Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޯތި- ގެދޮރު ސްކީމް

‎ރަސްމާލެއިން ދޫކުރާ ގޯތިތަކަށް އޮތް ތަރުހީބު ކުޑަވެ، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ދެނީ

4 މާރިޗު 2026 | ބުދަ 15:18

ރަސްމާލެއިން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ބަދަލުގެނެސް، "ގޯތި-ގެދޮރު" ގެ ނަމުގައި އައު ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ. މި ބަދަލާއެކު، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ރަސްމާލެއިން ދޫކުރާ 1،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ. މި ނިންމުމަކީ ފްލެޓަށް އޮތް ޑިމާންޑާ އަޅާބަލާއިރު ގޯއްޗަށް އޮތް ތަރުހީބު ކުޑަވުމާ ގުޅިގެން، ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެނައި ލުޔެއް ކަމަށް ހައުސިންގް މިނިސްޓްރީން ބުނޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 މާރިޗު 2026 | ބުދަ 15:18
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް | ރައީސް އޮފީސް

‎ރަސްމާލެއިން ދޫކުރާ ގޯތިތަކަށް އޮތް ތަރުހީބު ކުޑަވެ، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކަށް ބަލާއިރު ފްލެޓަށް އޮތް ޑިމާންޑާ އަޅާބަލާއިރު ގޯއްޗަށް އޮތް ޑިމާންޑު ދަށް ކަމަށެވެ. އެހެންކަމުން ގޯތި ހޯދުމަށް އިތުރު ފުރުސަތެއް ދިނުމަށް "ގޯތި-ގެދޮރު" ގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިިންމީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

Advertisement - newsAdvertisement
ފިރިމީހާ ނޫނީ އަނބިހީމާ ގެ ޕްރޮޕަރޓީ އެއް  އޮވެގެން ޝަރުތު ހަމަނުވާގޮތަށް އާއިލީ ބޯހިޔާވަހިކަމުގަ އޮތީ. އެކަމާ ގުޅިގެން އަޅުގަނޑުމެން ވިސްނާފަ، ގޯއްޗަށް އޮތް ޑިމާންޑް ވެސް ފްލެޓަށް އޮތް ޑިމާންޑަށް ވުރެ ކުޑަ ވުމާ އެއްކޮށް، ގޯތި، އަޅުގަނޑުމެންގެ އުސޫލު ރިލެކްސް ކޮށްފަ އަޅުގަނޑުމެން އައު ޕްރޮގްރާމެއް މި ފަށަނީ ގޯތި ގެދޮރުގެ ނަމުގައި. އޭގަ މިވާގޮތުން ފިރިމީހާ ނުވަތަ އަނބިމީހާ ގެ ތަނެއް އޮތް ނަމަވެސް އެ މީހަކަށް ގޯއްޗަށް އެދުމުގެ ފުރުސަތު މި ހުޅުވާލަނީ. އޭރުން އަޅުގަނޑުމެންނަށް ޚާއްސަ ގޮތެއްގަ، ފިރިމީހާ ނޫނީ އަނބިމީހާ ގެ ފްލެޓެއް އޮތް ކަމަށް ވާނަމަ މުސްތަގްބަލުގަ ބިމެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ. 
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް 

މިއާއެކު ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން އެކެއްގެ ނަމުގައި ފްލެޓެއް ނުވަތަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، އަނެކާއަށް މުސްތަގުބަލުގައި އަމިއްލަ ބިމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މި އުސޫލުގެ ދަށުން ގޯތި ލިބޭނީ މައިންބަފައިން، ދަރިން، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ ގޯއްޗަކުން، ތަރިކައިން ނުވަތަ ވަސިއްޔަތަކުން ލިބެން އޮންނަ ގޯތި ނުވަތަ ގޯތިން ބަޔެއް ދޫކޮށްލަން އެއްބަސްވާ ނަމަ އެވެ. 

ރަސްމާލެ އިން ދޫކުރާ ގޯތިތަކަަށް ތަރުހީބު ކުޑައިރު، މި އުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ރަސްމާލެ އިންނެވެ.  އެގޮތުން އެ ކެޓަގަރީ އިން 1،000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. 

ޑރ. އަބްދުﷲ މުއްތަލިބުރަސްމާލެގޯތި-ގެދޮރުބޯހިޔާވަހިކަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2026

ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!

27 ފެބުރުއަރީ 2026
ކުޅުދުއްފުށީގައި ސަރުކާރު ހައުސިންގ މަޝްރޫޢުތައް ހުއްޓިފައި، ސިޓީ ކައުންސިލުގެ ހައުސިންގ މަޝްރޫޢުއަށް ސަރުކާރުން ހުއްދަނުދީ ހިފަހައްޓާފައިވާތާ 1 އަހަރު!
27 ފެބުރުއަރީ 2026

ފަހިދިރިއުޅުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް: ސޮބާހު

27 ފެބުރުއަރީ 2026
ފަހިދިރިއުޅުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް: ސޮބާހު
05 ފެބުރުއަރީ 2026

މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި

05 ފެބުރުއަރީ 2026
މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި
28 ޖެނުއަރީ 2026

ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު

28 ޖެނުއަރީ 2026
ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާ މިއަދުވެސް ކޯރަމް ހަމަ ނުވެގެން ނުބޭއްވުނު
28 ޖެނުއަރީ 2026

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި
25 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް

25 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް
24 ޖެނުއަރީ 2026

ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!

24 ޖެނުއަރީ 2026
ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!
24 ޖެނުއަރީ 2026

ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް

24 ޖެނުއަރީ 2026
ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް
22 ޖެނުއަރީ 2026

މި އަހަރު އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވި ތިލަމާލެ ބުރިޖު ގެ މަސައްކަތް މިއަހަރު ނުނިމޭނެ ކަމަށް މުއްތޮލިބު ވިދާޅުވެއްޖެ

22 ޖެނުއަރީ 2026
މި އަހަރު އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވި ތިލަމާލެ ބުރިޖު ގެ މަސައްކަތް މިއަހަރު ނުނިމޭނެ ކަމަށް މުއްތޮލިބު ވިދާޅުވެއްޖެ
20 ޖެނުއަރީ 2026

މި ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ސޮއިކުރި ހޮސްޕިޓަލް ގެ މަޝްރޫޢު އަކީ ކުރީ ސަރުކާރުގައި ފަންޑުވެސް ހަމަޖެހިފައިވާ ކަމެއްކަން ހާމަވެއްޖެ

20 ޖެނުއަރީ 2026
މި ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ސޮއިކުރި ހޮސްޕިޓަލް ގެ މަޝްރޫޢު އަކީ ކުރީ ސަރުކާރުގައި ފަންޑުވެސް ހަމަޖެހިފައިވާ ކަމެއްކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް