Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މިނިވަން ކުރާނެކަމަށް ވިދާޅުވި ޝަރުއީ ނިޒާމު އޮތީ ސަރުކާރުގެ "އުނގުތެރޭގަ"

ޝަރުއީ ނިޒާމު މިނިވަންކުރުމުގެ ވައުދާއެކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ނަމަވެސް، މިއަދު ފެންނަނީ ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާގެ މައްޗަށް އިންތިހާއަށް އޮތް މަންޒަރު. ސަރުކާރުގެ އިސް ބޭފުޅުންނާއި ވަޒީރުންގެ ބާރުގެ ދަށަށް ކޯޓުތައް ގޮސްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އެހެންކަމުން، މިނިވަންކުރަން ބުނި ޝަރުއީ ނިޒާމު މިއަދު އޮތީ ސަރުކާރުގެ އުނގު ތެރޭގައި ގައި ކަމަށް އާންމު ރައްޔިތުން ތުހުމަތުކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2026 | ބުދަ 16:02
މި ސަރުކާރުން ޝަރުއީ ދާއިރާ އަށް އެތައް ގޮތަކުން ނުފޫޒު ފޯރުވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރޭ

މި ސަރުކާރުން ޝަރުއީ ދާއިރާ އަށް އެތައް ގޮތަކުން ނުފޫޒު ފޯރުވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރޭ | ރާއްޖެ އެމްވީ

މީގެ ދުވަސްކޮޅެއް ކުރިން މީސް މީޑިއާގައި ދައުރުވި ފޮޓޯއެކެވެ. ފޮޓޯ އިން ފެންނަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު، ރައީސް މުއިއްޒުގެ ވަޒީރުން ތަކެއްގެ މެދުގަ ހުރެގެން އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުންގެންދާ މަންޒަރެވެ. 3 ވަޒީރުންނަކީ ވެރިކަންކުރާ ޕީއެންސީ ގެ ސިޔާސީ ހަރަކާތްތަކުގައި ވެސް ނުހަނު އިސްކޮށް އުޅުއްވާ 3 ބޭފުޅުންނެވެ. މި ފޮޓޯ ގަނޑާއެކު އެތައްބަޔަކު ވަނީ މީސް މީޑިޔާގައި ތަފާތު ހިޔާލު ފާޅުކޮށްފަ އެވެ. ރައްޖޭގެ ޝަރުއީ ނިޒާމުގެ ހާލަތު މިހާރު އޮތްގޮތާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ޝަރުއީ ނިޒާމު އެންމެހާ ނުފޫޒަކުން މިނިވަން ކުރާނެ ކަމުގެ ވައުދާ އެކުގަ އެވެ. ރިޔާސީ ކެމްޕއެިންގަ އެއް ވާހަކަ އަކަށް އެންމެ ގިނައިން ދެއްކެވި ވާހަކަ އަކީ ވެސް ޝަރުއީ ނިޒާމު މިނިވަން ކުރުމުގެ ވާހަކަ އެވެ. 17 ނޮވެންބަރު 2023 ގައި ރައީސް ކަމުގެ މަގާމުގެ ހުވާ ކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން އެދުވަހުން ފެށިގެން ނިމުނީ ކަމުގައެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމަށް 2 އަހަރު ފާއިތުވެގެން ގޮސްފައިވާ އިރު ފެނިގެންދަނީ މުޅިން އެހެން މަންޒަރެކެވެ. ޝަރުއީ ދާއިރާ އަށް މިހާރު މިވަނީ ރައީސް މުއިއްޒުގެ ހަތަރެސްފައި ބާނުއްވާފަކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. 

ރާއްޖޭގެ ޝަރުއީ ނިޒާމު މިއަދު ވަނީ މީގެ އެތަކެއް އަހަރު ފަހަތަށް ސޮއްސާލާފަ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ފަހުގެ ތާރީހުގައި ރާއްޖޭގައި ސަރުކާރަކުން ޝާރުއީ ނިޒާމަށް ނުފޫޒު ނު ފޯރުވާ މިންވަރަށް މިސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުންނެވެ. ސަރުކާރުން ބޭނުން ނުވާ ގޮތަކަށް ހުކުމެއް ކުރުމަކީ އަމިއްލަ ކަރަށް މަޅިގަނޑެއް މެހުން ކަމަށް ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުން ބުނާކަހަލަ އެވެ. ހުރިހާ ބާރެއް މުށުގެ ތެރެޔަށް ލައިގެން، ސަރުކާރުން ބުނަމުންދަނީ ކަން ކުރާނީ ތިމަންނަމެން ބޭނުންވާ ގޮތަކަށް ކަމަށެވެ. ސަރުކާރުގެ އިސް ފަރާތްތަކުން ފާޅުކަންބޮޑު ކޮށް ޖަރީމާ ތައް ހިންގަމުން ދަނީ، ގާނޫނުގެ ނުކުޅެދިފައިވާ ދިގު އަތް އެމީހުންނާ އަރާހަމަނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކީގަ އެވެ. 

ސަރުކާރަށް ނިސްބަތްވާ ނުފޫޒު ގަދަ މަޖްލިސް މެމްބަރުންނާއި، ވަޒީރުން އަދި އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޖަހާހާ ބެރަކަށް ނަށާ ބަޔަކަށް، ރާއްޖޭގެ ޝަރުއީ ދާއިރާގައި ތިއްބެވި ބޭފުޅުން މިވަނީ ވެފަ އެވެ. ގާނޫނު ތައް ކޮށާ މަށައިގެން ރައީސް މުއިއްޒު ބޭނުންނުވާ ގޮތަކަށް ނޭވާ އެއްވެސް ނުލެވޭ ވަރަށް ކޯޓުތަކުގެ ފަނޑިޔާރުންގެ ފެންވަރު މިއަދު މިވަނީ ދައްކޮށްލާފަ ކަމަށް ގިނަ ބަޔަކު ދަނީ ބުމަމުންނެވެ. 

ދައުރުވަމުންވާ އުއްތަމަފަނޑިޔާރުގެ ފޮޓޯ ގަނޑުން ފެނިގެންދަނީ ރާއްޖޭގެ ޝަރުއީ ނިޒާމު މިއަދު އޮތް ހާލަަތެވެ. ވަށައިގެންވާ ވަޒީރުން ދޭހަކޮށްދެނީ، ސަރުކާރުން ބޭނުންނުވާ ގޮތަކަށް ޝަރުއީ ދާއިރާ އަށް މިއަދު ގު ޑާވެސް ލެވެން ނެތްކަމެވެ. މިނިވަން ކުރަން ބުނި ޝަރުއީ ނިޒާމު އޮތީ ސަރުކާރުގެ އުނގުތެރޭގައި މުޅިން ގައިދު ވެފައިވާކަމެވެ. 

ޑރ. މުއިއްޒުޕީއެންސީޝަރުއީ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީ ސަރުކާރުން އައްޑޫއަށް ބޮޑުތަނުން އިހުމާލުވެ މިދިޔަ ދެ އަހަރު ގެންދިޔައީ ދޮގު ހަދަމުން: އަބްދުﷲ ޝާހިދު

ޕީއެންސީ ސަރުކާރުން އައްޑޫއަށް ބޮޑުތަނުން އިހުމާލުވެ މިދިޔަ ދެ އަހަރު ގެންދިޔައީ ދޮގު ހަދަމުން: އަބްދުﷲ ޝާހިދު

25 ފެބުރުއަރީ 2026
ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް

ގިނަ އަދަދަކުން ރައްޔިތުން ނުކުމެ ރިފަރަންޑަމް ވޯޓުން މި ސަރުކާރަށް ނޫނެކޭ ބުނާނެ: މޭޔަރު އާޒިމް

24 ފެބުރުއަރީ 2026
މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

މެމްބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް މުއިއްޒު އަށް ކަޓު ނުދީ ވިޔަފާރި އެއް ވެސް ނުހިންގޭ: މައުރޫފް

24 ފެބުރުއަރީ 2026
މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

މެންބަރު ނާޒިމުގެ ނުފޫޒުން ވަޒީފާ އެހެން ރަށަކަށް ބަދަލު ކުރުމަށްފަހު ދާނެ އިންތިޒާމު ހަމަނުޖައްސާ ވަޒީފާއިން ކަނޑާލައިފި

23 ފެބުރުއަރީ 2026
މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

23 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު