Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސާ ޗާޕުކުރުން

ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން ހޯމަ ދުވަހު، 2 ލޮރީ އެއްގައި އެމްއެމްއޭ އަށް ވެއްދީ ކޯއްޗެއްކަމެއް ނޭނގެ: މީޑިއާ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ

މީޑިއާ ތަކުން އެމްއެމްއޭ އަށް ދެ ކޮންޓެއިނަރުގެ ފައިސާ ވެއްދި ވާހަކަ ރިޕޯޓްކުރި ފަހުން، އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން ހޯމަ ދުވަހު އައު ސްޓޮކެއް އެ އޮތޯރިޓީއަށް ގެނެސްފައިވާ ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 14:21
ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން، ހޯމަ ދުވަހު ހެނދުނު އެމްއެމްއޭ އަށް ފައިސާ ވައްދަނީ

ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން، ހޯމަ ދުވަހު ހެނދުނު އެމްއެމްއޭ އަށް ފައިސާ ވައްދަނީ | ރާއްޖެ އެމްވީ

ހޯމަ ދުވަހުގެ ހެނދުނު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ނެރެގެން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވެއްދި ދެ ލޮރީގައި ހުރީ ކޯއްޗެއްކަން ނޭނގޭ ކަމަށް، އެމްއެމްއޭ ގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޔުނިޓްގެ މެނޭޖަރ އަހްމަދު ސާއިފް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ހެނދުނު މީޑިއާ ގައި ދައުރުވި ބައެއް ވީޑިއޯ ތަކުން ފެންނަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ނިކުތް ދެ ލޮރީ އެއް އެމްއެންޑީއެފް އަދި ފުލުހުންގެ ބެލުމުގެ ދަށުން މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް ވަންނަ ތަނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެއަރޕޯޓުން ނެރެގެން އެމްއެމްއޭ އަށް ވެއްދީ 2 ކޮންޓެރިނަރުގެ ފައިސާ އެވެ. ދެ ލޮރީ އެއްގައި ބޮޑު ދެ ކޮންޓޭނަރުގެ ފައިސާ އެމްއެމްއޭ އަށް ވައްދާ މަންޒަރު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ފެނިފަ އެވެ.

ދެ ކޮންޓޭނަރުގެ ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވައްދައިފި
Raajje.mv

ދެ ކޮންޓޭނަރުގެ ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވައްދައިފި

މިކަމާ ގުޅިގެން ރާއްޖެ އެމްވީ އިން އެމްއެމްއޭގެ މީޑިއާ އޮފިސަރު އަދި އެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޔުނިޓްގެ މެނޭޖަރ އަހްމަދު ސާއިފް އަށް ގުޅުއްވުމުން ވިދާޅުވީ، މީޑިއާ ގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ދެ ޕިކަޕުގައި އެމްއެމްއޭ އަށް ވެއްދީ ކޯއްޗެއްކަން ނޭނގޭ ކަމުގަ އެވެ. އަދި ދެ ލޮރީ އެއްގައި ހޯމަ ދުވަހު އެމްއެމްއޭ އަށް ފައިސާ ވެއްދިކަން އެނގިފަ ނުވާކަމަށެވެ. ނަމަވެސް އެމްއެމްއޭ އަށް ގެންނަ ފައިސާ އާ ގުޅޭ މައުލޫމާތު އެ އިދާރާގެ ވެބްސައިޓުން ފެންނާނެކަމަށެވެ. 

މީޑިއާ ތަކުން އެމްއެމްއޭ އަށް ދެ ކޮންޓެއިނަރުގެ ފައިސާ ވެއްދި ވާހަކަ ރިޕޯޓްކުރި ފަހުން، އެމްއެމްއޭ އިން  ނެރުނު ބަޔާނެއްގައި ބުނީ، އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން ހޯމަ ދުވަހު އައު ސްޓޮކެއް އެ އޮތޯރިޓީއަށް ގެނެސްފައިވާ ކަމަށެވެ. އެމްއެމްއޭ އިން ބުނީ، އަލަށް ނެރޭ ނޫޓާއެކު މިހާރު ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް އެމްއެމްއޭ އިން ވަނީ 100 ރުފިޔާގެ އައު ނޫޓުތަކެއް ޗާޕުކޮށްގެން ގެނެސްފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީފައިސާ ޗާޕްކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ކޮންޓޭނަރުގެ ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވައްދައިފި

ދެ ކޮންޓޭނަރުގެ ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވައްދައިފި

02 ފެބުރުއަރީ 2026
ހީލަތްތެރި ގޮތުގައި މުއިއްޒުގެ ފައިސާ ޗާޕު ކުރުމަށް ދެކޮޅުހެދި ޕެންޝަން ބޯޑަށް ސެލިއުޓް!!

ހީލަތްތެރި ގޮތުގައި މުއިއްޒުގެ ފައިސާ ޗާޕު ކުރުމަށް ދެކޮޅުހެދި ޕެންޝަން ބޯޑަށް ސެލިއުޓް!!

01 ފެބުރުއަރީ 2026
ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

ރައީސް މުއިއްޒު މިސްރާބު ޖައްސަވާފައިވަނީ އިގްތިސާދީ ބޮޑު ހަލާކަކާ ދިމާލަށް: ފައްޔާޒު

01 ފެބުރުއަރީ 2026
ސަސްޕެންޝަންގައި ހުރި އެފްއައިޔޫ ގެ ވެރިޔާ ސާޖިދު މަޤާމުން ވަކިކޮށްފި

ސަސްޕެންޝަންގައި ހުރި އެފްއައިޔޫ ގެ ވެރިޔާ ސާޖިދު މަޤާމުން ވަކިކޮށްފި

29 ޖެނުއަރީ 2026
މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި މީހަކު: "ޑޮލަރު ގެ އަގު 21 ފަހަނަ އަޅާ ދަނީ، 64 ބިލިއަން ރުފިޔާ ޗާޕްކޮށް ބާޒާރަށް ނެރެފި"

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު