Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނަށް ނަތަންޔާހޫގެ ބައްދަލުވުންތަން ބާއްވާތަން އެނގޭ: އައިއާރުޖީސީ ކޮމާންޑަރު

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް ޓްރަމްޕް މި ހަނގުރާމައިގެ ތެރެއަށް ވެއްޓުނީ ނަތަންޔާހޫ ދިން ދޮގު މައުލޫމާތުތަކުގެ ސަބަބުން ކަމަށާއި، އެމެރިކާއިން ގެންދަނީ އިޒްރޭލަށް ޓަކައި އެ ގައުމުގެ މަސްލަހަތު ގުރުބާން ކުރަމުން. މީގެ އިތުރުން، އީރާނުގެ އަސްކަރީ ބާރު މިހާރު ދިހަގުނަ އިތުރުވެފައިވާ ކަމަށާއި، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކަށް އީރާނުން ފާރަވެރިވެފައިވާ ކަމަށްވެސް ސަފަވީ ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 16:42
އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކުރީގެ ކޮމާންޑަރު ޔަހްޔާ ރަހީމް-ސަފަވީ.

އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކުރީގެ ކޮމާންޑަރު ޔަހްޔާ ރަހީމް-ސަފަވީ. | ޕްރެސްޓީވީ

ނަތަންޔާހޫގެ ބައްދަލުވުންތައް ބާއްވާ ތަންތަން އީރާނަށް އެނގޭ ކަމަށް، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކުރީގެ ކޮމާންޑަރު ވިދާޅުވެއްޖެއެވެ. މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަމާޒުކޮށް ހަމަލާދިނުމުގެ ޖާސޫސީ ގާބިލުކަން އައިއާރުޖީސީއަށް ލިބިފައިވާކަން އީރާނުން ހާމަ ކުރުމުގެ ގޮތުން އޭނާ ދެއްކެވި ވާހަކަފުޅެއް ކަމަށް ބެލެވެ އެވެ.

ހޯމަ ދުވަހުގެ ރޭ ދައުލަތުގެ ޓީވީން ދެއްކި އިންޓަވިއުއެއްގައި ޔަހްޔާ ރަހީމް ސަފަވީ ވިދާޅުވީ، ނަތަންޔާހޫގެ ބައްދަލުވުންތައް ބާއްވާ ތަންތަން އީރާނަށް އެނގޭ ކަމަށާއި، އެ ގައުމުގެ ޖާސޫސީ މައުލޫމާތުތައް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ.

މި ވާހަކަތައް އައިސްފައިވަނީ، ތެހެރާންގެ މެދުތެރޭގައި ހުންނަ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ އޮފީހަށް އަމާޒުކޮށް އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި އެމަނިކުފާނު އަވަހާރަކޮށްލިތާ ތިން ދުވަސް ފަހުންނެވެ.

އަވަހާރަކޮށްލެވުނު ލީޑަރުގެ އަސްކަރީ މުޝީރުގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ސަފަވީ ވިދާޅުވީ، އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި އެމެރިކާ އާއި އިޒްރޭލުން ހިންގާ ހަރަކާތްތަކާއި އެ ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ތަންތަނުގެ ފުރިހަމަ މައުލޫމާތު އީރާނުގެ ޖާސޫސީ އިދާރާތަކަށް އެނގޭ ކަމަށެވެ.

2025 ވަނަ އަހަރުގެ ޖޫން މަހު އިޒްރޭލުން ދިން ކުރު ހަމަލާތަކަށްފަހު ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތުމަށްފަހު، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް އާ ހަނގުރާމައެއް ފެށި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަނގުރާމައިގެ ތެރެއަށް ވެއްޓުނީ ނަތަންޔާހޫ ދިން ދޮގު މައުލޫމާތުތަކާއި އީރާނުގެ އަސްކަރީ ބާރާ ގުޅޭގޮތުން ހެދި ނުބައި އަންދާޒާތަކުގެ ސަބަބުން ކަމަށެވެ.

ޖެނެރަލް ސަފަވީ ވިދާޅުވީ، އޭނާގެ ސިޔާސީ ދިރާސާތަކުން ދައްކާގޮތުގައި ޓްރަމްޕް ވެފައިވަނީ ނަތަންޔާހޫގެ އަތްމަތީގައި ގެންގުޅޭ ކުޅޭ އެއްޗަކަށް ކަމަށާއި، އޭނާ ގެންދަވަނީ އިޒްރޭލަށްޓަކައި އެމެރިކާ ގުރުބާން ކުރައްވަމުން ކަމަށެވެ. އަދި 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނު ބަލިކަށިވެފައިވާ ކަމަށް އެމީހުންނަށް ހީވި ނަމަވެސް، އީރާނުގެ ބާރު މިހާރު ދިހަގުނަ އިތުރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަފަވީ ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން ޑިޕްލޮމެސީގެ މަގު އިޚްތިޔާރުކުރާ ކަމަށް ދައްކައިގެން ތިބެ، އީރާނަށް ކުއްލި ހަމަލާތަކެއް ދީފާނެ ކަމަށާއި، އެމީހުންގެ އެ މަކަރުވެރި އުކުޅުތަކަށް އީރާނަށް އެނގޭ ކަމަށެވެ.

ބެންޖަމިން ނަތަންޔާހޫއީރާން-އިޒްރޭލްޔަޙްޔާ ރަޙީމް ސަފަވީއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު "ޖަންގަލީގެ އުސޫލު" ކަމަށް ސިފަކޮށް، އެ އަމަލުތައް ހުއްޓާލުމަށް ޗައިނާއިން ގޮވާލައިފި

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު "ޖަންގަލީގެ އުސޫލު" ކަމަށް ސިފަކޮށް، އެ އަމަލުތައް ހުއްޓާލުމަށް ޗައިނާއިން ގޮވާލައިފި

03 މާރިޗު 2026
އީރާން ހަނގުރާމައިގެ ނުރައްކާ ސައިޕްރަސް އަށް ފޯރައި، ފަރަންސޭސިވިލާތުން ސައިޕްރަސްއަށް ޑްރޯން ދިފާއީ ނިޒާމު ފޮނުވަނީ

އީރާން ހަނގުރާމައިގެ ނުރައްކާ ސައިޕްރަސް އަށް ފޯރައި، ފަރަންސޭސިވިލާތުން ސައިޕްރަސްއަށް ޑްރޯން ދިފާއީ ނިޒާމު ފޮނުވަނީ

03 މާރިޗު 2026
އީރާނުގެ ސުޕްރީމް ލީޑަރު އައްޔަންކުރާ މަޖިލިސް ބާއްވަމުން ދިޔަ އިމާރާތައް ބޮން އަޅައިފި

އީރާނުގެ ސުޕްރީމް ލީޑަރު އައްޔަންކުރާ މަޖިލިސް ބާއްވަމުން ދިޔަ އިމާރާތައް ބޮން އަޅައިފި

03 މާރިޗު 2026
އީރާނުން އިޒްރޭލަށާއި ގަތަރުގައި ހުންނަ އެމެރިކާ މަރުކަޒަކަށް ހަމަލާދީފި

އީރާނުން އިޒްރޭލަށާއި ގަތަރުގައި ހުންނަ އެމެރިކާ މަރުކަޒަކަށް ހަމަލާދީފި

03 މާރިޗު 2026
ކުވެއިތާއި ސައުދީގައި ހުރި އެމެރިކާ އެމްބަސީތަކަށް އީރާނުން ހަމަލާ ދިނުމާ ގުޅިގެން އެ ތަންތަން ބަންދުކޮށްފި

ކުވެއިތާއި ސައުދީގައި ހުރި އެމެރިކާ އެމްބަސީތަކަށް އީރާނުން ހަމަލާ ދިނުމާ ގުޅިގެން އެ ތަންތަން ބަންދުކޮށްފި

03 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު