Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

އެފްއައިޔޫގެ އިސްވެރިޔަކަށް އިޝާން އައްޔަނުކޮށްފި

އެންމެ ފަހުން އެފްއައިޔޫގެ ވެރިއަކަށް ހުންނެވި އިސްމާއީލް ސާޖިދު މަގާމުން ވަކި ކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވާ ކަމަށް ނިންމާފަ. ނަމަވެސް ސާޖިދު އެ ތުހުމަތަށް އިންކާރުކުރައްވާ. އަދި މައްސަލަ ވަނީ ކަމާ ބެހޭ އިދާރާއަށް ހުށައަޅާފަ. ސާޖިދު އެފްއައިޔޫގެ ވެރިއަކަށް އައްޔަން ކުރެއްވީ، ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު، އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ، ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް، އެފްއައިޔޫގެ އޭރުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް މަގާމުން ދުރުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 14:40
އެފްއައިޔޫ އަށް އަލަށް އައްޔަނުކުރެވުނު އިސް ވެރިޔާ މުޙައްމަދު އިޝާން

އެފްއައިޔޫ އަށް އަލަށް އައްޔަނުކުރެވުނު އިސް ވެރިޔާ މުޙައްމަދު އިޝާން | އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް މުހައްމަދު އިޝާން ބުރާސްފަތި ދުވަހު އައްޔަނުކޮށްފި އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި އިޝާން މި މަގާމަށް ހޮވުނީ، އެފްއައިޔޫގެ ވެރިޔާގެ މަގާމަށް ކުރިމަތިލުމަށް އެ އޮތޯރިޓީގެ މުވައްޒަފުންގެ ތެރެއިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެވެ.

Advertisement - newsAdvertisement

އެފްއައިޔޫގެ އާ ވެރިޔާ އިޝާން އަކީ މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ތަޖުރިބާކާރު ޗާޓާޑު އެކައުންޓަންޓެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ) ގެ އެސޯސިއޭޓް މެންބަރެއްގެ އިތުރުން، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ ވެސް އެފިލިއޭޓް މެންބަރެކެވެ.

މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އިޝާން ވަނީ އެމްއެމްއޭގެ މުހިންމު އެކި މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން އެމްއެމްއޭގެ ހެޑް އޮފް ކޯޕަރޭޓް އެކައުންޓްސް ސެކްޝަނާއި، ހެޑް އޮފް ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޝަންގެ މަގާމު އޭނާ ވަނީ އަދާކުރައްވާފަ އެވެ. 

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭ ގައި ގާއިމުކޮށްފައިވާ މިނިވަން ޔުނިޓެކެވެ. މި ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތަކީ މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ މައްސަލަތައް ދެނެގަނެ، އެފަދަ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމެވެ. ގާނޫނު ބުނާގޮތުން މި ޔުނިޓުގެ ވެރިޔާ އައްޔަނުކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު އޮންނަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރަށެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ސާޖިދު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސާޖިދު މަގާމުން ވަކިކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތެއްގަ އެވެ. ނަމަވެސް އޭނާ ވަނީ އެ ނިންމުމާ މެދު ހިތްހަމަނުޖެހި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެމްއެމްއޭއާ ދެކޮޅަށް މައްސަލަ ހުށަހަޅާފަ އެވެ. ސާޖިދު އެފްއައިޔޫގެ ވެރިއަކަށް އައްޔަން ކުރެއްވީ، ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު، އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ، ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް، އެފްއައިޔޫގެ އޭރުގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް މަގާމުން ދުރުކޮށްފަ އެވެ. 

އިޝާން މި މަގާމާ ހަވާލުވެވަޑައިގަތީ އެ މަގާމު ހުސްކޮށް އޮންނަތާ ދުވަސްތަކެއް ވުމަށްފަހު އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްމުހައްމަދު އިޝާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްއޭ ގެ 3 އެޑްވައިޒަރުން މަގާމުން ވަކިކޮށް، މަގާމުވެސް އުވާލައިފި!

އެމްއެމްއޭ ގެ 3 އެޑްވައިޒަރުން މަގާމުން ވަކިކޮށް، މަގާމުވެސް އުވާލައިފި!

18 ފެބުރުއަރީ 2026
ފައިސާ ޗާފު ނުކުރާނެ ކަމަށް ވައުދުވެގެން އައި ސަރުކާރުން ޗާޕު ކޮށްގެން އަންގާރަ ދުވަހު ނެރުނު 20ރ. އާއި 100ރ ގެ އައު ނޫޓުގައި ސޮއި ކުރައްވާފައި ވަނީ މުނައްވަރު

ފައިސާ ޗާފު ނުކުރާނެ ކަމަށް ވައުދުވެގެން އައި ސަރުކާރުން ޗާޕު ކޮށްގެން އަންގާރަ ދުވަހު ނެރުނު 20ރ. އާއި 100ރ ގެ އައު ނޫޓުގައި ސޮއި ކުރައްވާފައި ވަނީ މުނައްވަރު

17 ފެބުރުއަރީ 2026
100ރ. ގެ އައު ނޫޓު ޗާޕް ކޮށްގެން ގެނައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 20ރ. އައު ސްޓޮކެއް ގެނެސްފި

100ރ. ގެ އައު ނޫޓު ޗާޕް ކޮށްގެން ގެނައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 20ރ. އައު ސްޓޮކެއް ގެނެސްފި

15 ފެބުރުއަރީ 2026
އެފްއައިޔޫގެ ވެރިޔާ ސާޖިދު އެ މަގާމުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި

އެފްއައިޔޫގެ ވެރިޔާ ސާޖިދު އެ މަގާމުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި

12 ފެބުރުއަރީ 2026
އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު