Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަހިދިރިއުމުގެ ފްލެޓްތައް

ފަހިދިރިއުޅުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް: ސޮބާހު

ފަހިދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުންތައް ހުރީ އާންމުންނަށް ގެއްލުންވާ ގޮތަށް ކަމުގައި ބޯހިޔާވަހިކަމުގެ ހައްގުތަކަށް މަސައްކަތްކުރާ ޔޫނިއަންތަކުން ވަނީ ބުނެފަ. މި ފްލެޓްތަކުގައި މުނިސިޕަލް ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނެތްއިރު، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އިސްކަންދީފައި ނުވާތީ އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 27 ފެބުރުއަރީ 2026 | ހުކުރު 05:41
ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު

ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު | ރާއްޖެ އެމްވީ

ފަހިދިރިއުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް ކަމަށް ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސޮބާހު ވިދާޅުވީ ފަހި ދިރިއުޅުމުގެ އެއްބަސްވުމަކީ ކުލީގެ އެއްބަސްވުމެއް ކަމަށެވެ. ފްލެޓްތައް ލިބުނު މީހުންނަށް އެތަނަށް ރެޖިސްޓްރީ ބަދަލުކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ އުސޫލުން ބަލާ ނަމަ ތަނުގެ ވެރިފަރާތަކީ ފަހިދިރިއުޅުން ކޯޕަރޭޝަން ކަމަށް ސޮބާހު ވިދާޅުވި އެވެ. ވަރަށް ބޮޑެތި ޖޫރިމަނާ އާއި އެކު އާއްމުން ކުށްވެރި ވާނެ އެތައް ގޮތެއް އެ އެގްރީމެންޓް އެކުލަވާލި އިރު ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަންކަން ބެލޭނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. 

 މީހުން ދިރިއުޅޭ އާބާދީ އިން ބަލާ ނަމަ އެއް ރަށުގެ އާބާދީ އާއި އެއްވަރަށް ފަހި ދިރިއުޅުމުގެ ކޮންމެ ޓަވަރެއްގައި ވެސް މީހުން ދިރިއުޅެމުންދާ ކަމަށް ސޮބާހު ވިދާޅުވި އެވެ. އެހެންކަމުން ރަށަކަށް ބޭނުންވާ މިންވަރަށް އެތަނަށް މުނިސިޕަލް ޚިދުމަތްތައް ބޭނުންވާނެ ކަމަށް ވެސް ސޮބާހު ވަނީ ވިދާޅުވެފަ އެވެ. 

"އެއީ ފާހަނާކަމުގައި ވިޔަސް ކުނީގެ ނިޒާމް ކަމުގައި ވިޔަސް އަދި ލޭންޑް ސްކޭޕް ވިޔަސް. މި ހުރިހާ ކަމެއް މިއީ އާދައިގެ ރަށަކަށް ބޭނުންވާ  މިންވަރަށް މުނިސިޕަލް ޚިދުމަތްތައް ހުންނަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އެ ތަނުގެ ވާހަަކަ ސަރުކާރުން ދެއްކީ ފޮނި ވާހަކަތައް ކަމަށާއި އެ ވާހަކަތަކާއި ފަހި ދިރިއުޅުމުގެ ފްލެޓްތަކުގައި ލިބެމުންދާ ޚިދުމަތްތަކާއި ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ބޯހިޔާވަހިކަމަށް އަމާޒު ކުރި ކަމަށް ބުނި 2025ގެ ބަޖެޓް ނިމުނު އިރު ވެސް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢު އެއް ނުފެށޭ ކަމަށާއި އެއީ އާއްމުންގެ ކަންބޮޑުވުމެއް ކަމަށެވެ. ހަރުދަނާ ބޯހިޔާވަހިކަމެއް ގެންގުޅުމުން އާއްމުންނަށް އޭގެ ފައިދާ ލިބޭ ގޮތް މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޮބާހު ރަޝީދުފަހި ދިރިއުޅުން ކޯޕަރޭޝަންބޯހިޔާވަހިކަން

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2026

އެފްޑީސީގެ ޗެއާޕާސަން ނަޝްވާ، މަގާމުން ވަކިކޮށްފި

26 ފެބުރުއަރީ 2026
އެފްޑީސީގެ ޗެއާޕާސަން ނަޝްވާ، މަގާމުން ވަކިކޮށްފި
11 ފެބުރުއަރީ 2026

ގެދޮރުވެރިޔާ ފްލެޓުތަކުން ކުނި ނަގައި ސާފު ކޮށްދޭން ޖެހޭ، އެއީ ސަރުކާރުގެ ޒިންމާ އެއް: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

11 ފެބުރުއަރީ 2026
ގެދޮރުވެރިޔާ ފްލެޓުތަކުން ކުނި ނަގައި ސާފު ކޮށްދޭން ޖެހޭ، އެއީ ސަރުކާރުގެ ޒިންމާ އެއް: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު
09 ފެބުރުއަރީ 2026

ގެދޮރުވެރިޔާ ފްލެޓު ސަރަހައްދު ކުނި ގޮނޑަކަށް: މުޅި ސަރަހައްދުން ދުވާ ވަހުން ނޯށްދަމާ ނުލެވޭ!

09 ފެބުރުއަރީ 2026
ގެދޮރުވެރިޔާ ފްލެޓު ސަރަހައްދު ކުނި ގޮނޑަކަށް: މުޅި ސަރަހައްދުން ދުވާ ވަހުން ނޯށްދަމާ ނުލެވޭ!
09 ފެބުރުއަރީ 2026

ގެދޮރުވެރިޔާ ފްލެޓުތައް ގޮނޑުވެ، ޓަވަރުތަކުގެ ތިރީގައި ''ފުޅަ'' ފެތުރެނީ

09 ފެބުރުއަރީ 2026
ގެދޮރުވެރިޔާ ފްލެޓުތައް ގޮނޑުވެ، ޓަވަރުތަކުގެ ތިރީގައި ''ފުޅަ'' ފެތުރެނީ
08 ފެބުރުއަރީ 2026

ވަކި ގޮތަކަށް ކުނި ނައްތާނުލާނަމަ ފްލެޓް އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމުން އަލީ ހުސައިން ގެ ރައްދެއް އެފްޑީސީ އަށް!

08 ފެބުރުއަރީ 2026
ވަކި ގޮތަކަށް ކުނި ނައްތާނުލާނަމަ ފްލެޓް އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމުން އަލީ ހުސައިން ގެ ރައްދެއް އެފްޑީސީ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު