Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުވައްޒަފުންނަށް އޮފް ނުލިބޭ މައްސަލަ

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުން މުޒާހަރާ ކުރުމުން އެންމެ ފަހުން 2 އޮފް ދޭން ފަށައިފި

ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ ދެ އޮފް ދުވަސް އައު ޕޭ ފްރޭމްވޯކާ ގުޅިގެން އުނިކުރުމުން، އެކަމާ ހިތްހަމަނުޖެހިގެން އެޓެންޑެންޓުން އިހުތިޖާޖުކުރި. މި މައްސަލައިގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، ހޮސްޕިޓަލުގެ މެނޭޖުމަންޓުން މިހާރު ވަނީ އަލުން ހަމަހަމަ އުސޫލަކުން އޮފް ދުވަސް ދޭން ނިންމާފަ. ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދާ މި ހޮސްޕިޓަލުގެ ސީއީއޯ ކުރިން މި ބަދަލަށް ދެކޮޅު ހެއްދެވި ނަމަވެސް، މުވައްޒަފުންގެ ކަންބޮޑުވުންތަކާ ގުޅިގެން މައްސަލައަށް ވަނީ ހައްލެއް ލިބިފައި.

މަޚްތޫމް
މަޚްތޫމް | 23 ފެބުރުއަރީ 2026 | ހޯމަ 18:33
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މުވައްޒަފުން ކުރި މުޒާހަރާގެ ތެރެއިން

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މުވައްޒަފުން ކުރި މުޒާހަރާގެ ތެރެއިން | ރާއްޖެއެމްވީ

ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހައްގުވާ އޮފް ނުދީ ހިފެހެއްޓި މައްސަލައިގައި މުވައްޒަފުން އިހިތިޖާޖު ކުރުމުން ހަމަހަމަ އުސޫލުން އޮފް ދުވަސް ދޭން ފަށައިފި އެވެ. 

މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން އޮފް ދުވަސް ދޭ އުސޫލަށް އޮތީ ބަދަލު ގެނެސްފަ އެވެ. ކުރިން ދެ އޮފް ލިބުނު ނަމަވެސް އައު ޕޭ ފްރޭމް ވޯކުގައި އެގޮތަށް ނެތް ކަމަށް ބުނެ ހޮސްޕިޓަލްގެ ސީއީއޯ އަންގައިވައިގެން 2 ދުވަހު އޮފް ނުދޭ ގޮތަށް ނިންމި އެވެ. ރާއްޖެޓީވީ އާއި ވާހަކަ ދެއްކި ހޮސްޕިޓަލުގެ މުވައްޒަފަކު ބުނީ އުސޫލު ބަދަލު ކުރީ ކިހިނެއް ކޮން ގޮތަކަށްކަން ނޭނގޭ ކަމަށެވެ. އޭނާ ބުނީ މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް ތަފާތު ކުރުންތައް ގެންގުޅޭ ކަމަށެވެ. 

އަދި އެކަމާއި ގުޅިގެން އެޓެންޑެންޓުން މުޒާހަރާ ކޮށް އެންމެ ފަހުން އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މުވައްޒަފުން މުޒާހަރާ ކުރުމުން ވެސް ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު އަޝްރަފް 2 އޮފް ނުދޭނެކަމަށް ވިދާޅުވި ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ހުރުމަށްފަހު އެނބުރި އައިސް ވެސް އޮފް އެގޮތަށް ނުދޭނެކަމަށް ވިދާޅުވި ކަމަށާއި، ނަމަވެސް މިހާރު އެ ނިންމުމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މި ކަމާއި ގުޅިގެން ހޮސްޕިޓަލް ބަދުނާމުވާ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދުނާމުވާ ގޮތަށް މުވައްޒަފުން އަމަލުކުރަނީ ކަމަށް ބުނެ ބައެއް މުވައްޒަފުން ސީއީއޯ ގެ އޮފީހަށް ހާޒިރު ކުރި ކަމަށެވެ. 

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި 93 ނަރުހުންނާއި 22 އެޓެންޑެންޓުން މަސައްކަތް ކުރެ އެވެ. އައު ޕޭ ފުރޭފޯމްވޯކްގެ ކުރިން ވެސް މުވައްޒަފުންނަށް 2 އޮފް ލިބޭ ކަމަށް ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ. އަދި މުވައްޒަފުން އެންމެ މަދު އިރުގައި ވެސް ހަމަހަމަ އުސޫލުން އޮފް ލިބުނު ކަމަށެވެ. އެހެންކަމުން މިހާރު ވެސް އެގޮތަށް އަމަލު ނުކުރެވެންވީ ސަބަބެއް ވެސް ނެތް ކަމަށް އޭނާ ބުންޏެވެ. 

ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ މުވައްޒަފުންނަށް ހަމަހަމަ އުސޫލުން ''އޮފް ދުވަސް'' ނުދޭ މައްސަލައިގައި މުޒާހަރާ ކުރަން ނިންމައިފި
Raajje.mv

ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ މުވައްޒަފުންނަށް ހަމަހަމަ އުސޫލުން ''އޮފް ދުވަސް'' ނުދޭ މައްސަލައިގައި މުޒާހަރާ ކުރަން ނިންމައިފި

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރައްޔިތުން ހިދުމަތް ހޯދާ އެ ސަރަހައްދުގެ އެންމެ ކާރުބާރު ބޮޑު އެއް ހޮސްޕިޓަލެވެ. އެތަނުން ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު ހިދުމަތް ހޯދާއިރު، ސިއްހީ ކަންތައްތަކުގައި ދެ އަތޮޅުގެ 22,000 އެއްހާ އާންމު ރައްޔިތުން ހިދުމަތް ހޯދާ ތަނެވެ. 

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްޑރ. މުޙައްމަދު މުޢިއްޒުގދ. ތިނަދޫ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
02 ޖުލައި 2026

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި

02 ޖުލައި 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
01 ޖުލައި 2026

ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!

01 ޖުލައި 2026
ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
29 ޖޫން 2026

"ނޭޝަން ޗެޓް"ގެ ދެވަނަ ޕްރޮގްރާމްގައި ރައީސް މުޢިއްޒު އަށް ކުރި ސުވާލުތަކާއި، އެ ސުވާލުތަކަށް ދެއްވި ޖަވާބު

29 ޖޫން 2026
"ނޭޝަން ޗެޓް"ގެ ދެވަނަ ޕްރޮގްރާމްގައި ރައީސް މުޢިއްޒު އަށް ކުރި ސުވާލުތަކާއި، އެ ސުވާލުތަކަށް ދެއްވި ޖަވާބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު