Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯ

ވެމްކޯގެ މުވައްޒަފުންނަށް އަދިވެސް ރޯދަ އިނާއަތް ނުދޭ، ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން

ވެމްކޯގެ ބައެއް މުވައްޒަފުންނަށް ރޯދަ އިނާޔަތާއި މުސާރަ ދިނުން ލަސްވަމުންދާ މައްސަލަ ބޮޑު ވެފައިވާއިރު، މުވައްޒަފުންގެ އަތުން އުނިކުރާ ޕެންޝަން ފައިސާ ޖަމާނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައި. ކުންފުނީގެ މާލީ ހާލަތު ގޯސްވެ ބަގުރޫޓުވުމުގެ ބިރު އޮތްއިރު، ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާދީ ބޮޑު މުސާރަ ދެމުންދާ ކަމުގެ ޝަކުވާ ވެސް ވަނީ ފެންމަތިވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 06:16
ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް، ގާނޫނުގައިވާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރީން ކޮންމެ މުވައްޒަފަކަށް ވެސް 3000 ރުފިޔާގެ އިނާއަތެއް ދޭން ޖެހޭ.

ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް، ގާނޫނުގައިވާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރީން ކޮންމެ މުވައްޒަފަކަށް ވެސް 3000 ރުފިޔާގެ އިނާއަތެއް ދޭން ޖެހޭ. | ރާއްޖެ އެމްވީ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ބައެއް މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭ ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނެފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފެއް ބުނީ، ރޯދަ އިނާއަތުގައި ލިބެން ޖެހޭ 3000 ރުފިޔާ އަދިވެސް ނުލިބޭ ކަމަށާއި، އެކަމުގެ ޝަކުވާ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ލިބޭނެ އިރެއް ވެސް އެޗްއާރުން އަންގާފައިނުވާއިރު، ލިބޭނެ ކަމަށް އަބަދުވެސް ބުނަމުންދާ ކަމަށް އޭނާ ބުންޏެވެ. 

މީގެ އިތުރުން އެމުވައްޒަފު ބުނީ މިމަހުގެ 17 ވީ އަންގާރަ ދުވަހުގެ ރޭ ބައެއް މުވައްޒަފުންނަށް ރޯދަ އިނާއަތް ޖަމާކޮށްފައިވާ ކަމަށެވެ. 

ވެމްކޯގެ ބައެއް މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭ ކަމަށް ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނެފައިވާއިރު، މުސާރަ ލަހުން ދޭ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ޖެނުއަރީ މަހުގެ މުސާރަ މުވައްޒަފުންނަށް ދީފައިވަނީ ފެބްރުއަރީ މަހުގެ 5 ގެ ފަހުންނެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވެމްކޯގައި މަސައްކަތް ކުރާ ސީނިއަރ ބޭފުޅެއް ވިދާޅުވީ، ބިދޭސީ ބައެއް މުވައްޒަފުން އަދިވެސް މުސާރަ ނުދޭ ކަމަށާއި، މިދިޔަ މަހު ވެސް އެމުވައްޒަފުންނަށް މުސާރަ ދީފައިވަނީ 20 ގެ ފަހުން ކަމަށެވެ. އަދި އެވާހަކަ ނުދެއްކުމަށް އަންގައި ބައެއް ބިދޭސީ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ކުންފުނިތަކުން ވެމްކޯއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށް މެނޭޖްމަންޓުން ކުރާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ނަގުދު ފައިސާ ވަރަށް ގިނައިން ވަންނަ ކަމަށާއި، ކުންފުނިތަކުން ވެސް ބިލްތަކަށް ފައިސާ ދައްކާ ކަަމަށެވެ. އަދި ބައެއް ކުންފުނިތަކުން ފައިސާ ދެއްކުމަށް ބައެއް ފަހަރު ލަސްތަކެއް ކުރިމަތި ނަމަވެސް ބިލަށް ފައިސާ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެބޭފުޅާ ވިދާޅުވީ މިއީ ދައްކާ އުޒުރެއް ކަމަށާއި، އެއީ އަސްލު މައްސަލަ ނޫން ކަމަށެވެ. މިހާރު ވެސް ކުންފުންޏަށް ގެއްލުންވާ ގޮތަށް ސިޔާސީ ގޮތުން އެތައް ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށާއި، އެމީހުންނަކީ ފިންގަރ ޖެހުމަށްފަހު ގެއަށް ދާމީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް މީހުން އޮފީސްތެރޭގައި ތާސް ކުޅުމާއި، ގޭމްފަދަ އެކި ކަހަލަ ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަ ކޮށްލާ ކަަމަށެވެ.

ނަމަވެސް  އެމީހުންގެ މުސާރަ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ އެތައް ގުނައެއް ބޮޑު ކަމަށާއި، މުސަރާގެ މައްސަލައެއް ސިޔާސީ މުވައްޒަފުންނަށް ކުރިމަތިނުވާ ކަމަށެވެ. މަސް ފެށުމުގެ ކުރިން އެމީހުންނަށް މުސާރަ ވެސް ލިބޭ ކަމަށާއި، ރޯދަ އިނާއަތް ވެސް އަވަހަށް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ވެމްކޯގެ ހާލަތު ވަރަށް ގޯސްކަން ފާހަގަކުރައްވައި އެބޭފުޅާ ވިދާޅުވީ މިގޮތަށް މިކަން ހިނގާނަމަ މާގިނަ ދުވަހެއް ނުވެ، ޚިދުމަތްތަކަށް ބުރޫއަރައި، ކުންފުނި އެއްކޮށް ބަގުރޫޓުވާނެ ކަމަށެވެ. އަދިި މިހާރު ވެސް ހިންގަމުންދަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ވެމްކޯގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފަންޑަށް ފައިސާ ކެނޑުމަށްފަހު އެފައިސާ ޖަމާނުކުރާތާ އަހަރަކަށް ވުރެ ވަނީ ގިނަ ދުވަސްވެފަ އެވެ. 

މި މައްސަލަތަކާ ގުޅޭގޮތުން ވެމްކޯގެ ފަރާތުން ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ވެމްކޯރަމަޟާން ޢިނާޔަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

17 ފެބުރުއަރީ 2026
ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

ތިނަދޫ ގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރި ވެމްކޯގެ 3 މުވައްޒަފެއްގެ ވަޒީފާ އެހެން ރަށްރަށަށް ބަދަލުކޮށްފި

12 ފެބުރުއަރީ 2026
ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

05 ފެބުރުއަރީ 2026
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް އަދިވެސް ޖަމާ ނުވޭ

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް އަދިވެސް ޖަމާ ނުވޭ

28 ޖެނުއަރީ 2026
ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

23 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު