Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

އެމްއެމްއޭ ގެ 3 އެޑްވައިޒަރުން މަގާމުން ވަކިކޮށް، މަގާމުވެސް އުވާލައިފި!

18 ފެބުރުއަރީ 2026 | ބުދަ 08:20

އެމްއެމްއޭ ގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން، އެ އޮތޯރިޓީގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ތިން އެޑްވައިޒަރަކު ވަނީ މަގާމުން ވަކިކޮށްފަ. މި ބަދަލު ގެނެސްފައި ވަނީ ޕެންޝަން ފަންޑު މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާގެ މުއާމަލާތެއް ހިންގުމަށް ސަރުކާރުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ. ފައިސާ ޗާޕުކުރުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރެވޭ މި މުއާމަލާތާ ގުޅިގެން އުފެދުނު ޚިޔާލުތަފާތުވުންތަކުގައި ޕެންޝަން އޮފީހުގެ އިސްވެރިންތަކެއް ވެސް ވަނީ ދާދިފަހުން އިސްތިއުފާ ދެއްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ފެބުރުއަރީ 2026 | ބުދަ 08:20
މަރިޔަމް ޝިފާ، އިދުހާމް ހުސައިން، މަރިޔަމް ހުސެން ދީދީ

މަރިޔަމް ޝިފާ، އިދުހާމް ހުސައިން، މަރިޔަމް ހުސެން ދީދީ | ރާއްޖެ އެމްވީ

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ އެޑްވައިޒަރުންގެ މަގާމުގައި ތިއްބެވި 3 ބޭފުޅުން މަގާމުން ވަކިކޮށް އެ މަގާމު ވެސް އުވާލައިފި އެވެ. 

އެމްއެމްއޭ ގެ ބޯޑުން ވަނީ އެ އޮތޯރިޓީ ގެ އެތެރޭގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް އެޑްވައިޒަރުންގެ ދައުރު އުވާލަން އަންގާރަ ދުވަހު ނިންމާފަ އެވެ. އަދި އެ ނިންމުމާ ގުޅިގެން އެމްއެމްއޭ ގެ ގަވަރުނަރުގެ އެޑްވައިޒަރުން ގެ ގޮތުގައި ތިއްބެވި 3 ބޭފުޅުން ވަނީ މަގާމުން ވަކި ކޮށްފަ އެވެ.  މިކަން އެ އޮތޯރިޓީގެ އޮފިޝަލަކު ވަނީ ރާއްޖޓީވީ އަށް ކަށަވަރު ކޮށްދީފަ އެވެ. 

Advertisement - newsAdvertisement

އެ މަގާމުން ވަކި ކޮށްފައިވާ ތިން ބޭފުޅުންނަކީ މަރިޔަމް ހުސެން ދީދީ އާއި އިދުހާމް ހުސެން ގެ އިތުރުން މަރިޔަމް ޝިފާ އެވެ. މި 3 ބޭފުޅުންނަކީ ވެސް އެ އޮތޯރިޓީގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރައްވާފައިވާ 3 ބޭފުޅުންނެވެ. އެގޮތުން 3 ބޭފުޅުން ވެސް ވަނީ އެމްއެމްއޭ އަށް 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފަ އެވެ. 

މި ނިންމުން ނިންމާ އެމްއެމްއޭ އިން ވަނީ އެޑްވައިޒަރުންނަށް ނޯޓިސްދީ، ދެ އިޚުތިޔާރެއް ދީފަ އެވެ. އެއީ ތިން މަސްދުވަހު ވަޒީފާގައި ދެމިހުރުމާއެކު އިތުރު ތިން މަސް ދުވަހުގެ މުސާރާއާއި އިނާޔަތާއެކު މަގާމު އުވިގެންދިއުމެވެ. ނުވަތަ ނޯޓިސް މުއްދަތުގެ ބަދަލުގައި 6 މަސް ދުވަހުގެ ފައިސާއާއި އިނާޔާތްތައް ލިބޭ ގޮތަށް މަގާމު އުވާލުމެވެ.

މި މަގާމު އުވާލާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕުކުރުމުގެ ގޮތުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ކުރިއަށް ގެންދަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. 

މި މުއާމަލާތުގައި ޕެންޝަން އޮފީހުން ފައިސާ ހޯދަން ނިންމާފައި ވަނީ ކުރިން ގަނެފައިވާ ބޮންޑުތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ވިއްކާލައިގެންނެވެ. އެމްއެމްއޭ އިން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓު ކުރާނީ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށެވެ. 

މި މުއާމަލާތުން ދައުލަތަށް އިޔާދަ ނުކުރޭ ވަރުގެ ބޮޑު އިގްތިސާދީ ގެއްލުން ލިބޭނެ ކަމަށް ބުނެ، އެކަމާ ދެކޮޅު ހައްދަވައި ޕެންޝަން ޗެއާޕަރސަން ޑރ. އަޙްމަދު އިނާޒްގެ އިތުރުން، ސީއީއޯ ސުޖާތާ ހަލީމާއި ސީއެފްއޯ ހައްވާ ފަޖުވާއާއި އެ އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރެއްވި މެންބަރު ސަރުވަޝް އާދަމް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.  ޕެންޝަން ފަންޑުގައި 2.4 ބިލިއަން ރުފިޔާ ނެތްއިރު، އެމްއެމްއޭ އިން ފައިސާ ހޯދައިގެން މިކަން ކުރާނަމަ ކުރެވޭނީ ފައިސާ ޗާޕުކޮށް ގެން ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭގޮތުން އެމްއެމްއޭ ގެ ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީމަރިޔަމް ހުސެން ދީދީއިދުހާމް ހުސެންމަރިޔަމް ޝިފާޕެންޝަން އޮފީސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

ފައިސާ ޗާފު ނުކުރާނެ ކަމަށް ވައުދުވެގެން އައި ސަރުކާރުން ޗާޕު ކޮށްގެން އަންގާރަ ދުވަހު ނެރުނު 20ރ. އާއި 100ރ ގެ އައު ނޫޓުގައި ސޮއި ކުރައްވާފައި ވަނީ މުނައްވަރު

17 ފެބުރުއަރީ 2026
ފައިސާ ޗާފު ނުކުރާނެ ކަމަށް ވައުދުވެގެން އައި ސަރުކާރުން ޗާޕު ކޮށްގެން އަންގާރަ ދުވަހު ނެރުނު 20ރ. އާއި 100ރ ގެ އައު ނޫޓުގައި ސޮއި ކުރައްވާފައި ވަނީ މުނައްވަރު
17 ފެބުރުއަރީ 2026

މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް

17 ފެބުރުއަރީ 2026
މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ގޮތުން މަޖިލީހުގެ ޚިޔާލު ހޯދަން ގަރާރެއް
16 ފެބުރުއަރީ 2026

ބޭސްފަރުވާ އަށް ޕެންޝަން ފައިސާ ބޭނުން ކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ފިނޭންސާ، ޕެންޝަން އޮފީހުގެ އިތުރުން ޕޭ ކޮމިޝަނާ މީރާ ވެސް ތާއީދު

16 ފެބުރުއަރީ 2026
ބޭސްފަރުވާ އަށް ޕެންޝަން ފައިސާ ބޭނުން ކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ފިނޭންސާ، ޕެންޝަން އޮފީހުގެ އިތުރުން ޕޭ ކޮމިޝަނާ މީރާ ވެސް ތާއީދު
15 ފެބުރުއަރީ 2026

ސަރުކާރު ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޖެނުއަރީ މަހުގެ ޕެންޝަން ފައިސާ ޖަމާ ނުވޭ

15 ފެބުރުއަރީ 2026
ސަރުކާރު ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޖެނުއަރީ މަހުގެ ޕެންޝަން ފައިސާ ޖަމާ ނުވޭ
15 ފެބުރުއަރީ 2026

100ރ. ގެ އައު ނޫޓު ޗާޕް ކޮށްގެން ގެނައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 20ރ. އައު ސްޓޮކެއް ގެނެސްފި

15 ފެބުރުއަރީ 2026
100ރ. ގެ އައު ނޫޓު ޗާޕް ކޮށްގެން ގެނައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 20ރ. އައު ސްޓޮކެއް ގެނެސްފި
12 ފެބުރުއަރީ 2026

އެފްއައިޔޫގެ ވެރިޔާ ސާޖިދު އެ މަގާމުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި

12 ފެބުރުއަރީ 2026
އެފްއައިޔޫގެ ވެރިޔާ ސާޖިދު އެ މަގާމުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި
06 ފެބުރުއަރީ 2026

އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

06 ފެބުރުއަރީ 2026
އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު
04 ފެބުރުއަރީ 2026

އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި

04 ފެބުރުއަރީ 2026
 އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި
04 ފެބުރުއަރީ 2026

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފި

04 ފެބުރުއަރީ 2026
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފި
03 ފެބުރުއަރީ 2026

ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

03 ފެބުރުއަރީ 2026
ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް