Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕިކަޕް ޖަލްސާ

އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް

މި ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާ ކަމަށާއި، އިންތިޚާބުތައް އެއްކޮށްލުމަށް ކުރާ މަސައްކަތަކީ ވެރިކަމުގެ ދައުރު ދަންމާލުމަށް ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 08:16
މާޒް ސަލީމް އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަނީ

މާޒް ސަލީމް އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ ކަމަށް  އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕިކަޕް ޖަލްސާގައި އާދިއްތަ ދުވަހު ހަވީރު ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސަލީމް ވަނީ މި ސަރުކާރަކީ ދެ ފުށް ފެންނަ ގޮތަށް އިހުލާސްތެރިކަމާއި އެކު މަސައްކަތް ކުރާ ސަރުކާރެއް ނޫން ކަމަށް ބުނެފަ އެވެ. ރައްޔިތުންނަށް ވާ ނުވާ ނޭނގޭ ގޮތަށް ކޮރަޕްޝަނާއި ޚިޔާނާތަށް މަގު ފަހިވާ އެތައް ކަމެއް މި ސަރުކާރުން ކުރަމުންދާ ކަމަށް ފާހަގަކުރައްވާ ސަލީމް ވިދާޅުވީ މި ސަރުކާރު އައި ފަހުން ރައްޔިތަކަށް ލިބުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. މިހާރު ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަނީ ހުރިހާ ބާރެއް ޖަމާކުރައްވައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ކަންކަން ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ސަރުކާރުން މަސައްކަތް ކުރާނީ ވެރިކަން ދަންމާލުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ރައްޔިތުން ނިކަމެތިކޮށް އަޅުވެތި ކުރުމަށް ފަހު އެއްކަލަ ފެންނަ ނުފެންނަ ވޯޓު މިއަންނަނީ. މިއީ ވަކަރަށް ޖަހާލަން ކުރާ ކަމެއް. ބަލަނީ މި ރައްޔިތުން ކިހާ ވަރަކަށް ދޫދޭތޯ. ދެން ވިސްނާނީ ވެރިކަމުގެ ދައުރު ދިގު ދަންމާލަން. ޓުއަރިޒަމް އާއި އިގްތިސާދު ފުނޑާލުމަށް ފަހު " މާޒް ސަލީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި މި ވެރިކަމުގެ ތެރޭގައި އިންތިހާ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ހިނގަމުންދާ ކަމަށާއި އިދާރާތަކަށް އެފަދަ މައްސަލަތައް ހުށަހެޅިކަމުގައި ވީ ނަމަވެސް އެ މައްސަލަތައް ބަލަމުން ނުދާ ކަމަށެވެ. ސަރުކާރުގެ ހިންގުން ދޯދިޔާވެ ރައްޔިތުންނަށް ދޭން ޖެހޭ ފައިސާ ވެސް ނުދެވި ވާ ކަމަށް މާޒް ސަލީމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ މުސާރަ މަހުގެ މެދާއި ހިސާބަށް ނުދެވި ވުމާއި ރޯދަ އިނާޔާތް ނުދީ ލަސްވުމަކީ ބަލައިގަނެވޭ ކަންކަން ނޫން ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ. 

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމުގައި ވެސް  ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޒް ސަލީމްއެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުކައުންސިލް އިންތިޚާބުކަރަޕްޝަން

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2026

މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

23 ފެބުރުއަރީ 2026
މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް
22 ފެބުރުއަރީ 2026

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ގޮތް ހުސްވެ ވަޒީފާ އާއި އެހެން ގޮތް ގޮތުން ނުފޫޒު ފޯރުވާ، އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން"

22 ފެބުރުއަރީ 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ގޮތް ހުސްވެ ވަޒީފާ އާއި އެހެން ގޮތް ގޮތުން ނުފޫޒު ފޯރުވާ، އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން"
22 ފެބުރުއަރީ 2026

ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ

22 ފެބުރުއަރީ 2026
ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ
22 ފެބުރުއަރީ 2026

އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި

22 ފެބުރުއަރީ 2026
އެމްޑީޕީ އިން މައްޗަންގޮޅި އުތުރުގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި
21 ފެބުރުއަރީ 2026

ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް

21 ފެބުރުއަރީ 2026
ޕީއެންސީ މެމްބަރުންގެ ފާޑު ކިޔުންތަކަށް އާޒިމްގެ ހޫނު ރައްދެއްޅ ނިދާ ހެދުމުގައި ޖަލްސާގައި ބައިވެރިވާ ބަޔަކަށް ކުރެވޭނެ އެހެން މަސައްކަތެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު