Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ފްރާންސުން ހަނގުރާމަމަތީ ބޯޓާއި އެންމެ ވަރުގަދަ އެއާކްރާފްޓް ކެރިއާ މެޑިޓެރޭނިއަނަށް ފޮނުވަނީ

މެޑިޓެރޭނިއަން ކަނޑަށް ފްރާންސްގެ އެންމެ ވަރުގަދަ މަނަވަރު ފޮނުވަން ނިންމާފައިވާކަން ރައީސް އެމަނުއެލް މެކްރޮން ކަށަވަރުކޮށްދެއްވައިފިއެވެ. މެދުއިރުމަތީގެ ގައުމުތަކާއެކު ވެފައިވާ ދިފާއީ އެއްބަސްވުންތަކުގެ ދަށުން އެ ގައުމުތަކުގެ ސަލާމަތަށް ފްރާންސުން ސާބިތުކަމާއެކު އޮންނާނެ ކަމަށް އޭނާ ވިދާޅުވި.

ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 19:38
2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ފަރަންސޭސިވިލާތުގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޓޫލޯންގެ އައްސޭރިފަށުން ބޭރުގައި އޮތް، އެ ގައުމުގެ އަޕްގްރޭޑްކޮށްފައިވާ "ޗާލްސް ޑި ގޯލް" މަތިންދާބޯޓު އުފުލާ މަނަވަރު.

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، ފަރަންސޭސިވިލާތުގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޓޫލޯންގެ އައްސޭރިފަށުން ބޭރުގައި އޮތް، އެ ގައުމުގެ އަޕްގްރޭޑްކޮށްފައިވާ "ޗާލްސް ޑި ގޯލް" މަތިންދާބޯޓު އުފުލާ މަނަވަރު. | ގެޓީ އިމޭޖަސް

ފްރާންސްގެ ރަފޭލް މަރުކާގެ ހަނގުރާމަމަތީ ބޯޓުތަކާއި، ވައިގެ ސަރަހައްދު ދިފާއުކުރާ ނިޒާމުތަކުގެ އިތުރުން، މިސައިލާއި ޑްރޯން ހަމަލާތައް ހުއްޓުވުމަށް ބޭނުންކުރާ އެއާ ރޭޑާ ސިސްޓަމްތައް ހަރަކާތްތެރިވަމުންދާ ކަމަށް ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން، ފްރާންސްގެ ކަނޑުގެ ސިފައިންގެ އެންމެ ވަރުގަދަ މަނަވަރު ކަމަށްވާ، އެއާކްރާފްޓް ކެރިއާ "ޗާލްސް ޑި ގޯލް" މެޑިޓެރޭނިއަން ކަނޑަށް ފޮނުވަމުންދާކަން ވެސް ރައީސް މެކްރޮން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މެކްރޮން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގަތަރާއި، ކުވެއިތާއި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި، އުރުދުންގެ އިތުރުން އިރާގާއެކު ފްރާންސުން ދިފާއީ އެއްބަސްވުންތަކެއް ގާއިމުކޮށްފައިވެއެވެ. އަދި އެ ގައުމުތަކާއެކު ފްރާންސް ސާބިތުކަމާއެކު އޮންނާނެކަން އޭނާ ހާމަކުރެއްވިއެވެ.

ލުބުނާނުގައި ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު އަލުން ހަނގުރާމަ ފެށިފައިވާ ދަނޑިވަޅެއްގައި، އެ ސަރަހައްދުގެ ހާލަތާ ގުޅޭގޮތުން ވެސް މެކްރޮން ވާހަކަދެއްކެވިއެވެ. މިގޮތުން، ހިޒްބުﷲ އިން އިޒްރޭލަށް ދިން ހަމަލާއަކީ ހެދި "ބޮޑު ގޯހެއް" ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރެއްވުމުގެ އިތުރުން، އިޒްރޭލުން  ލުބުނާނަށް އެއްގަމު މަގުން އަރައިގަނެފާނެތީ އެކަމުގެ އިންޒާރު ވެސް މެކްރޮން ވަނީ ދެއްވާފައެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެނުއެލް މެކްރޮންލުބުނާންހިޒްބުﷲ-އިޒްރޭލުމެޑިޓެރޭނިއަންއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި

އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދަނިކޮށް އިރާގުން ތެޔޮ އުފެއްދުން މަދުކޮށްފި

03 މާރިޗު 2026
އީރާނުން 24 ގަޑިއިރުތެރޭ ދުޝްމަނުންގެ 6 ޑްރޯން ގޮއްވާލައިފި

އީރާނުން 24 ގަޑިއިރުތެރޭ ދުޝްމަނުންގެ 6 ޑްރޯން ގޮއްވާލައިފި

03 މާރިޗު 2026
އިރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އަށް ހަމަލާދިން ކަމަށް އިޒްރޭލުން ފެތުރި ޚަބަރު އީރާނުން ދޮގު ކޮށްފި

އިރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އަށް ހަމަލާދިން ކަމަށް އިޒްރޭލުން ފެތުރި ޚަބަރު އީރާނުން ދޮގު ކޮށްފި

03 މާރިޗު 2026
ހަނގުރާމައިގެ ހަތަރުވަނަ ދުވަސް: މެދުއިރުމަތި އަނދަނީ، 700 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ހަނގުރާމައިގެ ހަތަރުވަނަ ދުވަސް: މެދުއިރުމަތި އަނދަނީ، 700 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

03 މާރިޗު 2026
އީރާނަށް ނަތަންޔާހޫގެ ބައްދަލުވުންތަން ބާއްވާތަން އެނގޭ: އައިއާރުޖީސީ ކޮމާންޑަރު

އީރާނަށް ނަތަންޔާހޫގެ ބައްދަލުވުންތަން ބާއްވާތަން އެނގޭ: އައިއާރުޖީސީ ކޮމާންޑަރު

03 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު