Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

ޤައުމީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގެ އިންތިޒާމް ފުރިހަމަކުރުމަށް ފަހު އެ މަސައްކަތް ކުރުމަށް ޝާހިދު ވަނީ ލަފާދެއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 01:03
ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއަރޕަސަން ގެ މަޤާމަށް މީހަކު ހޮވުމަށް މީގެ ކުރިން ބޭއްވި ޖަލްސާގައި ޗެއަރޕަރސަން ގެ މަޤާމަށް މީހަކު ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެ މަރުހަލާ ފުރިހަމަ ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިރުޝާދު ދެއްވައިފި އެވެ.

އެގޮތަށް އިރުޝާދު ދެއްވާފައި ވަނީ އާދިއްތަ ދުވަހު އެމްޑީޕީ ގެ ޗެއަރޕަރސަން ގެ ނައިބު އިދާރީ އިބްރާހިމް ވަހީދަށް އެޑްރެސްކުރައްވާ ޝާހިދު ފޮނުއްވި ސިޓީ އެއްގަ އެވެ.

Advertisement - newsAdvertisement

އެ ސިޓީގައި 29 ނޮވެމްބަރު 2025ގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމާއި މެދު ޝާހިދު ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ވަހީދު އެވެ.

އެ ރޭ ގެ ޖަލްސާގައި ފުރަތަމަ ވޯޓު ނަގާ ނިމުމުން ޖަލްސާގައި ތިބި ވޯޓު ލެވޭ މެމްބަރުންގެ އަދަދަކީ 96 ކަމަށް އިއުލާން ކުރެއްވުމަށް ފަހު ފަހުން ރިޔާސަތު ނުހިމަނާ އެ އަދަދަކީ 95 ކަމަށް އިއުލާން ކުރެއްވި އެވެ. އަދި އިދާރީ މޭޒުން ވޯޓު ގުނުމަށް ފަހު ޕާޓީގެ ޗެއަރޕަރސަންގެ މަސްޢޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރުމަށް ފެންނަ ކަމަށް ލިބިފައިވާ ނަންތަކުގެ ތެރެއިން އެންމެ ފުރަތަމަ ވޯޓަށް އެހި އަބްދުﷲ ވަހީދަށް 47 ވޯޓު ލިބުނު ކަމަށާއި އެ ނަން ފާސްވި ކަމަށް ރިޔާސަތުން އިއުލާން ކުރި އެވެ.

ނަމަވެސް 95 ގެ ދެ ބައިކުޅަ އެއް ބަޔަކީ 47 ނޫން ކަމަށް ބުނެ ބައެއް މެމްބަރުން އިހުތިޖާޖު ކުރުމުން ރިޔާސަތުން ހިސާބު ހެއްދެވުމަށް ފަހު އަބްދުﷲ ވަހީދުގެ ނަން ފާސް ނުވާކަމަށް އިއުލާން ކުރެއްވި ކަން ޝާހިދުގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

އެހެންކަމުން ރިޔާސަތުން ދެ ފަހަރު ދެ ގޮތަށް އަމަލުކުރެއްވުމުގެ ސަބަބުން އެ ޖަލްސާގެ ނިޒާމު ގެއްލި ހަމަ ނުޖެހުމަކަށް ދިޔަ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ރޭގެ ޖަލްސާ ހަލަބޮލި ވެ ޖަލްސާ ކުރިއަށް ނުގެންދެވުމުން ޖަލްސާ މެދުކަނޑާލި ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

އެ ޖަލްސާގެ ވީޑިއޯ އާއި އޯޑިއޯ ހުރި ކަމަށާއި އެއީ އެންމެން ކުރިމަތީގައި ހިނގި ކަމެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އެކަން އެހެން ހިނގާފައި ވާތީ ޕާޓީ ގެ އެތެރޭ ގެ މާހައުލު ހޫނުވެފައި ވަނިކޮށް، ޗެއަރޕަރސަންގެ މަގާމަށް ވާދަ ކުރެއްވި އަބްދުﷲ ވަހީދު ނަން އަނބުރާ ގެންދަފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަބްދުﷲ ވަހީދު ގެ ނަން ގެންދެވީ ޕާޓީގެ އެއްބައިވަންތަކަމަށްޓަކާ ކަމަށް ފާހަގަކޮށްފައިވާ ކަމަށް ވެސް ޝާހިދު ގެ ސިޓީގައި ލިޔުއްވާފައި ވެއެވެ.

އެހެންކަމުން ޤައުމީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގެ އިންތިޒާމް ފުރިހަމަކުރުމަށް ފަހު އެ މަސައްކަޔް ކުރުމަށް ޝާހިދު ވަނީ ލަފާދެއްވާފަ އެވެ. މި ދަނޑިވަޅަކީ ލޯކަލް ކައުންސިލް އިންތިޚާބަށް ވަރަށް ކައިރިވެފައިވާ ދަނޑިވަޅެއް ކަމުން، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ގޮތަކަށް އަމަލު ނުކުރުމަށާއި، އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދިނުމަށް ވެސް ޝާހިދު ވަނި އިލްތިމާސްކޮށްފަ އެވެ.

ހުކުރު ދުވަހުގެ ރޭ މީޑިއާ އަށް ނުވަދެވޭ ގޮތައް އެމްޑީޕީ އިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހުއްޓާލީ ޖަލްސާ ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތް ކަމަށް ރިޔާސަތު ގައި އިންނެވި އިބްރާހިމް ވަހީދު އިއުލާނު ކުރެއްވުމަށް ފަހުގައެވެ. އަދި އިންތިޚާބުގައި ވޯޓަށް އެހި އަބްދުﷲ ވަހީދުގެ ނަން ފާސް ނުވާ ކަމަށާއި، ޖަލްސާ ކުރިއަށް ގެންދާނެ ގޮތެއް މަޝްވަރާ ކުރުމަށްފަހު ނިންމާނެ ކަމަށް ވެސް އިބްރާހިމް ވަހީދު އިއުލާނު ކުރެއްވި އެވެ.

އެމްޑީޕީގެ ޗެއަރޕާސަން ގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ހުސްވެފައިވާ ޗެއަރޕާސަންގެ މަގާމަށް އިއުލާނު ކުރުމުގެ ކުރިން ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމަށް ހުށަހެޅުނީ، އަބްދުﷲ ވަހީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާގެ ނަމެވެ. ރިޔާސަތުން ވަނީ އަލްސަމް ގެ ނަމަށް ވޯޓަށް ނޭހެނެ ކަމަށް ނިންމާފަ އެވެ. ޖަލްސާގެ އިންތިޒާމު ގެއްލުމުގެ ސަބަބުން އެރޭގެ ޖަލްސާ ގައި ޣަފޫރުގެ ނަމަކަށް ވޯޓަކަށް ނާހަ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަބްދުﷲ ޝާހިދުއިބްރާހިމް ވަހީދު އަބްދުﷲ ވަހީދުގައުމީ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

އދގެ އާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު