Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026 | ބުދަ 06:17

މި މަސައްކަތް ހަވާލު ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަށް. އަދި މި މަސައްކަތް ކުރަމުންދާ ރާއްޖޭން ބޭރުގެ ކުންފުނިތަކަކީ ބީޔޫސީޖީ އަދި ސީއެމްއީސީ.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2026 | ބުދަ 06:17
ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން

ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއުގެ އަގު ހާމަނުކޮށް އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުތަކުގެ މަސައްކަތްތައް ފަށާފައި ވަނީ އަންގާރަ ދުވަހު ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

Advertisement - newsAdvertisement

މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެ ބޭންކުން ބުނެ އެވެ.

މި މަޝްރޫއުތައް ހިންގާނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު ހޮވި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.

އެގޮތުން މި މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ. އަދި މި މަސައްކަތް ކުރަމުންދާ ރާއްޖޭން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އެވެ.

ބީޔޫސީޖީއާ 1،117 ފްލެޓް އަޅަން ހަވާލުކުރިއިރު، ސީއެމްއީސީއާ ހަވާލުކުރީ 1،224 ފްލެޓް އެޅުމަށެވެ. ދިވެހި ކުންފުނިތަކުން އަޅާނީ 859 ޔުނިޓެވެ.

މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫއުތަކެއް ކަމަށް ބީއެމްލުން ބުނެ އެވެ.

ނަމަވެސް މި ފްލެޓުތައް އަޅާ އަގުތައް ހާމަ ކޮށްފައިނުވެ އެވެ. 

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިނުވެ އެވެ. 2025 ވަނަ އަހަރު ބޯހިވަހިކަމަށް ޚާއްސަކޮށް، އެއްވެސް މަސައްކަތެއް ކުރެވިފައިނުވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި މިއީ ބޭންކަކުން މިފަދަ މަޝްރޫއެއް ހިންގާ ފުރަތަމަ ފަހަރެވެ. އަދި ބީއެމްއެލްގައި ހުންނާނީ ރައްޔިތުންގެ ފައިސާ  ކަމަށާއި، ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ބޭންކަށް ވަދެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ވެސް ފާޅު ކުރެ އެވެ.

ބީއެމްއެލްހުޅުމާލެ ރައީސް ޑރ. މުހައްމަދު މުއިއްޒުބޯހިޔާވަހިކަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2026

2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް

27 ޖެނުއަރީ 2026
2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް
27 ޖެނުއަރީ 2026

ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި

27 ޖެނުއަރީ 2026
ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި
27 ޖެނުއަރީ 2026

ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި

27 ޖެނުއަރީ 2026
ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި
26 ޖެނުއަރީ 2026

ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!

26 ޖެނުއަރީ 2026
ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!
26 ޖެނުއަރީ 2026

ހުޅުމާލޭގެ މަގުތަކުން ހިޔާ ލިބޭ ގަސްތައް ކަނޑާ، ގަސް ނުއިންދާ މައްސަލަ ބޮޑުވެއްޖެ

26 ޖެނުއަރީ 2026
ހުޅުމާލޭގެ މަގުތަކުން ހިޔާ ލިބޭ ގަސްތައް ކަނޑާ، ގަސް ނުއިންދާ މައްސަލަ ބޮޑުވެއްޖެ
25 ޖެނުއަރީ 2026

ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!

25 ޖެނުއަރީ 2026
ނިންމާދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ހެނބަދޫ ޓަރފް ދަނޑުގެ މަސައްކަތް 9 މަސް ވީއިރުވެސް ނުފަށާ!
25 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް

25 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް
25 ޖެނުއަރީ 2026

ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް

25 ޖެނުއަރީ 2026
ކައުންސިލްތަކުގެ ލީގަލް އޮފިސަރުން ގެ މުސާރައަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ހުށަހެޅުއްވި ކަންބޮޑުވުންތަކަށް އަދިވެސް ޖަވާބު ނުލިބޭ: މެންބަރު މުޙައްމަދު އިބްރާހިމް
24 ޖެނުއަރީ 2026

ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!

24 ޖެނުއަރީ 2026
ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!
24 ޖެނުއަރީ 2026

ނ.ހެނބަދޫ ކުޑަކުދިންގެ ޕާކް: ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް މަސައްކަތެއް ނުކުރޭ

24 ޖެނުއަރީ 2026
ނ.ހެނބަދޫ ކުޑަކުދިންގެ ޕާކް: ބިން ހަވާލުކުރިތާ 9 މަސް ދުވަސް ވީ އިރު ވެސް މަސައްކަތެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް