Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު "ޖަންގަލީގެ އުސޫލު" ކަމަށް ސިފަކޮށް، އެ އަމަލުތައް ހުއްޓާލުމަށް ޗައިނާއިން ގޮވާލައިފި

އީރާނުގެ ނިއުކްލިއާ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ސިޔާސީ މަޝްވަރާކަން ފާހަގަކޮށް، މަސްރަހު ފިނިކުރުމަށް ފްރާންސާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާކަން ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ހާމަކުރައްވާފަ. މި ހަމަލާތަކާ ގުޅިގެން އީރާނުން ބުނެފައިވަނީ އަމިއްލަ ނަފްސުގެ ދިފާއުގައި ރައްދު ހަމަލާދިނުމުގެ ގާނޫނީ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށް.

ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 16:12
ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ.

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ. | ގެޓީ އިމޭޖަސް

އިޒްރޭލާއި އެމެރިކާ އިން އީރާނަށް ދެމުންދާ ހަމަލާތަކަކީ ޖަންގަލީގެ އުސޫލު ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ، ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން-ނޮއެލް ބަރޯއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ވަނީ ކުށްވެރި ކުރައްވާފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި އަންގާރަ ދުވަހު ޝާއިއުކުރި ބަޔާނެއްގައިވާ ގޮތުން، އަސްކަރީ ބާރުގެ ބޭނުންކޮށްގެން އަމިއްލަ އެދުން އިސްކޮށް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ގައުމުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑަކަށް ވާންޖެހޭނެ ކަމަށް ވަންގް ޔީ ވިދާޅުވިއެވެ.

ވަންގް ޔީ ވިދާޅުވީ، ބޮޑެތި ބާރުތަކުން އެ ގައުމުތަކުގެ އަސްކަރީ ކުރިއެރުމަށް ބަރޯސާވެ، ބޭނުންހާ ގޮތަކަށް އެހެން ގައުމުތަކަށް ހަމަލާދީގެން ނުވާނެ ކަމަށާއި، ދުނިޔެ "ޖަންގަލީގެ އުސޫލަށް" ރުޖޫއަވިޔަދީގެން ނުވާނެ ކަމަށެވެ.

އީރާނުގެ ނިއުކްލިއާ މައްސަލައަށް އޮތް ހައްލަކީ ސިޔާސީ އަދި ހާރިޖީ މަޝްވަރާތަކުގެ މަގަށް އެނބުރި ރުޖޫއަވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުން ކަންކަމުގައި ދެފުށްދެގޮތް އުސޫލުތައް ގެންގުޅުން ހުއްޓާލަންޖެހޭ ކަމަށެވެ.

މީގެއިތުރުން، ފްރާންސުން މިކަމުގައި ވަކި ފަރާތަކަށް ނުޖެހޭ އިންސާފުވެރި ގޮތެއް އިހުތިޔާރުކޮށް، މަސްރަހު ފިނިކުރުމަށް ޗައިނާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ އަސާސީ އުސޫލުތައް ހިމާޔަތްކުރުމަށް ވަންގް ޔީ ގޮވާލެއްވިއެވެ.

ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޯ ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން އަސްކަރީ ހަމަލާތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ އެއްވެސް މަޝްވަރާއެއް ނުވަތަ ހުއްދައެއް ނެތި ދީފައިވާ ހަމަލާތަކެއް ކަމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ހައިސިއްޔަތުން، ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތް ދެމެހެއްޓުމުގައި ފްރާންސާއި ޗައިނާގެ މައްޗަށް ހާއްސަ ޒިންމާއެއް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އީރާނާއި ޕާޝިއަން ގަލްފުގެ އެހެން ގައުމުތަކާއެކު ޗައިނާއިން ބާއްވާ ގާތް ގުޅުމަށް އިޝާރާތް ކުރައްވައި، ސަރަހައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ބެއިޖިންގަށް އެހީތެރިވެދެވިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ބަރޯ ވިދާޅުވިއެވެ.

އެމެރިކާއާއި އިޒްރޭލުން ގުޅިގެން ހޮނިހިރު ދުވަހު އީރާނަށް ދިން އަސްކަރީ ހަމަލާތަކުގައި، އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އީރާނު ސިފައިންގެ އިސް އޮފިޝަލުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ.

އެ ހަމަލާތަކާ ގުޅިގެން، އީރާނުގެ އަސްކަރިއްޔާއިން ވަނީ ވަގުތުން ރައްދު ހަމަލާދީ، އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ.

އީރާނުގެ އޮފިޝަލުން ވިދާޅުވެފައިވަނީ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ދިން ގާނޫނީ ހަމަލާތަކެއް ކަމަށެވެ.

އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާއާ ހަވާލާދީ އީރާނުން ބުނީ، އެމެރިކާ ނުވަތަ އިޒްރޭލުން ހިންގާ އުދުވާނީ އަމަލުތަކުން ދިފާއުވުމުގެ ގާނޫނީ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.

އީރާން-އިޒްރޭލްޗައިނާވާންގް ޔީއީރާން-ޗައިނާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން ހަނގުރާމައިގެ ނުރައްކާ ސައިޕްރަސް އަށް ފޯރައި، ފަރަންސޭސިވިލާތުން ސައިޕްރަސްއަށް ޑްރޯން ދިފާއީ ނިޒާމު ފޮނުވަނީ

އީރާން ހަނގުރާމައިގެ ނުރައްކާ ސައިޕްރަސް އަށް ފޯރައި، ފަރަންސޭސިވިލާތުން ސައިޕްރަސްއަށް ޑްރޯން ދިފާއީ ނިޒާމު ފޮނުވަނީ

03 މާރިޗު 2026
އީރާނުގެ ސުޕްރީމް ލީޑަރު އައްޔަންކުރާ މަޖިލިސް ބާއްވަމުން ދިޔަ އިމާރާތައް ބޮން އަޅައިފި

އީރާނުގެ ސުޕްރީމް ލީޑަރު އައްޔަންކުރާ މަޖިލިސް ބާއްވަމުން ދިޔަ އިމާރާތައް ބޮން އަޅައިފި

03 މާރިޗު 2026
އީރާނުން އިޒްރޭލަށާއި ގަތަރުގައި ހުންނަ އެމެރިކާ މަރުކަޒަކަށް ހަމަލާދީފި

އީރާނުން އިޒްރޭލަށާއި ގަތަރުގައި ހުންނަ އެމެރިކާ މަރުކަޒަކަށް ހަމަލާދީފި

03 މާރިޗު 2026
ކުވެއިތާއި ސައުދީގައި ހުރި އެމެރިކާ އެމްބަސީތަކަށް އީރާނުން ހަމަލާ ދިނުމާ ގުޅިގެން އެ ތަންތަން ބަންދުކޮށްފި

ކުވެއިތާއި ސައުދީގައި ހުރި އެމެރިކާ އެމްބަސީތަކަށް އީރާނުން ހަމަލާ ދިނުމާ ގުޅިގެން އެ ތަންތަން ބަންދުކޮށްފި

03 މާރިޗު 2026
ސައުދީ ގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާ ދީފި، ސައުދީން ވަނީ މި "ރަހްމުކުޑަ" ޑްރޯން ހަމަލާ ކުށްވެރިކޮށްފައި

ސައުދީ ގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާ ދީފި، ސައުދީން ވަނީ މި "ރަހްމުކުޑަ" ޑްރޯން ހަމަލާ ކުށްވެރިކޮށްފައި

03 މާރިޗު 2026

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު