Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ބޮޑު މުޒާހަރާއަށް އެމްޑީޕީން ދެމި ބެނާތައް ސިޓީ ކައުންސިލުން ނަގަން ފަށައިފި

މާލޭ ސިޓީ ކައުންސިލުން ދަނީ އެމްޑީޕީގެ ބޮޑު މުޒާހަރާގެ ބެނާތައް ނަގަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2025 | ހުކުރު 13:39
އެމްޑީޕީގެ ބޮޑު މުޒާހަރާ އިސްތިހާރުކުރުމަށް މާލޭގައި ހަރުކޮށްފައި ހުރި ބެނާތަށް މާލޭ ސިޓީ ކައުންސިލުން ނަގަނީ: އެމްޑީޕީން ބުނީ ނެގިޔަސް އަލުން ބެނާތައް ހަރުކުރާނެ ކަމަށް - 26-09-2025

އެމްޑީޕީގެ ބޮޑު މުޒާހަރާ އިސްތިހާރުކުރުމަށް މާލޭގައި ހަރުކޮށްފައި ހުރި ބެނާތަށް މާލޭ ސިޓީ ކައުންސިލުން ނަގަނީ: އެމްޑީޕީން ބުނީ ނެގިޔަސް އަލުން ބެނާތައް ހަރުކުރާނެ ކަމަށް - 26-09-2025

އޮކްޓޯބަރ މަހުގެ ތިންވަނަ ދުވަހު، އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވަން ތައްޔާރުވަމުން ގެންދާ ބޮޑު މުޒާހަރާއަށް، މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

"ލޫޓުވައިފި ލޫޓުވައި" ނަމުގައި އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން ނިންމައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން އަންނަނީ ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރަމުންނެވެ.

Advertisement - newsAdvertisement

ނަމަވެސް މިހާރު ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި އަޅުވައިފައި ހުރި ބެނާތައް ކަނޑަން ފަށައިފައެވެ. އެގޮތުން މަޖީދީ މަގުގައި ހުރި ބައެއް ބެނާތައް ކަނޑަމުން އަންނައިރު، މި މަންޒަރުތައް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރުކުރަމުންނެވެ.

އެމްޑީޕީން މަގުތަކުގައި ދަމާފައި ހުރި ބެނާތަށް ނަގަމުން ގެންދާތީ މާލެ ސިޓީ ކައުންސިލުގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް އެ ކައުންސިލްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ބަހެއް ހޯދާލުމަށް ރާއްޖެ އެމްވީ އިން ގުޅުމުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެ ޕާޓީން ބޮޑު މުޒާހަރާއަށް ތައްޔާރުވުމަށް މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބެނާތަށް ނަގަނީ މާލޭ ސިޓީ ކައުންސިލުން އަންގައިގެން ކަމަށެވެ.

އިބުރޭ ވިދާޅުވީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު މުޒާހަރާ އިސްތިހާރު ކުރުމަށް މާލެއާއި ވިލިމާލޭގައި ހުއްދަދެވިފައިވާ ސަރަހައްދުތަކުގައި ބެނާތައް ދެމުމުގެ ހުއްދައަށް އެދި މާލޭ ސިޓީ ކައުންސިލުގެ ހުއްދައަށް އެދި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި ވެސް އެ ސިޓީއަށް ސިޓީ ކައުންސިލުން ޖަވާބު ދީފައި ނުވާކަމަށް އިބުރޭ ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީން މަނާ ނުކުރާ ކޮންމެ ކަމަކީ ކުރެވޭނޭ ކަމެއް ކަމަށާއި އެގޮތުން ބެނާތަށް ދެމުމަށް ހުއްދަ އޮންނަ ސަރަހައްދުތަކުގައި ބެނާތަށް ދަމާފައި ވަނީ އެގޮތުގެ މަތިން ކަމަށެވެ.

އިބުރޭ ވިދާޅުވީ މާލޭ ސިޓީ ކަންއުންސިލުން ބެނާތަށް ނެގިނަމަވެސް އަލުން ބެނާތަށް ހަރުކުރާނެ ކަމަށެވެ. އަދި އެކަން ނުހުއްޓުވޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެއާ ވިލިމާލޭގައި ހުއްދަ އޮންނަ ސަރަހައްދުތަކުގައި ބެނާތަށް ހަރުކުރުމުގެ ކުރިން މިމަހުގެ 15 ވަނަ ދުވަހު ވާނީ މާލޭ ސިޓީ ކައުންސިލަށް އެކަމަށް ހުއްދައަށް އެދި ސިޓީ އެއްވެސް ފޮނުވާފަ. އެހެން ނަމަވެސް އަދި ވެސް އެ ސިޓީއަށް ޖަވާބު ނުލިބޭ. ބެނާތަށް ނަގަނީ ވެސް ސިޓީ ކައުންސިލުން. އަޅުގަޑުމެން މި ބަލަނީ ގާނޫނުް އަސާސީން މަނާކޮސްފައި ނުވާނަމަ އެކަމެއް ކުރެވޭނޭ ކަމަށް، އެހެން ވެ ބެނާތަށް ހަރުކުރީ. އަދި ވެސް ހަރުކުރާނަން.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ)

އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކު ސިޓީ ކައުންސިލުގައި ހުންނެވި ނަަމަވެސް، ކައުންސިލްގެ މެޖޯރިޓީ މިހާރު އޮތީ ވެރިކަން ކުރާ ޕީއެންސީއަށެވެ.

މާލޭގެ މަގުތަކުގައި ބެނާތަކާއި ޕޯސްޓަރު ހަރުކުރުމުގެ ކުރިން ސިޓީ ކައުންސިލުން ހުއްދަ ހޯދަން ޖެހެއެވެ.

އެމްޑީޕީމާލޭ ސިޓީ ކައުންސިލްއިބްރާހިމް ވަހީދު ލޫޓުވައިފި މުޒާހަރާމާލެހުޅުމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު