމްޑީޕީ އިން މި ނުކުތީ ގަދަ ރޫހެއްގައި ކެމްޕެއިން އަށް"

28 ފެބުރުއަރީ 2026
އިންތިޚާބު އެއްކުރަން ނޫނެކޭ ކެމްޕެއިން: "ބެނާތަކާއި އެކު އެމްޑީޕީ އިން މި ނުކުތީ ގަދަ ރޫހެއްގައި ކެމްޕެއިން އަށް"
27 ފެބުރުއަރީ 2026

އެމްޑީޕީ އިން ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރަށް ފުލުން ހުރަސް އަޅައިފި

27 ފެބުރުއަރީ 2026
އެމްޑީޕީ އިން ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރަށް ފުލުން ހުރަސް އަޅައިފި
27 ފެބުރުއަރީ 2026

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

27 ފެބުރުއަރީ 2026
ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް