Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން އެމެރިކާގެ އިތުރު އެފް-15 ޖެޓެއް ހަމަލާދީ ވައްޓާލައިފި

އީރާނުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން އެމެރިކާގެ ތިން ފައިޓަރ ޖެޓެއް ވައްޓާލާފައިވާކަން އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައި. މީގެ ތެރެއިން އެފް-15 މަރުކާގެ ބޯޓެއް ކުވެއިތު ބޯޑަރު ސަރަހައްދަށް ވައްޓާލާފައިވާކަން އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ކަށަވަރުކޮށްދީފައިވާއިރު، މި ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ދަނީ އާންމުވަމުން. މި އޮޕަރޭޝަނުގައި ބޯޓުތައް ވެއްޓުމުގެ ކުރިން ޕައިލެޓުން ކޮކްޕިޓުން ބޭރުވި މަންޒަރުތައް ވެސް ފެންނަން ހުރި ކަމަށް ރިޕޯޓުތައް ބުނޭ.

ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 23:31
އީރާނުން އެމެރިކާގެ އިތުރު އެފް-15 މަރުކާގެ ފައިޓަރ ޖެޓަކަށް އަމާޒުކޮށް ހަމަލާދީފި.

އީރާނުން އެމެރިކާގެ އިތުރު އެފް-15 މަރުކާގެ ފައިޓަރ ޖެޓަކަށް އަމާޒުކޮށް ހަމަލާދީފި. | ތަސްނީމް ނިއުސް އޭޖެންސީ

އެމެރިކާގެ އިތުރު އެފް-15 މަރުކާގެ ފައިޓަރ ޖެޓަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް މަޢުލޫމާތު އެނގޭ މަސްދަރަކުން ތަސްނީމް ނިއުސް އެޖެންސީއަށް ކަށަވަރުކޮށްދީފިއެވެ.

ތަސްނީމް ނިއުސް އެޖެންސީއާ ވާހަކަދެއްކި މަސްދަރަކުން ބުނި ގޮތުގައި، އެމެރިކާގެ އެފް-15 މަރުކާގެ މި ބޯޓަށް ހަމަލާދީފައިވަނީ އީރާނުގެ އަސްކަރިއްޔާގެ އެއަރ ޑިފެންސް ޔުނިޓުންނެވެ.

އީރާނުން އަމިއްލައަށް އުފައްދާފައިވާ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކޮށްގެން އެމެރިކާގެ ތިން ފައިޓަރ ޖެޓެއް ވައްޓާލާފައިވާކަން، އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްއިން މިދިޔަ ހޯމަ ދުވަހު ވަނީ އިޢުލާނުކޮށްފައެވެ.

އެ ހާދިސާއަށްފަހު، އީރާނުން އަމާޒުކުރި އެމެރިކާގެ އަސްކަރީ ބޯޓުތަކާއި، އެ ބޯޓުތައް ވެއްޓުމުގެ ކުރިން ކޮކްޕިޓުން ބޭރުވި ޕައިލެޓުންގެ އެކި ފޮޓޯތައް މިހާރު ދަނީ އާންމުވަމުންނެވެ.

ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ވަނީ ކާމިޔާބު އޮޕަރޭޝަނެއްގައި، އީރާނާއި ކުވެއިތު ގުޅޭ ބޯޑަރު ސަރަހައްދުން އެމެރިކާގެ އެފް-15 މަރުކާގެ ފައިޓަރ ޖެޓެއް ވައްޓާލާފައެވެ. މި ހާދިސާ ހިނގާފައިވާކަން ކުވެއިތުގެ މިނިސްޓްރީ އޮފް ޑިފެންސްއިން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ އެ ފައިޓަރ ޖެޓު ވެއްޓެމުންދިޔަ މަންޒަރާއި، ކުވެއިތުގެ ބިމަށް ބޯޓު ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގެ އިތުރުން އެކި ޚަބަރު ފަތުރާ ވަސީލަތްތަކުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

މަސްދަރު: ތަސްނީމް ނިއުސް އޭޖެންސީ

އީރާން-އެމެރިކާއެފް-35ކުވައިތުއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

03 މާރިޗު 2026

އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި

03 މާރިޗު 2026
އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި
03 މާރިޗު 2026

ފްރާންސުން ހަނގުރާމަމަތީ ބޯޓާއި އެންމެ ވަރުގަދަ އެއާކްރާފްޓް ކެރިއާ މެޑިޓެރޭނިއަނަށް ފޮނުވަނީ

03 މާރިޗު 2026
ފްރާންސުން ހަނގުރާމަމަތީ ބޯޓާއި އެންމެ ވަރުގަދަ އެއާކްރާފްޓް ކެރިއާ މެޑިޓެރޭނިއަނަށް ފޮނުވަނީ
03 މާރިޗު 2026

އީރާނުން 24 ގަޑިއިރުތެރޭ ދުޝްމަނުންގެ 6 ޑްރޯން ގޮއްވާލައިފި

03 މާރިޗު 2026
އީރާނުން 24 ގަޑިއިރުތެރޭ ދުޝްމަނުންގެ 6 ޑްރޯން ގޮއްވާލައިފި
03 މާރިޗު 2026

އިރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އަށް ހަމަލާދިން ކަމަށް އިޒްރޭލުން ފެތުރި ޚަބަރު އީރާނުން ދޮގު ކޮށްފި

03 މާރިޗު 2026
އިރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އަށް ހަމަލާދިން ކަމަށް އިޒްރޭލުން ފެތުރި ޚަބަރު އީރާނުން ދޮގު ކޮށްފި
03 މާރިޗު 2026

ހަނގުރާމައިގެ ހަތަރުވަނަ ދުވަސް: މެދުއިރުމަތި އަނދަނީ، 700 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

03 މާރިޗު 2026
ހަނގުރާމައިގެ ހަތަރުވަނަ ދުވަސް: މެދުއިރުމަތި އަނދަނީ، 700 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު