Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހު ބާއްވާ މުޒާހަރާއަށް ބެނާ ދެމުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދީފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2025 | ހުކުރު 18:48
3 އޮކްޓޯބަރުގައި ބާއްވާ ބޮޑު މުޒާހަރާއަށް އެމްޑީޕީއިން ދަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުން

3 އޮކްޓޯބަރުގައި ބާއްވާ ބޮޑު މުޒާހަރާއަށް އެމްޑީޕީއިން ދަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުން

އޮކްޓޯބަރ މަހުގެ ތިންވަނަ ދުވަހު، އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވަން ތައްޔާރުވަމުން ގެންދާ ބޮޑު މުޒާހަރާއަށް، މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށުމުން ކުރިމަތިވި ފާޑުކިޔުންތަކާއެކު، މަގުތަކުގައި ބެނާ ދެމުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން އެމްޑީޕީ އަށް ދީފިއެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް، އިބްރާހިމް ރަޝީދު ސޮއި ކުރައްވާ އެމްޑީޕީ އަށް ފޮނުވި ސިޓީގައިވަނީ 14 ސެޕްޓެމްބަރ 2025 ގައި އެމްޑިޕީ އިން ފޮނުވި ސިޓީގައި އެދުނު ފަދައިން، އެމްޑިޕީގެ ފަަރާތުން 3 އޮކްޓޯބަރު 2025 ވާ ހުކުރު ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާ އިސްތިހާރުކުރުމަށް، 27 ސެޕްޓެމްބަރު 2025 ވަނަ ދުވަހުން ފެށިގެން 3 އޮކްޓޯބަރު 2025 ވަނަ ދުވަހުގެ ނިޔަލަށް، އާންމު ރައްޔިތުންނަށް ދަތިނުވާގޮތަށް އިސްތިހާރު ބެނާ އަދި ޕޯސްޓަރުތައް ހަރުކުރުމާމެދު މާލެ ސިޓީ ކައުންސިލުގެ އިއުތިރާޒެއް ނެތް ކަމުގައެވެ. އަދި މުޒާހަރާ ނިމުމުން ހަރުކުރެވިފައިވާ ބެނާތަކާ ޕޯސްޓަރުތައް 1 ދުވަސްތެރޭ ނެގުމަށް ސިޓީ ކައުންސިލުން އެމްޑީޕީ ގައި އެދިފައިވެއެވެ.

މީގެ އިތުރުން ބޭނާތައް ހަރުކުރުމަށް އެދިފައިވާ މުއްދަތުގައި، މާލޭ މަގުތަކުގައި އަޑުގަދަކުރާ ބޭނުންކުރުމުގެ ހުއްދައަށްވެސް އެމްޑިޕީ އިން އެދިފައިވާތީ، އެކަމުގެ ހުއްދަ ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތާ ގުޅައިގެން ކުރިޔަށް ގެންދިއުމަށް ސިޓީ ކައުންސިލްގެ ފަރާތުން އެމްޑީޕީ އަށް ވަނީ އަންގާފައެވެ.

"ލޫޓުވައިފި ލޫޓުވައި" ނަމުގައި އެމްޑީޕީން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތް އަންނަނީ ވަރަށް ފޯރިއާއެކު ކުރަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން އަންނަނީ ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރަމުންނެވެ.

ނަމަވެސް ހުކުރު ދުވަހު ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި އެމްޑީޕީއިން ދަމާފައި ހުރި ބެނާތައް ކަނޑަން ފަށައިފައެވެ. އެގޮތުން މަޖީދީ މަގުގައި ހުރި ބައެއް ބެނާތައް ކަނޑާފައި ވާއިރު، އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ ސިޓީ ކައުންސިލަށް އަމާޒުވެފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ބަހެއް ހޯދާލުމަށް ރާއްޖެ އެމްވީ އިން ގުޅުމުން އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕަރސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެ ޕާޓީން ބޮޑު މުޒާހަރާއަށް ތައްޔާރުވުމަށް މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބެނާތަށް ނަގާފައިވަަނީ މާލޭ ސިޓީ ކައުންސިލުން އަންގައިގެން ކަމަށެވެ. އިބުރޭ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީން މަނާ ނުކުރާ ކޮންމެ ކަމަކީ ކުރެވޭނޭ ކަމެއް ކަމަށާއި އެގޮތުން ބެނާތަށް ދެމުމަށް ހުއްދަ އޮންނަ ސަރަހައްދުތަކުގައި ބެނާތަށް ދަމާފައި ވަނީ އެގޮތުގެ މަތިން ކަމަށެވެ. އަދި މާލޭ ސިޓީ ކަންއުންސިލުން ބެނާތަށް ނެގިނަމަވެސް އަލުން ބެނާތަށް ހަރުކުރާނެ ކަމަށެވެ. އަދި އެކަން ނުހުއްޓުވޭނޭ ކަމަށް އިބުރޭ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮޮތުގައި މިވަގުތު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ރަސްމީ ދަތުރެއްގައި އުޅުއްވާތީ މޭޔަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންދަނީ ހުޅުމާލޭގެ ކައުންސިލަރު އަލީ އައިމަން އެވެ. އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކު ސިޓީ ކައުންސިލުގައި ހުންނެވި ނަަމަވެސް، ކައުންސިލްގެ މެޖޯރިޓީ މިހާރު އޮތީ ވެރިކަން ކުރާ ޕީއެންސީއަށެވެ.

އެމްޑީޕީމާލޭ ސިޓީ ކައުންސިލްއިބްރާހިމް ވަހީދު އާދަމް ޢާޒިމްލޫޓުވައިފި މުޒާހަރާއައްޑޫ ސިޓީ ކައުންސިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު