Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މުއިއްޒުގެ ވެރިކަން

މި ވެރިކަން އައި 15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފަދަ އެއް ނެތް ނަމަ ތިޔަ ކުރެއްވިހާ ޚަރަދުތައް ކުރެވޭނެތޯ؟

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރިޒާވްގައި ހުރީ 15 ދުވަހުގެ ކާބޯތަކެތި ގަނެވޭނެ މިންވަރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ނަމަވެސް، އެ ވާހަކަތަކާ ސަރުކާރުގެ އަމަލުތަކާ ދިމާނުވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 14:08
 މިނިސްޓަރު ސައީދު ސަރުކާރުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ

މިނިސްޓަރު ސައީދު ސަރުކާރުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ | ރައީސް އޮފީސް

މި ދުވަސްވަރަކީ ކެމްޕެއިންގެ ދުވަސްވަރެކެވެ. އެންމެން ވެސް އެއް އަޑަކުން ދައްކަނީ ސިޔާސީ ވާހަކަ އެވެ. ސަރުކާރު ހިންގާ ޕާޓީ އިން ވެސް ވެރި މީހާ ވެސް ވީހާ ވެސް ފޮނި ރާގެއްގައި ހުޝާމަތު ކުރަނީ އެވެ. އެކަަކަށް ވުރެ އަނެކަކު މޮޅުކޮށްލެވޭތޯ ވެސް ބަލަ އެވެ.

އިކޮނޮމިސްޓަރ މުހައްމަދު ސައީދަކީ ވެސް މި މޭރުމުން ނިކަން ރައީސަށް ތައުރީފް ކުރައްވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަކީ ނިކަން މޮޅު އިކޮނޮމިސްޓެއް ކަމަށް މި އިހަށް ރޭ ވެސް ވިދާޅުވެއްޖެ އެވެ. ފަންނު އުތުރުގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ވެރިކަމަށް މި ސަރުކާރު އައި އިރު ދައުލަތް އޮތީ ނިކަން ހާލުގައި ކަމަށެވެ.

 ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދައުލަތުގެ ރިޒާވް އޮތީ އެންމެ 15 ދުވަހުގެ ކާބޯތަކެތި ގަނެވޭނެ މިންވަރަށް ދަށްވެފައިވާ ދަނޑިވަޅެއްގައި ކަމަށް ސައީދު ވިދާޅުވި އެވެ.   މިއަދު މާތްالله ގެ ރަހުމަތާއެކު އެ ރިޒާވް 1.1 ބިލިއަން ޑޮލަރަށް އުފުލިފައިވާކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފައިސާ ނެތް ގައުމެއްގައި 500 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ތިން ޑްރޯން ގަތް ގޮތެއް ނިކަން ވަޒީރު ވިދާޅުވެދެއްވަން ވީ ނޫންތޯ އެވެ؟ 15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފައިސާ ނެތް ނަމަ ހީ އެކަން ކުރާނެ ގޮތެއް ނުވިސްނުނެވެ. އެހެންވީމަ ވަޒީރު އެ ދައްކަވާ ވާހަކަ ދިމަލެއް ނުވެ އެވެ.

އެއަށް ވުރެ ކުރިއަށް ޖެހިލާނަމެވެ. މި ވެރިކަން ފަށަން ބޭއްވި ކުލަ ގަދަ، ބިޔަ ބޮޑު ހުވާކުރުމުގެ ރަސްމިއްޔާތު އަދި ދިވެހިން ހަނދާން ހުންނާނެ އެވެ. ވަޒީރު އެ ވިދާޅުވާ ގޮތަށް 15 ދުވަހުގެ ކާޑު ގަންނާނެ ފައިސާ ދައުލަތުގެ މާލިއްޔާގައި ނެތް ނަމަ، 23 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހުވާކުރުމުގެ ހައިސިއްޔަތު ހުންނާނެ ހަމަ އެއް ނެތެވެ.

ސައީދު އެ ވިދާޅުވާ ހާލަތެއްގައި ނަމަ ދެ ފްލޯއަށް ހުރި  ތަނެއްގައި، ލިފްޓު ބަހައްޓަން 4 މިލިއަން ޚަރަދު ކުރެއްވުން އެއީ ކުރެވޭނެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެ އެވެ. ސައީދު ފަދަ މަޤާމެއްގައި ހުންނެވި ބޭފުޅަކު ސިޔާސީ ގޮތުން ވެސް ދައްކަވާ ވާހަކަތަކަކީ މިއަށް ވުރެ ބޮޑަށް ތެދު ވާހަކަތަކަށް ވާން ޖެހެ އެވެ. އެ ވިދާޅުވާ ހިސާބުތަކާއި ތިމާމެން އަމިއްލަ އަށް ކުރި ޚަރަދުތަކާއި ދިމާވޭތޯ ވެސް ބަލާލުން މުހިންމެވެ.

މިނިސްޓަރ މުޙައްމަދު ސަޢީދުޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހު ފަހު 10 އެއްގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ދޭ އޯޓީ މަދުވުމުން މުވައްޒަފުންގެ ކަންބޮޑުވުން

ރަމަޟާން މަހު ފަހު 10 އެއްގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނަށް ދޭ އޯޓީ މަދުވުމުން މުވައްޒަފުންގެ ކަންބޮޑުވުން

20 ފެބުރުއަރީ 2026
އެންމެހައި ފަރާތްތަކުގެ ޙައްޤުތަކާއި ކަރާމާތް ނެގެހެއްޓުމަށް، އެކުގައި މަސައްކަތްކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

އެންމެހައި ފަރާތްތަކުގެ ޙައްޤުތަކާއި ކަރާމާތް ނެގެހެއްޓުމަށް، އެކުގައި މަސައްކަތްކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

20 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސް މުއިއްޒު ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

20 ފެބުރުއަރީ 2026
ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

ރައީސް މައުމޫނުގެ ތިރީސް އަހަރުގައި ނުގެއްލޭވަރުގެ ޙައްޤު މި ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ނިގުޅައިގެންފި: މައުރޫފް

20 ފެބުރުއަރީ 2026
ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"

ޕީއެންސީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް މުޢިއްޒު "ދޮރުން ދޮރަށް"

19 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު