Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

އެމްޑީޕީ އިން ބާއްވާ ބޮޑުއެއްވުމަށް ފުލުހުން ހުއްދަދީފި

"ލޫޓުވައިފި ލޫޓުވައި" ނަމުގައި އެމްޑީޕީން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތް އަންނަނީ ވަރަށް ފޯރިއާއެކު ކުރަމުން

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 11:14
3 އޮކްޓޯބަރުގައި ބާއްވާ ބޮޑު މުޒާހަރާއަށް އެމްޑީޕީއިން ދަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުން

3 އޮކްޓޯބަރުގައި ބާއްވާ ބޮޑު މުޒާހަރާއަށް އެމްޑީޕީއިން ދަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުން

އޮކްޓޯބަރު 3 ވަނަ ދުވަހު އެމްޑީޕީގެ ފާރަތުން ބާއްވާ ބޮޑު އެއްވުން ބޭއްވުމަށް ފުލުހުންގެ ފަރާތުން ހުއްދަފީފިއެވެ.

އެމްޑިޕީގެ ފަރާތުން ބައްވާ ސުލްހަވެރި ސިޔާސީ ހަރަކާތް ކުރިޔަށް ގެންދިޔުމަށް ފުލުހުން ހުއްދަ ދީފައި މިވަނީ، ފުލުހުންގެ އެދުމުގެ މަތިން އެމްޑީޕީގެ އިސްފަރާތްތަކާއެކު ބޭއްވުނު ބައްދަލުވުމަކަށްފަހުއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި މިބައްދަލުވުމުގައި 3 އޮކްޓޯބަރުގައި އެމްޑީޕީގެ ފަރާތުން ބާއްވާ އެއްވުން ކުރިޔަށްދާނެ ގޮތުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާނޭކަމަށް މި ބައްދަލުވުމުގައި ބައިވެރިވެލެއްވި އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑިޕީއިން މި ސުލްހަވެރި ސިޔާސީ ހަރަކާތް ކުރިޔަށްގެންދާ ވަގުތު ސަލާމަތީކަންކަން ބެހެލެއްޓުމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ފުލުހުން ދެއްވާފައިވާކަމަށް އެމްޑީޕީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އޮކްޓޯބަރު 3 ވަނަ ދުވަހު އެމްޑީޕީގެ ފާރަތުން ބާއްވާ ބޮޑު އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިބެރިވުމަށް އެމްޑީޕީގެ ފަރާތުން އެދިފައިވެއެވެ.

ފުލުހުން އަޅުގަނޑުމެން ކައިރީ އެދުނީ، އޮކްޓޯބަރު 3 ގައި އަޅުގަނޑުމެން ބާއްވާ އެއްވުމާ ބެހޭގޮތުން ފުލުހުން ބައެއްކަންކަން ސާފުކުރަން ބޭނުންވާތީ ބައްދަލުކުރަން ބޭނުންކަމަށް، އެހެންވެ އަޅުގަނޑުމެން ބައްދަލުވެ ދެފަރާތުގެ މެދުގައި ވާހަކަދެކެވި އަޅުގަނޑުމެން އެއްވުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފަވާގޮތުގެ މައުލޫމާތުވާނީ ފުލުހުންނަށް ދެވިފަ. އަޅުގަނޑުމެން މި ބަލަނީ ފުލުހުންގެ ފަރާތުން.. އަޅުގަނޑުމެން މި ބާއްވާ އެއްވުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތަކަށްވާތީ މިކަމަށް ދޭންވާ ފުރިހަމަ އެއްބާރުލުންދީ މިކަމުގެ ސަލާމަތީ ކަންކަން އެންމެ ރަނގަޅަށް ބަލަހައްޓަދޭކަމަށް
އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު

"ލޫޓުވައިފި ލޫޓުވައި" ނަމުގައި އެމްޑީޕީން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތް އަންނަނީ ވަރަށް ފޯރިއާއެކު ކުރަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން އަންނަނީ ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރަމުންނެވެ. އަދި މީގެ އިތުރުން ބޮޑު އެއްވުމަށް ތައްޔާރު ވުމުގެ ގޮތުން ސިލްސިލާ ގޮތެއްގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕިކަޕް ޖަލްސާތައްވެސް ބާާއްވަމުންދެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ފެންނަނީ ހުދުމުހުތާރު ވެރިކަމެއް ކުރެއްވުމަށްޓަކާ މަގުކޮށަމުންދާ މަންޒަރުކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އަދި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރައްޔިތުން އިންތިހާއަށް ބިކަވެފައިވާ މި ދަނޑިވަޅުގައި ސަރުކާރު ޒިންމާދާރު ކުރުމުގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކު ކުރުމަށްޓަކާ ރައީސް މުއިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން އޮކްޓޯބަރު 3 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަިވާއިރު، "ފުލްސްޓޮޕް މޫވްމެންޓް" ގެ ނަމުގައި ޒުވާނުންނާއި ނޫސްވެރިން އިސްނަގައިގެން، ދިވެހި ރައްޔިތުންގެ މަދަނީ ހައްގުތަކަށް ވަކާލާތުކުރުމަށް ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.

ރައީސް މުއިއްޒުގެ މިސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދައުވަތުއަރުވާފަ އެވެ. އަދި ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކާ ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތްކުރަން އަދާލަތު ޕާޓީ ތައްޔާރަށް އޮތްކަން އެޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވެއެވެ.

އެމްޑީޕީރައީސް މުއިއްޒުއިބްރާހިމް ވަހީދު ރައީސް ޔާމިންޝައިޚް އިމްރާން ޢަބްދުﷲމާލެ-ހުޅުމާލެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު