Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު މިއަދު ހުވާކުރައްވައިފި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޙަސަން ޝަފީޢުއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމް. ޤާނޫނުއަސާސީ އާއި ޖޭއެސްސީގެ ޤާނޫނުގެ ދަށުން އޭނާ އެ މަޤާމަށް ޢައްޔަންކުރެއްވީ، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރި މެންބަރެއްގެ ހައިސިއްޔަތުން.

ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 11:06
ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވަނީ.

ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވަނީ. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކ. ދިއްފުށި، ސްވީޓްމީޑް އަލްއުސްތާޛު ޙަސަން ޝަފީޢު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ޙަސަން ޝަފީޢު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޙަސަން ޝަފީޢުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ޙަސަން ޝަފީޢުއާއި ޙަވާލުކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުޖޭއެސްސީޙަސަން ޝަފީޢު

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު، ޢައްޔަންކުރައްވައިފި

23 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު، ޢައްޔަންކުރައްވައިފި
23 ފެބުރުއަރީ 2026

އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް

23 ފެބުރުއަރީ 2026
އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް
21 ފެބުރުއަރީ 2026

މި ވެރިކަން އައި 15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފަދަ އެއް ނެތް ނަމަ ތިޔަ ކުރެއްވިހާ ޚަރަދުތައް ކުރެވޭނެތޯ؟

21 ފެބުރުއަރީ 2026
މި ވެރިކަން އައި 15 ދުވަހުގެ ކާބޯތަކެތި ގަންނާނެ ފަދަ އެއް ނެތް ނަމަ ތިޔަ ކުރެއްވިހާ ޚަރަދުތައް ކުރެވޭނެތޯ؟
20 ފެބުރުއަރީ 2026

އެންމެހައި ފަރާތްތަކުގެ ޙައްޤުތަކާއި ކަރާމާތް ނެގެހެއްޓުމަށް، އެކުގައި މަސައްކަތްކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

20 ފެބުރުއަރީ 2026
އެންމެހައި ފަރާތްތަކުގެ ޙައްޤުތަކާއި ކަރާމާތް ނެގެހެއްޓުމަށް، އެކުގައި މަސައްކަތްކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
20 ފެބުރުއަރީ 2026

ރައީސް މުއިއްޒު ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

20 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު