Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސާ ޗާޕުކުރުން

ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި

ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ރުހުން ދީފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 11:41
މުއިއްޒު ގެ ފޮޓޯ ޖަހާފައިވާ ޚިޔާލީ ރުފިޔާ ތަކެއް - ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް މުއިއްޒު ވަނީ ވިދާޅުވެފައި

މުއިއްޒު ގެ ފޮޓޯ ޖަހާފައިވާ ޚިޔާލީ ރުފިޔާ ތަކެއް - ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް މުއިއްޒު ވަނީ ވިދާޅުވެފައި | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕުކުރުމުގެ ގޮތުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތަށް ޕެންޝަން އޮފީހުގެ ބޯޑުން ރުހުން ދީފި އެވެ.

ޕެންޝަން ބޯޑުން މި ނިންމުން ނިންމެވީ ވަގުތީ ޗެއާޕާސަން އެއް އައްޔަން ކުރުމަށް ފަހު އެވެ.

Advertisement - newsAdvertisement

އިތުބާރު ހުރި މަސްދަރުތަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ބުނީ، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލި ނަމަވެސް ވަގުތީ ޗެއާ އަކަށް ހުންނެވީ ކޮން ބޭފުޅެއްކަން އަދި އެނގިފައެއް ނުވާ ކަމަށެވެ.

މި މުއާމަލާތުގައި ޕެންޝަން އޮފީހުން ފައިސާ ހޯދަން ނިންމާފައި ވަނީ ކުރިން ގަނެފައިވާ ބޮންޑުތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ވިއްކާލައިގެންނެވެ. އެމްއެމްއޭ އިން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓު ކުރާނީ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށެވެ.

މި މުއާމަލާތުން ދައުލަތަށް އިޔާދަ ނުކުރޭ ވަރުގެ ބޮޑު އިގްތިސާދީ ގެއްލުން ލިބޭނެ ކަމަށް ބުނެ، އެކަމާ ދެކޮޅު ހައްދަވައި ޕެންޝަން ބޯޑުގެ ޗެއާމަން، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވަނީ ހޯމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އިނާޒް ވިދާޅުވީ ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ގިނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނު ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އިނާޒްގެ އިތުރުން ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް އާދަމް އަދި ސީއެފްއޯގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޕެންޝަން ފަންޑުގައި 2.4 ބިލިއަން ރުފިޔާ ނެތްއިރު، އެމްއެމްއޭ އިން ފައިސާ ހޯދައިގެން މިކަން ކުރާ ނަމަ ކުރެވޭނީ ފައިސާ ޗާޕުކޮށްގެން ކަމަށް މީގެ ކުރިން ޕެންޝަން ބޯޑުގައި ހުންނެވި ސަރުވަޝް ވަނީ ވިދާޅުވެފަ އެވެ. 

ނަމަވެސް މިއީ ފައިސާ ޗާޕު ކުރުން ނޫން ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ބުހުތާނު ދޮގުތަކެއް ހަދަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. މި މުއާމަލާތުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް ދިގު މުއްދަތުގައި ބޮޑެތި ނޭދެވޭ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން އިގްތިސާދީ ތަޖުރިބާކާރުން ފާޅުކުރަމުން ގެންދެ އެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީ އިން އެމްއެމްއޭގެ މީޑިއާ އޮފިސަރު އަދި އެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޔުނިޓްގެ މެނޭޖަރ އަހްމަދު ސާއިފް އަށް ގުޅުއްވުމުން ވިދާޅުވީ މިކަމުގެ އެއްވެސް މައުލޫމާތެއް ހޯދަން ބޭނުންނަމަ އާރުޓީއައި އެއް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުޕެންޝަން އޮފީސްއަހުމަދު އިނާޒްމޯލްޑިވްސް މަނިޓަރީ އޮތޯރިޓީއެމްއެމްއޭ-ޕެންޝަން ފަންޑުފައިސާ ޗާޕް ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ސުކޫކް އަނބުރާ ދައްކަންޖެހޭ މުއްދަތު ކައިރިވެފައިވަނިކޮށް ސަރުކާރު ހިންގަން ޚަރަދުތައް ހަމަ ޖައްސަން ޕެންޝަން އޮފީހަށް މަޖުބޫރުކުރުވުމަކީ ވަރަށް ނުރައްކާތެރި ފިޔަވަޅެއް: ކުރީގެ މިނިސްޓަރ އަމީރު

ސުކޫކް އަނބުރާ ދައްކަންޖެހޭ މުއްދަތު ކައިރިވެފައިވަނިކޮށް ސަރުކާރު ހިންގަން ޚަރަދުތައް ހަމަ ޖައްސަން ޕެންޝަން އޮފީހަށް މަޖުބޫރުކުރުވުމަކީ ވަރަށް ނުރައްކާތެރި ފިޔަވަޅެއް: ކުރީގެ މިނިސްޓަރ އަމީރު

03 ފެބުރުއަރީ 2026
ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން ހޯމަ ދުވަހު، 2 ލޮރީ އެއްގައި އެމްއެމްއޭ އަށް ވެއްދީ ކޯއްޗެއްކަމެއް ނޭނގެ: މީޑިއާ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ

ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން ހޯމަ ދުވަހު، 2 ލޮރީ އެއްގައި އެމްއެމްއޭ އަށް ވެއްދީ ކޯއްޗެއްކަމެއް ނޭނގެ: މީޑިއާ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ

02 ފެބުރުއަރީ 2026
ސަރުކާރުން މިސާލު ނަގަނީ އުމަރު ބިން އަބްދުލް އަޒީޒްގެ ހަޔާތްޕުޅުން، އެކަމަކު ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި އަވަދިނެތި!

ސަރުކާރުން މިސާލު ނަގަނީ އުމަރު ބިން އަބްދުލް އަޒީޒްގެ ހަޔާތްޕުޅުން، އެކަމަކު ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި އަވަދިނެތި!

02 ފެބުރުއަރީ 2026
މި ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ހުއްޓާލައި، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ތަބާވާން ޖެހޭ: ކުރީގެ ނައިބު ރައީސް ފައިސަލް

މި ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ހުއްޓާލައި، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ތަބާވާން ޖެހޭ: ކުރީގެ ނައިބު ރައީސް ފައިސަލް

02 ފެބުރުއަރީ 2026
ދެ ކޮންޓޭނަރުގެ ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވައްދައިފި

ދެ ކޮންޓޭނަރުގެ ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވައްދައިފި

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު