Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލްތައް

މިނިސްޓަރު އާދަމް ޝަރީފް ފުރަތަމަ ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ދޭ ކަމަށް، ފަހުން ވިދާޅުވީ އެއްބާރުލުން ނުދޭ ކަމަށް ރައީސް ވިދާޅުވެފައި އޮތިއްޔާ އެ ވާނީ ނުދޭ ކަމަށް!

ނޫސްވެރިންގެ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައި މިނިސްޓަރު ވިދާޅުވީ، މަލްޓި-ޕާޓީ ނިޒާމެއްގައި ސިޔާސީ ތަފާތު ފިކުރުތަކުގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް. އަދި ރައީސް އެފަދަ ލިސްޓެއްގެ ވާހަކަ ވިދާޅުވާނީ އެކަމުގެ ލިޔެކިޔުންތައް ހުރުމުން ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ ރައީސްގެ ބަސްފުޅު ދިފާއު ކުރައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 11:18
ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު.

ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު. | ސޯޝަލް މީޑިއާ

ސަރުކާރުގެ ވިސްނުމާ ދެކޮޅު ލޯކަލް ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ކައުންސިލްތަކުގެ އެއްބާރުމާއެކު ވަރަށް ގިނަ މަސައްކަތް ކުރާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވަނީ އެމިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާ ކުރައްވާފަ އެވެ. އަދި ވިދާޅުވީ ކައުންސިލްތަކާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މިނިސްޓްރީއަށް ފުރިހަމައަށް އެއްބާރުލުން ލިބޭ ކަމަށެވެ. 

ނަމަވެސް 26 ފެބްރުއަރީ 2026 ގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުން އިދިކީލި ވިސްނުމުގެ ކައުންސިލްތަކުން އެކި އުޒުރުތައް ދައްކައި ބިން ހަވާލު ނުކުރުމުގެ ސަބަބުން 57 ރަށެއްގައި މަޝްރޫއު ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަދި ވިދާޅުވީ، ކައުންސިލްތަކުން ހުރަސް އެޅުމުގެ ސަބަބުން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް ވެސް ހުރަސް އެޅިފައިވާ ކަަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފްގައި ބަހާއި، ރައީސް މުއިއްޒު ބަސް ދިމާނުވާތީ، މި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ. އަދި ރައީސް މުއިއްޒު އެ ވިދާޅުވީ 57 ރަށުގެ މައުލޫމާތު ދިނުމަށް ވެސް އެދިފައިވެ އެވެ.

ނޫސްވެރިޔާގެ މިސުވާލުތަކާ ގުޅިގެން މިނިސްޓަރު އާދަމް ޝަރީފް ސީދާ ޖަވާބެއް ދެއްވާފައިނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ މަލްޓި-ޕާޓީ ސިސްޓަމުގައި ތަފާތު ފިކުރުގެ މީހުން ލާމަރުކަޒީ ނިޒާމުގައި މަސައްކަތް ކުރަމުންދާއިރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. 

އަޅުގަނޑުމެންނާ ކައުންސިލްތަކާ ވަރަށް ގާތް ގުޅުމެއް އޮތް ވާހަކަ. އެހެންވީމަ ގުޅިގެން މިމަސައްކަތް ކުރުމާއި އަދި ބައެއް ކައުންސިލްތަކުން އެކި ސަބަބުތަކާ ހުރެ ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ނުދިނުމަށް އެއީ މުޅިން ތަފާތު ދެ ކަމެއް. އަޅުގަނޑުމެންނާ ކައުންސިލްތަކާ އެކުގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ. އަޅުގަނޑުމެން ގަބޫލުކުރަން މި ނިޒާމު އަޅުގަނޑުމެން ރާއްޖޭގައި ތަންފީޒު ކުރަމުންދާއިރު، ރާއްޖޭގައި މިއޮތީ މަލްޓި ޕާޓީ ސިސްޓަމްކަން. މަލްޓި ޕާޓީ ސިސްޓަމްގައި މި ނިޒާމަށް މަލްޓި ޕާޓީ ސިސްޓަމަށް ވެސް ރާއްޖެ މިއަންނަނީ ތަޖުރިބާ ކުރަމުން. އަދި ހަމައާއެކު ލާމަރުކަޒީ ނިޒާމަކީ ވެސް އެގޮތުން ތަޖުރިބާ ކުރަމުންދާ ނިޒާމަކަށްވާއިރު، މަލްޓި-ޕާޓީ ސިސްޓަމުގައި ތަފާތު ފިކުރުގެ މީހުން ލާމަރުކަޒީ ނިޒާމުގައި މަސައްކަތް ކުރަމުންދާއިރު، ހުންނާނެ ގޮންޖެހުންތައް. އެއީ ކޮންމެ ވެރިކަމެއްގައި ވެސް ތަޖުރިބާ ކުރެވޭނެ ކަންތައްތައް. އެހެންވީމަ އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ރައީސުލްޖުމްހޫރިއްޔާ އެ ފާހަގަކުރެއްވި ކަންތައްތަކަކީ އެއީ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ އެއީ ކުރީ ސަރުކާރުތަކުން ކޮށްފައި ހުރި ނުވަތަ ކުރަން ބޭނުންވާ ނުވަތަ ނުކުރެވި ހުރި ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ ކުރައްވަފާނެ ކަމަށް ބެލެވޭތީ ސިޔާސީ ބޭނުމެއްގައި ހިންގަމުންދާ ކަންތައްތަކެއް
ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު

މީގެ އިތުރުން ރައީސް މުއިއްޒު އެ ވިދާޅުވާ 57 ރަށުގެ މައުލޫމާތު ދިނުމަށް ތަކުރާރުކޮށް ނޫސްވެރިޔާ ސުވާލު ކުރުމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އިދިކީލި ވިސްނުމުގެ ކައުންސިލްތަކުން އެކި އުޒުރުތައް ދައްކައި ބިން ހަވާލު ނުކުރުމުގެ ސަބަބުން 57 ރަށެއްގައި މަޝްރޫއު ކުރިއަށް ނުގެންދެވޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވާނީ އެ ލިޔެކިއުންތައް އެމަނިކުފާނުގެ އަތްޕުޅުގައި ހުރުމުން ކަމަށެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކުން އެއްބާރުލުން ނުދޭކަން މިނިސްޓްރީއަށް ވެސް ފާހަގަކުރެވިފައިވާއިރު، ރައީސް އެ ވިދާޅުވީ ލިސްޓް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުން ފަށަމުން ކައުންސިލްތަކުގެ އެއްބާރުލުން ލިބޭ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ނަމަވެސް ނިންމަވާލައްވަމުން އެވިދާޅުވީ ރައީސް މުއިއްޒު އެވިދާޅުވާ ވާހަކަތައް ގަބޫލު ކުރައްވާ ކަމަށެވެ.

އާދަމް ޝަރީފު އުމަރުލޯކަލް ގަވަރންމަންޓް މިނިސްޓްރީލޯކަލް ކައުންސިލްތައްލާމަރުކަޒީ ނިޒާމުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް

އިންޑޯ ފުޓްސަލް ކޮމްޕްލެކްސް އަޅަން ބިން ހަވާލު ކުރިތާ ދެ އަހަރު، ވަޒީރު ވިދާޅުވީ މާޗު މަހު މަސައްކަތް ފެށޭނެ ކަމަށް

03 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

ޚާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރި ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަން ކުރައްވަން ރައީސް މުޢިއްޒު އަށް ކެރިވަޑައި ނުގެންނެވި

02 މާރިޗު 2026
ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތެއް ނޫން: ރައީސް މުއިއްޒު

02 މާރިޗު 2026
އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ: ރައީސް މުއިއްޒު

އޮތީ ވަރަށް ވަރުގަދަ އިގްތިސާދެއް، މިހާރު ސްކޫކަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް އެކަން ކުރެވޭނެ: ރައީސް މުއިއްޒު

02 މާރިޗު 2026
ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

ޚާމަނާއީ އަވަހާރަ ވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑި އަށް ތިރި ނުކުރައްވާ، ރައީސް އެކަން ޖެއްސެވީ އަރަބި އިސްލާމީ ޤައުމު ތަކުގެ ބޮލަށް

02 މާރިޗު 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު