Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދުބާއީގައި ހުންނަ އެމެރިކާ ކޮންސިއުލޭޓަށް ހަމަލާ ދީފި، ޒަރޫރީ ނޫން މުވައްޒަފުން ޔޫއޭއީ އިން ފޭބުމަށް އެމެރިކާ އިން އަންގައިފި

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާތީ އެމެރިކާއިން ވަނީ ޔޫއޭއީއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގާ އެޑްވައިޒަރީގެ ދަރަޖަ މަތިކޮށްފައި.

ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 00:06
ދުބާއީގެ ހޮޓަލަކަށް ދިން ހަމަލާ އެއްގައި އިމާރާތުގައި ރޯވެ އަނދަނީ.

ދުބާއީގެ ހޮޓަލަކަށް ދިން ހަމަލާ އެއްގައި އިމާރާތުގައި ރޯވެ އަނދަނީ. | އެކްސް

އަންގާރަ ދުވަހުގެ ރޭ ދުބާއީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ހިމެނޭ ސަރަހައްދަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އެ ގައުމުގައި ތިބި އެމެރިކާގެ ކޮންސިއުލޭޓްގެ ޒަރޫރީ ނޫން ޑިޕްލޮމެޓިކް މުވައްޒަފުން ޔޫއޭއީން ފޭބުމަށް އަންގާފައެވެ.

ދުބާއީ މީޑިއާ އޮފީހުން ބުނި ގޮތުގައި، ކޮންސިއުލޭޓް ކައިރީގައި ރޯވި ކުޑަ އަލިފާންގަނޑެއް ކަމާބެހޭ ފަރާތްތަކުން ވަނީ ނިއްވާލާފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މި ހަމަލާ ދީފައިވަނީ ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ވެސް ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. 

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ކޮންސިއުލޭޓާ އިންވެގެން އޮންނަ ޕާކިން ލޮޓަށް ޑްރޯން ހަމަލާ އެރި ނަމަވެސް، އެ ތަނުގައި ތިބި ހުރިހާ މުވައްޒަފުންގެ ހާލު ބަލައި ކަށަވަރުކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާއިން ވަނީ ޔޫއޭއީއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ނެރޭ އެޑްވައިޒަރީ "ލެވެލް 3" އަށް މަތިކޮށްފައެވެ. 

މަސްދަރު: އަލްއަރަބިއްޔާ

ދުބާއީއީރާންޔޫއޭއީއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

03 މާރިޗު 2026

މަޝްވަރާތަކަށްވުރެ އީރާނަށް މިހާރު މުހިންމީ ގައުމު ދިފާއު ކުރުން، އީރާނަކީ ނުބައިކަމާއި ނުލަފާ ކަމާ ދެކޮޅަށް އޮތް ހަމައެކަނި ބާރު: ބަޣާއީ

03 މާރިޗު 2026
މަޝްވަރާތަކަށްވުރެ އީރާނަށް މިހާރު މުހިންމީ ގައުމު ދިފާއު ކުރުން، އީރާނަކީ ނުބައިކަމާއި ނުލަފާ ކަމާ ދެކޮޅަށް އޮތް ހަމައެކަނި ބާރު: ބަޣާއީ
03 މާރިޗު 2026

އީރާނުން އެމެރިކާގެ އިތުރު އެފް-15 ޖެޓެއް ހަމަލާދީ ވައްޓާލައިފި

03 މާރިޗު 2026
އީރާނުން އެމެރިކާގެ އިތުރު އެފް-15 ޖެޓެއް ހަމަލާދީ ވައްޓާލައިފި
03 މާރިޗު 2026

އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި

03 މާރިޗު 2026
އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި
03 މާރިޗު 2026

ފްރާންސުން ހަނގުރާމަމަތީ ބޯޓާއި އެންމެ ވަރުގަދަ އެއާކްރާފްޓް ކެރިއާ މެޑިޓެރޭނިއަނަށް ފޮނުވަނީ

03 މާރިޗު 2026
ފްރާންސުން ހަނގުރާމަމަތީ ބޯޓާއި އެންމެ ވަރުގަދަ އެއާކްރާފްޓް ކެރިއާ މެޑިޓެރޭނިއަނަށް ފޮނުވަނީ
03 މާރިޗު 2026

އީރާނުން 24 ގަޑިއިރުތެރޭ ދުޝްމަނުންގެ 6 ޑްރޯން ގޮއްވާލައިފި

03 މާރިޗު 2026
އީރާނުން 24 ގަޑިއިރުތެރޭ ދުޝްމަނުންގެ 6 ޑްރޯން ގޮއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު