Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އެމެރިކާގެ "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް" ދިފާއީ ނިޒާމަކަށް ހަމަލާދީ ފުނޑުފުނޑު ކޮށްލައިފި

އެމެރިކާގެ "ތާޑް" މިސައިލް ދިފާއީ ނިޒާމަކަށް އީރާނުގެ އައިއާރުޖީސީން ދިން ހަމަލާއެއްގައި އެ ނިޒާމު އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފި. އަމާޒަށް ސީދާ ވާސިލްވާ މިސައިލްތަކެއް ބޭނުންކޮށްގެން ދިން މި ހަމަލާއާ ގުޅިގެން، އީރާނުގެ މިސައިލް ހަމަލާތަކަށް އޮތް އެންމެ ބޮޑު ހުރަސް ނެތިގޮސްފައިވާ ކަމަށް އެ ފޯސްއިން ބުނޭ.

ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 00:14
މި ފޮޓޯއިން ފެންނަނީ، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 4 ވަނަ ދުވަހު އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ތައްޔާރީ ހާލަތެއްގައި ބަހައްޓާފައިވާ އެމެރިކާ އަސްކަރިއްޔާގެ "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް" (ތާޑް) މިސައިލް ފޮނުވާލާ ލޯންޗިންގް ސްޓޭޝަނެއް.

މި ފޮޓޯއިން ފެންނަނީ، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 4 ވަނަ ދުވަހު އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ތައްޔާރީ ހާލަތެއްގައި ބަހައްޓާފައިވާ އެމެރިކާ އަސްކަރިއްޔާގެ "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް" (ތާޑް) މިސައިލް ފޮނުވާލާ ލޯންޗިންގް ސްޓޭޝަނެއް. | އޭއެފްޕީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނި ގޮތުގައި، ހުޅަނގު އޭޝިއާގައި އެމެރިކާއިން ބޭނުންކުރަމުންދާ "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް" (ތާޑް) ނިޒާމެއް، އެ ފޯސްގެ އެއިރޯސްޕޭސް ފޯސްއިން ކާމިޔާބުކަމާއެކު ފުނޑުފުނޑުކޮށްލައިފިއެވެ. މިއީ އެމެރިކާގެ މިފަދަ ނިޒާމަކަށް އަމާޒުކޮށް އީރާނުން ދިން ދެވަނަ ހަމަލާއެވެ.

އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިސައިލުން ދިފާއުވުމަށް ބޭނުންކުރާ އެމެރިކާގެ މި ކުރިއަރާފައިވާ ނިޒާމަށް ހަމަލާދީފައިވަނީ "ޕްރެސިޝަން ގައިޑެޑް މިސައިލް" ނުވަތަ އަމާޒަށް ސީދާ ވާސިލްވާ ފަދަ ފަރުމާކޮށްފައިވާ މިސައިލްތަކަކުން ކަމަށެވެ. މި ހަމަލާއާއެކު އެ ނިޒާމު މިހާރު ވަނީ އެއްކޮށް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މި ހަމަލާ ދީފައިވަނީ ސީދާ ކޮން ސަރަހައްދެއްގައި ހުރި ނިޒާމަކަށް ކަމެއް އައިއާރުޖީސީގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

އައިއާރުޖީސީން ބުނި ގޮތުގައި، އެމެރިކާގެ މިފަދަ ދިފާއީ ނިޒާމުތައް ނައްތާލުމަކީ އީރާނުގެ މިސައިލް ހަމަލާތައް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ހުރަސް ނެތިގެންދިޔުން ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާގެ "ތާޑް" ދެ ނިޒާމެއް ހަލާކުކޮށްލުމާއެކު، އަމާޒުތަކަށް ކާމިޔާބުކަމާއެކު ހަމަލާދިނުމަށް އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް މިހާރު ވަނީ މަގުފަހިވެފައި ކަމަށެވެ.

މި ރިޕޯޓު ނެރެފައި މިވަނީ، އެކުވެރި އަރަބި އިމާރާތުގެ އަލް-ރުވައިސް ބޭސްގައި ހުރި "ތާޑް" ރޭޑާ ނިޒާމެއް ހަލާކުކޮށްލާފައިވާ ކަމަށް އައިއާރުޖީސީން މީގެ ކުރިން އިއުލާނުކޮށްފައި ވަނިކޮށެވެ.

"ތާޑް" ނިޒާމަކީ ކުރު، މެދު އަދި ދުރު ރާސްތާގެ ބެލިސްޓިކް މިސައިލްތައް އޭގެ ފަހު މަރުހަލާގައި ހުއްޓުވުމަށް އެމެރިކާއިން ބޭނުންކުރާ އެންމެ ޒަމާނީ އަދި ވަރުގަދަ އެއް ދިފާއީ ވަސީލަތެވެ.

މި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މަސްދަރު: ޕްރެސްޓީވީ

އީރާންއައިއާރުޖީސީތާޑްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުބާއީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް ހަމަލާ ދީފި، ޒަރޫރީ ނޫން މުވައްޒަފުން ޔޫއޭއީ އިން ފޭބުމަށް އެމެރިކާ އިން އަންގައިފި

ދުބާއީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް ހަމަލާ ދީފި، ޒަރޫރީ ނޫން މުވައްޒަފުން ޔޫއޭއީ އިން ފޭބުމަށް އެމެރިކާ އިން އަންގައިފި

04 މާރިޗު 2026
މަޝްވަރާތަކަށްވުރެ އީރާނަށް މިހާރު މުހިންމީ ގައުމު ދިފާއު ކުރުން، އީރާނަކީ ނުބައިކަމާއި ނުލަފާ ކަމާ ދެކޮޅަށް އޮތް ހަމައެކަނި ބާރު: ބަޣާއީ

މަޝްވަރާތަކަށްވުރެ އީރާނަށް މިހާރު މުހިންމީ ގައުމު ދިފާއު ކުރުން، އީރާނަކީ ނުބައިކަމާއި ނުލަފާ ކަމާ ދެކޮޅަށް އޮތް ހަމައެކަނި ބާރު: ބަޣާއީ

03 މާރިޗު 2026
އީރާނުން އެމެރިކާގެ އިތުރު އެފް-15 ޖެޓެއް ހަމަލާދީ ވައްޓާލައިފި

އީރާނުން އެމެރިކާގެ އިތުރު އެފް-15 ޖެޓެއް ހަމަލާދީ ވައްޓާލައިފި

03 މާރިޗު 2026
ޒަޔަނިސްޓް އިޒްރޭލު މުޅިން ނައްތާލެވެންދެން، އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުން ހަމަލާ ދިނުމުގައި ދެމި އޮންނާނެ: އައިއާރުޖީސީ

ޒަޔަނިސްޓް އިޒްރޭލު މުޅިން ނައްތާލެވެންދެން، އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުން ހަމަލާ ދިނުމުގައި ދެމި އޮންނާނެ: އައިއާރުޖީސީ

03 މާރިޗު 2026
އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި

އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި

03 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު