Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

100ރ. ގެ އައު ނޫޓު ޗާޕް ކޮށްގެން ގެނައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 20ރ. އައު ސްޓޮކެއް ގެނެސްފި

އިންތިޚާބާ ދިމާކޮށް މިގޮތަށް ފައިސާ ގެންނާތީ ބައެއް އާންމު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 15 ފެބުރުއަރީ 2026 | އާދީއްތަ 08:20
20 ރުފިޔާގެ އައު ސްޓޮކެއް ގެނައުން.

20 ރުފިޔާގެ އައު ސްޓޮކެއް ގެނައުން. | ބޭންކްނޯޓްވޯލްޑް.ކޮމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުން ކުރަމުންދާ ނޫޓު ސީރީޒްގެ 20 ރުފިޔާގެ އައު ސްޓޮކެއް ގެނެސްފި އެވެ.

އެމްއެމްއޭއިން ބުނީ، ރަން ދިހަފަހެއް ނޫޓް ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން 15 ފެބްރުއަރީ 2026 ގައި އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ.  

20 ރުފިޔާގެ އައު ސްޓޮކެއް ގެނެސްފައިވާއިރު، މި މަހުގެ ދެވަނަ ދުވަހު 100 ރުފިޔާގެ އައު ސްޓޮކެއް ވެސް ގެނެސްފައިވެ އެވެ. އަދި 100 ރުފިޔާގެ ނޫޓުގެ ސްޓޮކް ވެސް ގެނެސްފައިވަނީ 100 ރުފިޔާ މަދުވުމުގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. 

ފައިސާގެ ނޫޓުތަކުގެ ސްޓޮކް މަދުވާ ހާލަތް ތަކުގައި އައު ސްޓޮކް ޕްރިންޓް ކޮށްގެން ގެނައުމަކީ އެމްއެމްއޭއިން އާއްމު އުސޫލު ކުރާ ކަމެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. މިއީ އިގްތިސާދުގެ ތެރެއަށް އިތުރަށް ފައިސާ ނެރުމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ބޭނުން ކުރަމުންދާ ފައިސާގެ ސްޓޮކް ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. 

ނަމަވެސް ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބަށް ވެފައި، މިހާރު ވެސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅާ ކަމަށް އަޑުތައް ފެތުރިފައިވަނިކޮށް ފައިސާގެ އެކިއެކި ނޫޓްތައް ސްޓޮކްގެ ގޮތުގައި އެތެރެ ކުރަމުންދާތީ ބައެއް މީހުން ދަނީ އެކަމާމެދު ސުވާލު އުފައްދަމުންނެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީފައިސާ ޗާޕްކުރުން

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2026

އެފްއައިޔޫގެ ވެރިޔާ ސާޖިދު އެ މަގާމުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި

12 ފެބުރުއަރީ 2026
އެފްއައިޔޫގެ ވެރިޔާ ސާޖިދު އެ މަގާމުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި
06 ފެބުރުއަރީ 2026

އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

06 ފެބުރުއަރީ 2026
އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު
04 ފެބުރުއަރީ 2026

އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި

04 ފެބުރުއަރީ 2026
 އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި
03 ފެބުރުއަރީ 2026

ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

03 ފެބުރުއަރީ 2026
ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން
03 ފެބުރުއަރީ 2026

ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި

03 ފެބުރުއަރީ 2026
ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު