Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައިސާ ޗާޕުކުރުން

އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި

ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ މުއާމަލާތް އެ އޮފީހުން ދިފާއުކޮށްފި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 11:16
ފައިސާ ޗާޕް ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު، ރައީސް މުއިއްޒު ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕް ކުރުމުގެ މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރޭ

ފައިސާ ޗާޕް ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު، ރައީސް މުއިއްޒު ހީލަތްތެރި ގޮތަކަށް ފައިސާ ޗާޕް ކުރުމުގެ މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރޭ | ރާއްޖެ އެމްވީ

ފައިސާ ޗާޕުކުރުމުގެ މުއާމަލާތަކީ ގެއްލުން ބޮޑު މުއާމަލާތެއް ކަމަށް ބުނެ ޕެންޝަން ބޯޑުގެ ޗެއަރމަނަކަށް ހުންނެވި އަހުމަދު އިނާޒް އިސްތުއުފާ ދެއްވާފައިވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ 2.4 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ޕެންޝަން އޮފީހުން ދިފާއުކޮށްފި އެވެ. 

ޕެންޝަން އޮފީހުގެ ބޯޑުން މި މުއާމަލާތަށް ރުހުން ދެއްވީ ހޯމަ ދުވަހު އެވެ. މިކަމާ ގުޅިގެން އިގްތިސާދީ މާހިރުން ހިމެނޭހެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، އިނާޒްގެ އިސްތިއުފާ އަށްފަހު އަވަސް އަރުވާލައިގެން ވަގުތީ ޗެއަރމަނަކު ހަމަޖައްސަވައި މި މުއާމަލާތަށް ޕެންޝަން އޮފީހުގެ ބޯޑުން ރުހުން ދެއްވާފައިވާކަން ފާހަގަކުރެވެ އެވެ.

ޕެންޝަން އޮފީހުން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފިނޭންސް މިނިސްޓްރީއިން ދިވެހި ރުފިޔާ އަދި އެމެރިކާ ޑޮލަރުން ޖުމުލަ 2.4 ބިލިއަންގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ބިނާކޮށް މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ހުށަހަޅާފައިވަނީ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޜަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާރކެޓުގައި ވިއްކާލުމަށްފަހު، ލިބޭ ފައިސާ އިން ކަމަށެވެ.

މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށް ބުނެ ފައިސާ ޗާޕުކުރުމުގެ ގޮތުން ހިންގާ މި މުއާމަލާތް ޕެންޝަން ބޯޑުން ވަނީ ދިފާއުކޮށްފަ އެވެ. އަދި މީގެ އިތުރުން ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޜަރީ ބިލްތަކުގެ ތެރެއިން ބައެއް، ދިގުމުއްދަތުގެ ޓްރެޜަރީ ބޮންޑަށް ބަދަލުކުރުމުގެ ފުރުޞަތު މި މުއާމަލާތުން ލިބިގެންދިއުމާއެކު، ޕޯޓްފޯލިއޯ ރިޓާރންވެސް އިތުރުވެގެންދާނެ ކަމަށް ޕެންޝަން އޮފީހުން މި މުއާމަލާތުގެ ދިފާއުގައި ބުނެފައިވެ އެވެ.

އިނާޒްގެ އިތުރުން ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް އާދަމް އަދި ސީއެފްއޯ ގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޕެންޝަން ފަންޑުގައި 2.4 ބިލިއަން ރުފިޔާ ނެތްއިރު، އެމްއެމްއޭއިން ފައިސާ ހޯދައިގެން މިކަން ކުރާނަމަ ކުރެވޭނީ ފައިސާ ޗާޕުކޮށްގެން ކަމަށް މީގެ ކުރިން ޕެންޝަން ބޯޑުގައި ހުންނެވި ސަރުވަޝް ވަނީ ވިދާޅުވެފައެ ވެ.

ނަމަވެސް މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ބުހުތާނު ދޮގުތަކެއް ހަދަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. މާލީ ފައިދާ ހޯދުމާއި (މޮނެޓައިޒޭޝަން) އަދި އަމާނާތްތެރިކަމާއެކު މާލީ ޒިންމާ އަދާކުރުމާ (ފިޑިއުޝަރީ ރެސްޕޮންސިބިލިޓީ) ގުޅޭގޮތުން ސަރުކާރުން ސާފު ވިސްނުމެއް ގެންގުޅެންޖެހޭކަމަށް އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އަދި ސިޔާސަތަކުން ހާސިލް ކުރާ ވަގުތީ ނަތީޖާ އާއި ދުރު ނަތީޖާ ސަރުކާރުން ވަޒަން ކޮށްލުން މުހިންމު ކަމަށް އެފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުޕެންޝަން އޮފީސްފައިސާ ޗާޕްކުރުންއެމްއެމްއޭ-ޕެންޝަން ފަންޑުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަނަދޫގައި ނަޖިސް ފެނުގައި ދިރިއުޅޭ ރައްޔިތުން އެބަތިބި، ސަރުކާރުން އިސްކަން ދެނީ ކައުންސިލުން 3 ޕާކު ހަދާފައި ވަނިކޮށް 4 ވަނަ ޕާކެއް ހަދަން

މަނަދޫގައި ނަޖިސް ފެނުގައި ދިރިއުޅޭ ރައްޔިތުން އެބަތިބި، ސަރުކާރުން އިސްކަން ދެނީ ކައުންސިލުން 3 ޕާކު ހަދާފައި ވަނިކޮށް 4 ވަނަ ޕާކެއް ހަދަން

04 ފެބުރުއަރީ 2026
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފި

04 ފެބުރުއަރީ 2026
ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

03 ފެބުރުއަރީ 2026
ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި

ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި

03 ފެބުރުއަރީ 2026
ސުކޫކް އަނބުރާ ދައްކަންޖެހޭ މުއްދަތު ކައިރިވެފައިވަނިކޮށް ސަރުކާރު ހިންގަން ޚަރަދުތައް ހަމަ ޖައްސަން ޕެންޝަން އޮފީހަށް މަޖުބޫރުކުރުވުމަކީ ވަރަށް ނުރައްކާތެރި ފިޔަވަޅެއް: ކުރީގެ މިނިސްޓަރ އަމީރު

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު